މާސްއަށް އެންމެ ފުރަތަމަ ފޭބުމުގެ ޝަރަފު ލިބިގެން ދާނީ އަންހެނަކަށް ކަމަށް ނާސާގެ ޗީފް އެޑްމިނިސްޓްރޭޓާ ޖިމް ބްރިޑްސްޓައިން ވިދާޅުވެއްޖެއެވެ.

ބްރިޑްސްޓައިން މިހެން ބުނެފައި ވަނީ ނާސާއިން މާސްއަށް ކުރާ ދަތުރުގައި ބައިވެރިވާ ޓީމު ހާމަކުރުން ލަސްވާތީ މި މިކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މާސްއަށް އިންސާނުން ފޮނުވަން ކުރަމުންދާ މަސައްކަތް އެއްވެސް ވަރަކަށް މަޑު ނުޖެހޭ ކަމަށް އެ އިދާރާއިން ހާމަކޮށްފަައި ވާއިރު އެމީހުންގެ އެންމެ ބޮޑު އަމާޒަކީ 2021 ވަނަ އަހަރު ނުވަތަ 2030 ވަނަ އަހަރު އިންސާނަކު މާސް އަށް ފޮނުވުމެވެ.

މިގޮތުން މާސްގެ މިޝަން އަށް ތައްޔާރު ކޮށްގެން ނާސާގެ މުވައްޒަފުންގެ ތެރެއިން ފާހަގަ ކުރެވޭ ހަތް މުވައްޒަފަކަށް ތަމްރީނުތައް ދޭން ފަށާފައިވާ ކަމަށާއި މިތަމްރީނު ތަކުގައި ބައިވެރިވަނީ ނާސާގެ އިންޖީނިއަރިން ޑިޕާޓްމެންޓުންނާއި، ޕައިލެޓް މޫވްމެންޓް ޑިޕާޓްމެންޓާއި ސްޕޭސް އާކިއޮލިޖިސްޓު ޓީމުގެ އިތުރުން މެޑިކަލް ޑިޕާޓުމެންޓުން ކަމަށް ބްރިޑްސްޓައިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މާސްއަށް އެންމެ ފުރަތަމަ ފޭބުމުގެ ޝަރަފު ލިބޭނީ އަންހެނަކަށް ކަމަށާއި އެއީ ސްޕޭސް އާކިއޮލޮޖިސްޓުންގެ ޓީމުގެ މެމްބަރަކަށް ވުން ގާތް ކަމަށެވެ. ޕައިލެޓް މޫވްމެންޓާއި މެޑިކަލް ޑިޕާޓްމެންޓުގެ މުވައްޒިފުން މާސްއަށް ނުފައިބާނެ ކަމަށް ބްރިޑްސްޓެއިން ފާހަގަކޮށްފައި ވާއިރު އާކިއޮލޮޖިސްޓުންގެ ޓީމުގައި ތަމްރީނު ދެވޭ 2 މީހުންނަކީވެސް އަންހެން މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.

މާސްއަށް ދަތުރު ކުރާ ޓީމުގެ މައުލޫމާތު ނާސާއިން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. މިހައިތަނަށް ލިބިފައިވާ މައުލޫމާތު ތަކަކީ، ނާސާގެ މުވައްޒިފުންގެ ކިބައިން ލިބުނު ސިއްރު މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެން ރަާއްޖޭގައި މިހާރު މާސްގައި މީހުންވެސްއުޅޭ! ނާސާ ތި އުޅެނީ މާފަހަތުގައި! ކިތަށް ރަށުގައި މާސް ކިޔާ ކިތައް ގޯތި އެބަހުރިތަ؟