ހުރިހާ ގޮތަކުން ބެލި ކަމުގައިވީނަމަވެސް ފުވައްމުލަކަކީ ތަފާތު ރަށެކެވެ. ތަފާތު މާހައުލެކެވެ. އަތޮޅުގައި އޮތް ހަމައެކަނި ރަށެވެ. ކިހާ ތަފާތު ހެއްޔެވެ؟

އަނެއްކާވެސް ތަފާތު ކަމެކެވެ. މަދުން ނޫނީ ނުއުފެދޭ ގުދުރަތީ ރީތި ޕޫލެއް އެރަށުގެ ގޮނޑުދޮށުގައި އުފެދުނީ އެވެ. އެރަށު މީހުން މިއަށް ކިޔަނީ "ބީއްސާވެލި" އެވެ. މިފަހަރު އުފެދުނީ އެންމެ ބީއްސާވެއްޔެކެވެ. އެރަށުގައި ބީއްސާވެލި ލާ ދުވަސްކޮޅުތަކާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެރަށަށް ދެއެވެ. ގުދުރަތީ މި އަޖައިބު ދެކިލުމަށާއި ޕޫލުހެން ހެދޭ އެ ފެންގަނޑުތަކަށް އެރި މަޖާކޮށްލުމަށެވެ.

ވަރަށް މަދުން ނޫނީ ރާއްޖެއިންވެސް އަދި ފުވައްމުލަކުންވެސް މިފަދަ ގުދުރަތީ އަޖައިބު ކުރުވަނިވި މަންޒަރު ފެނިގެން ނުދެ އެވެ. ނަމަވެސް މި ގުދުރަތީ މަންޒަރު ބަލާލުމަށް ފުވައްމުލަކަށް ދާ ހިތްނުވޭ ހެއްޔެވެ؟

ފުވައްމުލަކަކީ ބޮޑެތި ބިޔަ ރާޅުތައް ނަގާ ބިންދާލާ ރަށަކަށްވުމުން މޫދަށް އެރުން ވަނީ ބިރުވެރި ކަމަކަށްވެފަ އެވެ. ނަމަވެސް ފުވައްމުލަކު ތުނޑީގައި މިހާރު ބިއްސާވެލި ލާފައި އޮތުމުން ރަށަށް ވަރަށްވެސް އުފާވެރިކަން ގެނުވައިފި އެވެ. ހަފްތާ ބަންދުގައި ދަރިންނާއި އާއިލާ މެމްބަރުން އެކުގައި މޫދަށް އެރިލެވޭނެ ގުދުރަތީ ޕޫލެއް ރަށުގައި އުފެދުނީ އެވެ.

ބިއްސާވެއްޔަކީ ހަމައެކަނި ފުވައްމުލަކު ތުނޑީގައި އުފެދޭ އެއްޗެކެވެ. އެތަން އަލަށް ފެންނަ މީހަކަށް ސިފަވާނީ ސުވިމިން ޕޫލެއްގެ ސިފައިގަ އެވެ. މި ގޮތުން ބިއްސާވެލި ތިން ގޮތަކަށް އުފެދެ އެވެ. އެއީ ކަނޑު ބިއްސާވެއްޔާއި ފަރު ބިއްސާވެލި، އަދި ވެލި ބިއްސާވެއްޔެވެ.

ކަނޑު ބިއްސާވެއްޔާއި ފަރު ބިއްސާވެލި ތުނޑީގައި ނުއުފެދޭތާ ޒަމާން ތަކެއް ވެއްޖެއެވެ. ކަނޑު ބިއްސާވެލި އުފެދިފައި ހުންނައިރު، ފެންނާނީ ކަނޑު އޮންނަ ގޮތަށް ނޫކުލައިގައެވެ. ފަރު ބިއްސާވެލި ހުންނައިރު ފެންނާނީ ފަރުމަތި އޮންނަ ގޮތަށެވެ.

ހަފްތާ ބަންދާއި، ބޮޑު ޗުއްޓީގައި ފުވައްމުލަކު ތުނޑި އަށް މޫދަށް އެރިލަންދާ މީހުން މަދެއް ނޫނެވެ. މިފަހަރު ފުވައްމުލަކު ތުނޑީގައި ބިއްސާވެލި ލާފައި މިވަނީ ބޮޑު ޗުއްޓީއަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެހެން ކަމުން ރާޢްޖޭގެ އެކި ކަންކޮޅުތަކުން ފުވައްމުލުގެ މި ރީތި ޕޫލަށް އެރެންދާނެ ކަން ހަމަ ޔަގީނެވެ.

ފުވައްމުލަކަކީ ގުދުރަތީ އެތަކެއް ރީތިކަމެއް ލިބިފައިވާ ރަށެއް ކަމުން މިރަށް ބަލާލަން ދާން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔައީ ފުވައްމުލަކުގެ އަޖައިބު ކުރުވަނިވި ގުދުރަތީ ރީތި މަންޒަރުގެ ފޮޓޯތަކެވެ. ފުވައްމުލަކު ތުނޑި އާދަޔާ ޚިލާފަށް ބޮޑުވެ އެތަށް ސަތޭކަ ބަޔަކު އެތަނަށް އެއްވެފައިވާ ހިތްގައިމު މަންޒަރުގެ ފޮޓޯތައް ފެނި ހަމަ ކޮންމެ މީހަކުވެސް ދާހިތްވާނެކަން ޔަގީނެވެ.

ގުދުރަތީ ކަންތަކުގެ ވާހަކަ ދައްކާއިރު ފުވައްމުލަކަށް ދާ ކޮންމެ މީޙަކުވެސް އެރަށުގެ ކޮޑަކިޅިން މަޑް ބާތެއް ނަގާނުލައި އައުމަކީ ނާދިރު ކަމެކެވެ. އެތަން ފެނުމުން ކޮންމެ މީހަކުވެސް އެރޭ ހިތްވާނެ އެވެ.

"ފުވައްމުލަކަށް ގޮއްސިއްޔާ ވެލި ކޮޅެއް ގެނެސްދެއްޗޭ"، މިއީ އާންމުކޮށް އިވޭ އެއްވާހަކަ އެކެވެ. ރައްޓެއްސަކު ފުވައްމުލަކަށް ދާ ވާހަކަ އަޑުއިވުމުން ބުނާނީ މިހެން ކަން ޔަގީނެވެ. މިހެން ބުނަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެރަށުގެ ވެއްޔަކީ، އާންމުކޮށް ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކުން ފެންނަ ވެއްޔަށް ވުރެން ބޮޑުކޮށް އަދި އޮފުކަމެއް ހުންނަ ވެއްޔަކަށް ވާތީއެވެ. މީގެ އިތުރުން، މި ރަށުގެ އިރު ދެކުނު މޫދު ކައިރިން ފެންނަ ކަޅު އަކިރި ނުވަތަ އެ ރަށު މީހުން ކިޔާ ނަމުންނަމަ ކަޅޮ އަކިރިއަކީ ވެސް ހާއްސަ އެއްޗެކެވެ.

މިހެން ގޮސް ކިތަންމެ ބައިވަރު ކަމެއްވެސް ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް އަމިއްލަޔަށް ގޮސް ތަޖުރިބާ ކޮށްލަން މިއީ ހަމަ ސަޅި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖަމީލު

    ނުވޭދާހިތެއް ހަމަ ހަޤީޤަތުގައިވެސް ނުވޭ

    44
    43
    • ޒުނޭރާ

      މަށެއް ވެސް ނުވޭ ދާހިތެއް...

      23
      11
  2. ބީއްސާވެލި

    އަންނަ އަހަރު ވަގުތު މުއައްޒަފުން ޗުއްޓީ އަށް ޖައްސާލާތި އިގޭ

    33
    6
  3. އަލީ

    ނުވެޔޭ ދާހިތެއް ތިއަށްވުރެ ބޮޑުވެފަ މާ ރީތިވާނެ މިރަށުގެ ފަސް ގަނޑު.

    26
    21
  4. މަލޑިނީ

    ބޭނުން ދާން

    11
    10
  5. މުބީނު މާރނީ

    ޕާރޓޭން އުޅޭތީ ނުވޭ ދާހިތެއް.

    15
    11
    • Anonymous

      ކޮން ރަށެއްގަ ޕާރޓޭއިން ނޫޅެނީ؟

      15
      4
  6. ނާޅި

    ނާޅިސް ޖޭވިއަސް ދާ ހިތްވާ މީހުން ދާނެ. ފްލައިޓް ލޭންޑު ކޮށްލާނީ ސީދާ ރަށުގެ ފަސްގަނޑަށް.

    6
    6
  7. ރި

    ނުވޭ ދާހިތެއް.. ހުސް ރަނޑުން އުޅޭ ރަށެއް ތީ...ކެކެކެ...

    6
    14
  8. ޔާރާ

    ޔާރާ ވަރަށް ދާހިތްވޭ ހުންނާނެ ގެއެއް ލިބުނީމަދޯ ދެވޭނީވެސް .

    9
    3
  9. އައިމިނާބީ ހދ. ކޭލަކުނު

    ތިއެއްންމެ ދާހިއް ނުވާރައް! ތީ ވަކިން އޮތް ބޮޑުރަށެއް! އަރެމެން ރަށު ވަރައިގެން ގޮނޑުދޮށައް ނިކުމެލީމަ ޖެހިގެންހުރި ރައްތަކުގެ މަލަމަތި ފެންނާތި މާހިއްގައިމު މިކަލަ އެތައް ރައްށައެބަހުރިޥރާއްޖޭގަ

    8
    4
  10. މައިޝާ

    އަސްލުވެސް ނުވޭ ދާހިތެއް..ތިޔައްވުރެން އަހަރުމެން ރަށު ގޮޑުދޮށާ މޫދު މާފުރިހަމަ މާޝާ ﷲ..ދާހިތްނުވަނީ މޫދައްއެރޭއިރަށް އޮޔައް ދަމައިގަންނާތީ ކަނޑު ކަރިކަމުން ވ ބިރުގަނޭ..ނޯ ބޮޑު ރީފް ގާރޑަންސް.. ކުރިން ވ ދެވިއްޖެ އެކި ކަންކަމު...

    5
    2