މާލޭ މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓަރި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލާގައި 38 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ބެޓަރި ވަގަށް ނަގައިގެންދިޔަ މައްސަލައަކާ ގުޅިގެން ރޭ 19:12 ހާއިރު ކަމަށެވެ.

މިފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު މިކަމާ މެދު ސަމާލުވާން ފުލުހުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ ހަމީދު

    ޕިކަޕްގެ ބެޓްރި ވަގައްނެގުން މީ ވަރައް އައްމު ކަމަކައް ވެއްޖެ..ފުލުހުން ޕެޓްރޯލް ކުރާއިރު މިކަން ތަންކޮޅެއް ރަގަޅައް ބަލައިދެއްވާ..