ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފުރަތަމަ ބިނާ ކުރާ މިސްކިތުގެ ބިންގާ ލ. ކަލައިދޫގައި އަޅައިފި އެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި ކަލައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.

ސަރުކާރުން ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާން ނިންމާފައިވާ މި މިސްކިތުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އެސްކޮން ބިލްޑާސް ކުންފުންޏާ އެވެ. މިމަހުގެ 16 ވަނަ ދުވަހު އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ 270 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ސަރުކާރުން ބުނެފައިވަނީ މިއަހަރުގެ ތެރޭގައި އިތުރު މިސްކިތްތަކެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެގޮތުން 8 މިސްކިތެއް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުއްލާ

    މި ސަރުކާރުގެ ފުރަތަމަ މިސްކިތުގެ ބިންގާ ލ. ކަލައިދޫގައި އަޅައިފި

    2 މިނެޓް ކުރިން ( އޮކްޓޯބަރ 21, 2019 )

    މިހާރު ވަގުތު ފާއިތު ވެއްޖެ . މިސަރުކާރަށް އިސްކަން ދެވުނީ M D N ގެލާދީނީ ރިޕޯޓަށް.

  2. ސަޓޯ

    އެމްޑީއެން ވާހަކަ އޮއްބަން ޖައްސާ ރޮކެޓު...