ރާއްޖޭގެ ތާރީޚުގައިވެސް ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ މަޖިލިސް މެމްބަރުންތަކެއް އެ ޖަމިލީހުގެ މާލިއްޔަތު ކޮމެޓީގައި އެބަ ތިބި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓާއި ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ. އެ ކޮމިޓީގައި އެމައްސަލައާ ގުޅުންހުރި މެމްބަރުން ތިބި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް އޭނާ ހާމަ ނުކުރައްވައެވެ.

އެބައްދަލުވުމުގައި ޕީޖީ ވަނީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކޮމެޓީ ސިއްރު ކުރުމަށް އެދިލައްވާފައެވެ. އެކަމާ ގުޅިގެން ކޮމެޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ކޮމިޓީގައި ހާމަކުރެވެން ހުރި މައުލޫމާތު ހާމަ ކޮށްދެއްވުމަށް ޕީޖީގެ ކިބައިން އެދިލައްވާފައެވެ. އަދި ފަހުން ސިއްރު ކުރަން ޖެހުމުން ސިއްރު ކުރާނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މުގައްރިރު އެފަދައިން ވިދާޅުވި ނަމަވެސް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ޕީޖީ އެގޮތަށް އެދިލެއްވުމުން ކޮމެޓީ ސިއްރު ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ޕީޖީ އެދުނު ގޮތަށް ކޮމިޓީ ސިއްރުކުރުމުގެ އިތުރަށް، އެމްއެމްޕީއާރްސީގެ މައްސަލާގައި ތަހުގީގު ކުރެވުމުންދާ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަކީ ކޮން ބައެއް ކަން އެނގުމުން، އެ މެމްބަރުންނާ ނުލާ ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ. މި ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. ޔައުގޫބުގެ އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ގޮތުން އޭސީސީން އާއްމުކުރި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މިހާރުގެ މެންބަރުންގެ އިތުރުން މި ސަރުކާރުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން އެބަ ތިއްބެވިއެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި 57 ރަށެއް ނުއަގުގައި ގަވާއިދާއި ޚިލާފަށް ވިއްކާފައިވާ ކަން ފާހަގަކޮށްފައިވާއިރު ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12 މިލިއަން ޑޮލަރެވެ. އޭސީސީގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި 77 މިލިއަން ޑޮލަރު ލިބެން ޖެހެއެވެ. ދައުލަތަށް ލިބުނު 12 މިލިއަން ޑޮލަރުން ވެސް އެކި މިންވަރުން އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކޮށްފައިވާކަން ރިޕޯޓުން ހާމަވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދެބޯ ގެރި

  ޚިޔާނާތުގެ މައްސަލާގައި ހިމެނޭ ބޮޑުން ގެ ވަނަވަރު އަނގާކަށް ބޭނުމެއް ނުވާނެ.. އެންމެ ރަނގަޅައް ދެފުއް ފެންނާނީ ވީހާވެސް ސިއްރުން ހުރިހާ ކަމެއް ކުރިޔައް ގެންގޮސް މުޅި މައްސަލަ އަންބޮނޑިޔައްޔާ ފޮރުވީމާ...

  38
  1
 2. ސަދީ

  ބިޝާމް ވަޒީފާ އިން ވަކިކުރުމުގެ ކުރިންފަޅާއަރުވާލީތަ މިހުރިހާދުވަހު އަގަބަންދު ކޮއްގެން ހުރީކީއްވެ

  37
  2
 3. ދޮންބެ

  އެހެންވީމާ އެޖެންޑާ 19އިގެ ދަށުން ހޮވިފައި މިއޮތީ ނަޒާހާތްތެރިކަމެއް ނެތް މަޖިލީހެއްދޯ! އެހެންނޫނަސް މިސަރުކާރުގެ ފެށުން އައީ ހަމަނުޖެހުމާއި، ޚިޔާނާތާއި، ވައްކަމާއި، ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިންކަން މެންދުރުގެ އިރު ފެންނަ ފަދައިން މިދަނީ ފެނި ހާމަވެ އެނގެމުންނެވެ.

  29
  2
 4. ހަމާކުރޭ

  ދެންކޮބާތަ ތިބުނާ މެމްބަރުނަކީ.. ނޫސްވެރިންނަވެސް އެއީ ކޮންބައެއްކަން ނޭގޭތަ.. މީހުންގެ ނަންތަ ހާމަކޮއްދީ.. އަހަރެމެންގެ ލިބުވެތި ރައީސް ޔާމީންއަށް ވަގަށް ގޮވާ އެމަނިކުފާނުގެ އަބުރުނަގާލަން ތަހުގީގު ނުނިމޭ އަދި އަސްލު އޮޅުންނުފިލާ ތަހުގީގަކަށް ނިސްބަތްކޮށް ޝަރީއަތެކޭ ކިޔާ މަގުމަތީގަ ޑްރާމާކުޅެން ޕޖ ތަމްސީލުކުރާ ތަރިންތަކެލައްވާ މިހަވާހަޑި ފާޅުވެއްޖެ.. ޕޖ އިސްތިއުފާދޭންޖެހޭކަން އަމިއްލަ ނަފްސް ބުނެނުދޭތަ..

  35
  1
 5. Anonymous

  ކީއްވެބާ އެ މް.އެ މް.ޕީ.އާރު.ސީ ގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް ހުރިހާ މީޑިޔާ ތަކުން ލައިވް ކުރަމުން ދާއިރު ދެފުށް ހޯދަން އުޅޭ މަޖުލީހުގެ ކޮމެޓީގައި އޭގެ ބަޔަކު ތިބި ކަމަށް ބުނު މުން ވަގުތުން ކޮ މެޓީ ބައްދަލުވުން ސިއްރުކުރީ. މީތޯ ދެފުށް ހާމަ ކުރުމަކީ.
  ޔާމީނުވެސް ޝަރީޢަތުގައި ޖަވާބުދާރީވާ އުސޫލުން ކަލޭ މެން މެންބަރުން ވެސް ޖަވާބުދާރީ ވާންވީނު ސިއްރުނުކޮށް ބިރުން ނުތެޅި.
  އަދިވެސް ކެވުނުވަރު ކުޑައީތަ.

  32
  1
 6. ނަޝީދު

  ތީ އޮޅުމެއް އެންމެ ބޮޑު ހިޔާނާތަކީ 29.6 ބިލިއަން އެއްކަމެއް ނުކޮށްދީ ހުސްކޮށް 1.7 ބިލިއަން އިތުރު ކޮށް ގެންވެސް 2 ޕާކު ނުނިމެ. ފާހާނާ ބަރި އެއް އެއް އަހަރުން ނޭޅެ. 5 އަހަރުން އަދީބްވަންކަން ކުރިއޭ އެކިޔަނީ އެންމެ 1.2 ބިލިއަން.

  12
 7. ދަތްނެތްކުއްޖާ

  މިހާރުތޯ ޕީޖީ އަށް ރޭކާލީ ތިމާގެ ވަޒީފާ ގެއްލޭހިސާބުން ތި ބޮޑު ވައްކަމުގެ ކަންތައް ގަނޑު. ތިއީ އަރަތެންނު ދޮތަ!