މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓް އިސްލާމިކް މިނިސްޓްރީ އިން ދިރާސާ ކުރަމުން ގެންދާތީ އެޖަމިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއިލް ނުރުހުން ފާޅުކޮށްފިއެވެ.

ޝަހިންދާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެކަމަ ގުޅިގެން ފުލުހުންނަށް ފާޑުކިޔާފައެވެ. ޝަހިންދާ ވަނީ އިސްލާމިކް މިނިސްޓްރީ އިން އެފަދަ ރިޕޯޓެއް ދިރާސާ ކުރުމަކީ ބޯދާ ކަމެއް ކަމަަށް ބުނެފައެވެ. އިސްލާމިކް މިނިސްޓްރީ އިން އެ ރިޕޯޓު ދިރާސާ ކުރާ ނަމަ 11 އަހަރު ކުރިން ވެރިކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމްގެ އަތްޕުޅަށް އެ ރިޕޯޓު ދިރާސާކުރަން ނުދެނީ ކީއްވެގެންތޯ އޭނާ ވަނީ ބުނެފައެވެ.

"ކިހާ ފަހަތަކަށްތޯ ދާން ތިޔަ ބޭނުން ވަނީ. މައުމޫން އަބްދުލް ގައްޔޫމްގެ ދައުރައްތޯ. މިކަން ދިރާސާ ކުރުމަށް މައުމޫންގެ އެހީއަށް ނޭދޭނަންތޯ" ޝަހިންދާ ވަނީ ބުނެފައެވެ.

ޝަހިންދާ މީގެ ކުރިންވެސް ވަނީ އިސްލާމިކް މިނިސްޓްރީ އަށް ފާޑުކިޔާފައެވެ. އަދި އިސްލާމިކް މިނިސްޓްރީ ހިންގުމަށް އަޑީގައި ތިބީ އަދާލަތު ޕާޓީ އިން ކަމަށާއި އެ މިނިސްޓްރީ އަކީ ހަރުކަށި ވިސްނުމުގެ މިނިސްޓްރީ އެއް ކަމަށް އޭނާ ބުނެފައިވެއެެވެ. އަދި އެ މިނިސްޓްރީ އަކީ އޮންނަން ޖެހޭ ތަނެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުންގެ ތަހުގީގަށް އިސްލާމިކް މިނިސްޓްރީން އެ ރިޕޯޓު ދިރާސާ ކުރާއިރު، އެމައްސަލަ ފުލުހަށް ހުށަހެޅީވެސް އިސްލާމިކް މިނިސްޓްރީންނެވެ. ޝަހިންދާ ކަންބޮޑުވުން ފާޅުކުރީ އެހެންވެއެވެ.

މި މައްސަލަ އާއި ގުޅިގެން ތަހުގީގު ކުރުމަށް ޝަހިންދާ އާއި އައިޝަތު ނަޒްރާ ނަސީމް ފުލުހުންނަށް ހާޒިރު ވުމަށް ފުލުހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް ޝަހިންދާއާއި ނަޒްރާ މިހާރު އުޅެމުންދަނީ ރާއްޖެއަކު ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބޯބުޅި

    މީނާ ޖަރުމަނުގައި ހުރެގެން ކޮން އަނގައެއް ތަޅާކަށްތަ؟

    67
  2. ކޮންސަރންޑް ސިޓިޒެން

    ސަހިންދާ ބޭނުންވާ ބަޔަކަށްތަ އަދި ދިރާސާ ވެސް ކުރެވެނީ. މީ ދެން ބޮޑު ޖޯކެއްނު. ދީނާ ބެހޭ ކަންކަން ދިރާސާ ކުރަން ޖެހޭނީ ދީން ދަންނަ މީހުން. ޑިމޮކްރަސި ބޭނުން ކޮއްގެން ރާއްޖެއިން އިސްލާމްދީން ފުހެލަން އުޅޭއިރު ތިާކުރެވެނީ ކިހާ މޮޔަ އަދި ނުރައްކާތެރި ކަމެއްކަން ނޭނގޭތީ ދެރައީ. ހުޅަނގު ގެ އަވައިގާ ޖެހި ރަނގަޅަށްވެސް ތެދާ ދޮގު ހެވާއި ނުބައި އޮޅިފަ. ހެޔޮ ވިސްނުން ދެއްވާ ހިދާޔަތް ދައްކަވާށި.

    72
  3. މިއަދު

    ތިރިޕޯރޓް ދިރާސާކުރަން ބޯގަންވިލާ އިބުރާހިމް އިސްމާޢީލާއި ކެނެރީގޭ މުޙައްދަނަޝީދާއި ވެލިޒިނީ ހިމްނޭގޮތުން މިނިވަންކޮމެޓީއެއް އެކުލަވާލިނަމަ ސަހިންދާ ޤަބޫލުކުރީސްދޯ

    78
  4. ކަނބާ

    ތި ރިޕޯޓް އިސްލާމިކް މިނިސްޓްރީން ދިރާސާކުރުމުގެ ބޭނުމަކީ ކޮބައި ބާވައެވެ؟ ތި ރިޕޯޓުގައި ހުރި ވާހަކަތައް އެންމެނަށްވެސް އެނގެއެވެ. ބޭނުންވަނީ ރިޕޯޓް ނެރުނު ޖަމިއްޔާ އުވާލައި އެކަންކުރި މީހުންނަށް ޤާނޫނުގައިވާ އަދަބު ދިނުމެވެ. މި އިސްލާމީ އުއްމަތުގެ މީހުން ދީނަށް ފުރައްސާރަ ނުކުރެވޭގޮތް ހެދުމެވެ.

    64
    1
  5. ބޭންއެމްޑީއެން

    ކޮންމެހެން މީނަ ދެކޮޅުތޯ ބަލަންޖެހޭ ތަ؟

    54
  6. އަހަރެން

    މީ މިރާއްޖެއަށް ޖެހިފަ އޮތް ވަބާއެއްތަ. ކިހާބޮޑުވެއްޖެ ކަމެއް.

    64
  7. ހުސޭނުބޭ

    ބައްޔެއްނު! ތި ރިޕޯޓް ތީ ދިރާސާކުރަން ރަންގަނޑެއްތަ؟ ތި ނައްތާލާ! ތި ލިއުނު މީހުން ޖަލަށްލައި! ތި ލިއުނު ޖަމްޢިއްޔާވެސް އުވާލާ!

    56
  8. ނާނާ

    ދާން ބޭނުންވަނީ ހިޖުރައިގެ ފުރަތަމަ 12 އަހަރުގެ ތެރެއަށް

    29
    3
  9. ކާފަ

    ޗުއްހ... ތިދެން ކޮންތާކުން އައިސްގެން އުޅޭ ޖާހިލެއްތަ؟

    46
  10. ޙުސައިން 128

    މި މީހުންގެ ކަންތަށް ދާނެ ގޮތް ވިސްނާނީ ވެލެޒިނީ ގެ މިސާލުން.... ހިތުހުރިހާ އެއްޗެއް ކިޔާފަ އެއުޅެނީ ހަމަ އަދިވެސް....

    41
  11. ހަރުކަށި ފިކުރަކީކޮބާ

    މިހާރު ވަރަށް ސާފުވޭ އެބަ ސަހިންދާމެންގެ ވިސްނުމުގައި ހަރުކަށި ފިކުރުގެ މީހުންނަކީ ކޮބާކަން.. އެމީހުން ހަރުކަށި ހައްދުފަހަނަ އަޅާފައިވާ މީހުންނޭ އެކިޔަނީ ކޮންބަޔަކަށްކަން.. ކުރިން މަވެސް ހީކުރީން އެމީހުންގެ ޓާގެޓަކީ ސީރިޔާކަހަލަ ގައުމުތަކަށް ހަނގުރާނަމައަށް ދިޔުމަށާ ދީނުގެ ރަނގަޅު ޢިލްމެއްނެތި ދީނުގެ ނަމުގައި ހަރުކަށި ޢަމަލުތަށް ހިންގާ މީހުންކަމަށް .. އަހަރުންނަށް ޝަހިންދާމެންނާމެދު މާ ނެގަޓިވްކޮށް ވިސްނެނީކަމަށް.. އެކަމަކު މީނާގެ ވާހަކަތަކުން މިހާރު ވަރަށް ސާފު މިމީހުން ދީނަށް ފުރައްސާރަކޮށް ﷲއާ ނަބިއްޔާއަށް ބަދުބަސްބުނާއިރު އެކަން ކުށްވެރިކޮށްލާ ކޮންމެމީހަކީވެސް މިމީހުންގެ ނަޒަރުގައި ހަރުކަށި މީހުންކަން.. ޢަރަބި އިސްލާމީ ގައުމުތަކުން ދީން ކިޔަވައިގެން ތިބި އެންމެންނަނަކީ މިމީހުންނަށް ހަރުކަށި ހައްދުފަހަނަ އެޅި މީހުންކަން މިހާރު އެގިއްޖެ.. އެހެންވީމާ ރާއްޖޭން ހަރުކަށިގެން މިމީހުން ބޭނުންވާގޮތަށް ނައްތާލެވޭއިރު ރާއްޖޭގެ ޙާލަތަކީ ކޮބާކަންވެސް ބޮޑު މަންޒަރަކުން އެބަ ފެނޭ.. އިސްލާމިކް މިނިސްޓްރީއާ ދީނީ އެއްމެހައި ޢިލްމުވެރިން ނައްތާލަން މިމީހުން ބޭނުންވަނީ..

    30
  12. ކެޔޮޅު

    އެރިޕޯޓް ދިރާސާކުރަންވީ ބޯގަންވިރާ ގުރޫޕުންތަ؟

    30
  13. ކެޔޮޅު

    ސަހިންދާ އެއްކޮޅުވާގޮތަކަ އް ނޫނޭ އެކަންކުރަންޖެހޭނީ!

    23
  14. ޓިނު

    ދުނިޔެމަތިން ބިރުގަނެ އަވަހަށް ފިލާރައްކާވީއެވެ.
    އަޙިރަތުގަ ކޮންތަނަކަށްބަ ފިލަންދާނީ އެދުހުން ތިބޭފުޅާގެ މައްސަލަތައް ބަލާނީވެސް ހަމަތިބޭފުޅާަ ބޭނުންވާ ބައަކު ދެއްތޯ.........

    25
  15. އެންދެރި

    އަދި ވެސް ތައުބާ ވާކަށް ނޫޅެއެވެ .

    27
    1
  16. ނޯ ކޮމެންޓް

    ފުރަތަމަކަމަކަށް ތިރިޕޯޓު ދިރާސާ ކުރުމަށް އަހަރެމެން ދެކޮޅުހަދަން.. ދިރާސާ ކުރަންޖެހެނީ ތިއީ އިލްމީ ރިޕޯޓެއްތަ.. ކަލޭގެ ފާސިގުވެފަވާ މުރުތައްދު ޖާހިލު ސިކުނޑި ހަމަނުޖެހޭ މީހަކު ހައްދުންނެއްޓިހުރެ ﷲއާ ރަސޫލާއަށް ފުރައްސާރަކުރީމަ ދިރާސާ ކުރަން ފުލުހުން ބުނުމަކީ ކަލޭގެ މަގުސަދު ހާސިލްކޮއްދިނުން.. އަހަރެމެން ރައްޔިތުންއެދި މިގޮވަނީ ކަލޭ ހަައްޔަރުކޮށް އަދަބުދޭށޭ.. ކަލޭގެ ހީލަތްތެރިކަމުން ސަރުކާރާ ފުލުހުން ސަލާމަތްނުވެގެން ރައްޔިތުންގެ އަޑުއަޑުވަން ޖަހާސަކަރާތް ބަލާގަތްނާކަންނެތިން..

    11
  17. ވަޒީރު

    ދެކޮޅު ހަދަހަދާ ހުރެދާނެނުން..

  18. ހަމަހަމަ

    ޖިންނި ޝައިތާނުން ގުރުރާނުން ރުގިޔާކުރަންވެސް ދެކޮޅުވާނެ. ޢެކަ މަކު ޝިރުކުވެރި ފަންޑިތަ ސިހުރަށް އޯކޭ ވާނެ. ޙެހެހެ

  19. ޣާއިމް

    މިމީހުން ދެކޭގޮތުގައި ހަރުކަށިބަޔަކީ ހުރިހާ މުސްލިމުން. ލަދުހަޔާތެއްނެތޭ މިއަދިރި ދައުލަތުގެ ގުރޫޕައް.

  20. ފަރީދާ

    ޝަހިންދާ ދެކޮޅިއްޔާޖެހޭނީ ތިކަންތަށް ހުއްޓާލަން އެވަރުގެ މުސްލިމުންނާ ދެކޮޅު މީހަކު މަދުވާނެ ހަޔާތްވެސްކުޑަކަން މަގޭހިތަށް އަރާ މާތް ﷲ މިކަލޭގެ ނިމުން ގެންދަވާނީ ކިހިނެތްބާއޭ ހިތަށްއަރާ

  21. ޙަނީފާ

    މިކަލޭގެ ނަމުގެ ފަހަތަށް އިސްލާމް ނަމެއް އަންނާތީ މި ކަލޭގެ ހިތާމައެއްނުކުރޭބާ

  22. ޕިސްޕިސް

    ތި ދިރާސާ ކުރަން އިޒްރޭލުގެ ޔަހޫދީންގެ ކޮމެޓީއަކާ ހަވާލުކުރަނިކޮށް ތިޔަހޫދީ ދައިތަ ހިތްހަމަ ޖެހިދާނެ