އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ރުހުން ދީފިައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަން ކުރަން ނިންމާފައިވަނީ 72 މެމްބަރުންގެ ވޯޓުންނެވެ. އެއީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމީ އޭގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މަޖިލިހުގެ ތަޅުމަށް ފޮނުވި ތިން ނަމަކީ ފިޔާޒުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދެވެ.
އެމަގާމަށް ފިޔާޒް އައްޔަންކުރަން މަޖިލީހުން ނިންމި އިރު، ވެރިކަންކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ އެމަގާމަށް އޭނާ އައްޔަން ކުރަން ތްރީލައިން ވިޕެއްވެސް އެކުލަވާލައިފައެވެ.
ވޯޓުގެ ނަތީޖާ އިއުލާންކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވީ އެ ވޯޓުން ފިޔާޒަށް ރުހުން ލިބުމާއެކު އޭނާ އެމަގާމަށް އައްޔަން ކުރެވުނީ ކަމަށެވެ.
"ފިޔާޒަކީ މިހާރު އިންފޮމޭޝަން ކޮމިޝަނަރު" ރައީސް ނަޝީދު ވިދާޅުވިއެވެ.
ފިޔާޒަކީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އެމަގާމަށް ފިޔާޒް އައްޔަން ކުރައްވާފައިވާއިރު، މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރގެ މަގާމުގައި ހުންނެވީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާގެ ދައުރު ހަމަވެފައިވަނީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.
މަރުޙަބާ! އަޚު ޙުސެއިން ފިޔާޒު. ތެދުވެރިކަމާ، އިޚުލާޞްތެރިކަމާއެކު، ވަޒީފާގެ ވާޖިބު އަދާކުރުމުގައި ދެމި ހުންނެވުމަށް އިލްތިމާސްކޮށް ނަޞޭޙަތްތެރިވަން.
ދިވެހިން 'އަޚު' ކިޔަނީ އެބަޔަކު ބޭނުންވާ ގޮތަކަށް ކަންތައްކުރާބަޔަކަށް، އެވަރިހަމަ ދީނާ، ގައުމިއްޔަތާ، ގާނޫނާ ގަވައިދުން ބޭރުން ކަންކުރިޔަސްވެސް!
ނުވޭ ދާހިތެއް މިރަށަކީ ތިއަށްވުރެ މާރީތި މާ ބޮޑު ފަސްގަނޑެއް އޮންނަ ރަށެއް
ލައްކަ ދުވަހު ގެ އިންތިޒާރަކަށް ފަހު ތިޔަކަން ވެސް ނިމުނީ..... ދިކޮޅަށް ދަމާ ދަމާ މަރުހަބާ ހުސެއިން ފިޔާޒު މޫސާ އަށް
އަނެއް ބީތާ އެރީ.
މި އީ ވ ޙަސީލަތް ނުބައި މީހެއް. ރާއްޖެ ޓީވީ ގަހުރެ ދިވެހިރަތްޔިތުންގެ މެދުގައި ފިތުނަ އުފެެއްދުމުން ިމ ނުބައިމީހާ އައްލިބުނު އިނާމު. މި ގައުމު މިނުބައިމީހުން އަތުންސަލާމަތް ކުރައްވާށި އާމީން
ތިޔަ ފިޔާޒު ރ. ޓީވީން އިސްތިޢުފާ ދިނީ ތި މަޤާމު ކަށަވަރު ކޮށްފަ، މިނިވަން މުސްތަޤިއްލު ވުމަށް. ދެން މިނިވަން މުސްތަޤިއްލު ވާނީ މިހާވަރަށްތާ!
ގައުމު ގުންޑާއިންނަށް ހިލޭދީފަ! ގައުމުގެ ގެ ހަން އިދިކޮޅަށްބާރަށް ދަމާ! ކޮންކަމެއްތިކުރެވެނީ ސޮނިވެއްޓުން ފިޔަވާ!
ތިއަށްވުރެ ފުޅަ އަނގަގަނޑެއް ހަމަ ނެތީ؟
ޢެމް.ޑީ.ޕީ ގެ އެކަކުވެސް މަޖްލިހައް ފޮނުވައިފިތަ ފާސްވާނެ..އެވަރައްރާވާފަ ތޯއްޗެއް އެފޮނުވަނީ އަދިހަމަ އެކަކުވެސް ނުކަޓާދޯ..
ފަޔާޒަށްވުރެ ފިޔާޒު ޤާބިލް ބޭފުޅަކަށް މަޖިލީހުގެ މެމްބަރުންނަށް ކަނޑައެޅުނީ ކިހިނެއްބާ؟ ރާއްޖެ ޓީވީގަ މަސައްކަތްކުރެއްވީމަތަ ނޫނީ އެމްޑިޕީއަށް ވެރިކަން ހޯދައިދިނުމަށް ހޭބޯނާރާ ރާއްޖެޓީވީގަ މަސައްކަޔްކޮށްދިނީމަބާ؟ ޢިލްމާ ޤަބިލްކަމަކީ އެއްވެސް އެއްޗަކަށްނުވާނެ ސިޔާސީ ކަންކަމުގަ ހޭބޯ ނާރާ އުޅުން ޤަބިލްކަމަށް ބަލަނީ ހުރިހާ ކަމެއް ސިޔާސީވެގެން މުޅި ޤައުމު ހަލާކުވެ ނިމިއްޖެ ޔާމީނު ވެރިކަމުގަވެސް ހަމަމިކަނކަންކުރީ މިގޮތަށް ޔާމީނުކަންކުރިގޮތް ކަމުނުގޮސްގެން ކަންކަން ރަނގަޅުކުރަން އައި ވެރިކަމުގަ މާ ގޯސް ކަންކަން ކުރާ ގޮތް