މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ކުށްވެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަން ޖެހެ ކަމެއް ކަމަށާއި މަޖިލީހުން މީހުންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލި ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާތީ އެކަން ކުށްވެރިކޮށް އެމައްސަލަ ބަލައިދިނުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. އެމައްސަލަ ހުށަހެޅުއްވީ އެމްޑީީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމެވެ. އާޒިމް މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއެއްގައި އެދިވަޑައިގެންފައި ވަނީ ޑރ. ޝަހީމް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނެރަލް ގެ އެޑްވައިޒަރ ގެ މަގާމުގައި ހުންނަވައިގެން ދިވެހި ދާޚިލީ ކަންކަމަށް ފާޑުވިދާޅުވަމުން ދަނީ އެ ކޯޕަރޭޝަނުގެ ސެކްރެޓްރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދު އަލް-އޮތައިމާން ގެ ވިދާޅުވުމަކަށް ތޯ ބަލައިދިނުމަށެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ޝަހީމް ވެސް ގެންދަވަނީ އެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޝަހީމް މަސައްކަތް ކުރައްވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސައިއްޓޭ

    ޑރ ސަހީމް އައް ބިރުދެއްކުން މިހާރުންމިހާރައް ހުއްޓާލާ އެމަނިކްފާނާކީ ތިކަހަލަ ލާދީނީ ސަރުކާރަކުން ދައްކާހާބިރަކައް ފަހައް ޖެހިވަޑައިގަންނަވާނެ ބޭފުޅެއްނޫން

    117
  2. ދިވެހި ދަރިއެއް

    ސާބަހޭ ޑރ ޝަހީމް، މަނިކުފާނަށް ކުރުނީސް އަދާކުރަން، ދީން ދިފާއުކޮށް ވާހަކަ ދައްކާނެ ކިތަންމެ ޝަހީމެއް މިޤައުމުގައި އެބަތިބި، ހުރިހާ މީހުންގެ މައްސަލަވެސް ކަލޭމެން ލާދީނީ މީހުން ހަމަބަލައި އަޅާ ފިޔަވަޅެއް އަޅަންވީ، ކުޑަކޮށްވެސް ބިރެއްނުގަނޭ، މާތްﷲގެ ވާގިފުޅާއެކު ދީނުގެ ހައްޤުގައި ޤުރުބާންވާން މިތިބީ ފިސާރި ސާބިތުކަމާއެކު ތައްޔާރަށް އިންޝާﷲ

    146
  3. އަހުމަދު

    މިހާރު އެނގިއްޖެ ތީ އެގަންޖާ 19 ކަން

    74
  4. ކެޔޮޅު

    ޣައިރު މުސްލިމުންނަކައް އަހަރެމެން ބިރެއް ނުދެއްކޭނެ ބިރު ނުވެސް ގަންނާނެ މިއީ އަހަރެމެންގެވެސް ޤައުމު މުސްލިމުންގެ ޤައުމު!

    109
  5. ލާދީނީ ކަންތަކާ ދެކޮޅު ހަދަންޖެހޭ

    ބިރު ދެއްކުމާ ދެކޮޅު.

    112
  6. ސެއިޚް އިލްޔާސް ސެއިހް

    އަލީ އާޒިމަކީ މުސްލިމެއްތަ؟

    63
  7. 2023ޔާން

    Yamin 2023

    64
    2
  8. ރާޅު ބޯއީ

    އިލްމުވެރިންގެ އަނގަ ބަންދުކުރިއަސް ލަދީނީ ސަރުކާރުގެ ލަގަބު އެޅިފަ އޮތީ. ލާދީނީ ބައިގަނޑު އިސްތިއުފާ.

    44
    1
  9. ޫގުރާބޯ

    ބިރުދައްކާގެން ކުޅިކުޅެން ނުހަދާ!! ކަރުއަޅާލިޔަސް ފަސްނުޖެހޭނަން. ﷲއަކްބަރު. ޝަހީ މް އަށް ޝުކުރިއްޔާ. މިއީ އަލީއާޒި މް އާއި ގަންޖާބޯގެ އެކަނިގައު މެއްނޫން. ބޯބުރާންތިވެގެން އުޅޭނެކަ މެއްނެތް.

    93
    1
  10. ާއައްޑޫ އަލިބެއްޔާ

    ލޭ ކޮށާލިއަސް އަހަރެމެން ރަސޫލާގެ ދިފާއުގަ ތެދުވާނަށް. ނުހުއްޓުވޭނެ.

  11. ބިންގޯ

    މަގު ތަކަށް ނުކުމެ އެމް.ޑީ.އެން. ގެ ރިޕޯރޓް އާ ދެކޮޅަށް މުޒާހަރާ ގިނަކުރަންވީ.