ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް ފަސްކޮށްފިއެވެ.

އެމްއެންޑިއެފުން ވިދާޅުވީ މި މުބާރާތް ލަސްކޮށްފައިވަނީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި، ޝަހީދުންގެ ބިނާ ފަރުމާކުރުމަށް އުފެއްދުންތެރި ޚިޔާލުތަކެއް ހުށަހެޅުމުގެ ފުރުޞަތު ގިނަ ބަޔަކަށްދީ، އެކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

މި މުބާރާތުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޝަހީދުންގެ ބިނާ ފަރުމާ ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއެއްގެ ގޮތުގައި ކުރިން އިޢުލާނުކޮށްފައި އޮތީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާރު މި މުބާރާތް ލަސްްކުރުމާއެކު، ދެން މުބާރާތް ބާއްވާނެ ވަގުތާއި މުއްދަތު ފަހުގެ ތާރީޚެއްގައި އަލުން އިޢުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިންވެސް މިފަދަ ކަންކަމުގައި އާންމުންގެ ލަފާ ހޯދުމަށް ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައުފަރު

    ފަސްޓް ލާދީނީ އަންހެނާ ލައްވާ ޑިޒައިން ކުރުވަންތޯއްޗެއް ފަސްކުރީ

  2. މަބޭ

    މަގުސަދު ވަރައްސާފު މިހާރުހުރި ނިވެންބަރު3 ގެ ސަހީދުންގެބިނާ ނެތިކޮއްލުމައް ހިންގާ ކުޅިގަންދެއްތީ

  3. ސަޓޯ

    މުޅި ދުނިޔޭގަވެސް ނުހުންނާނެ މިވަރުގެ ބޮޑު ޑިޒައިން ފެއިލް އެއް... ގައުމީ ބޮޑު ދިދަ ބުޑުގަ ނަޖިސް ބޭރުކުރާ ޕަމްފުހައުސް އެއް... ލޮލް