މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔާފައިވާ މައްސަލައިގައި މީހުން މެރުމަށް ގޮވާލާކަމަށް ބުނެ އެ ޖަމިއްޔާއިންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްދު އިޔާޒް ރައްދުދެއްވައިފިއެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އިސްލާމީ އުންމަތަކީ އެއްބަނޑު އެއްބަފާ ބައެއް ކަމަށާއި އެކަކަށް ލިބޭ ހިތާމައަކި އަނެކާއަށްވެސް ލިބޭ ހިތާމަ ކަމަށެވެ. އެހެން ކަމުން ތިމާގެ މަގާމު ގެއްލިދާނެ ކަމުގެ ބިރާއެކު އެ މަގާމަށްޓަކައި އަނެކާ ކަތިލައި ނުލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައި ވަނީ އެމްޑީއެންގެ މީހުން މަރާލަން ޖެހޭ ކަމަށް ގޮވާލާ ބައެއް ރަށްރަށުގައި މުޒާހަރާ ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން އެމްޑީއެންއާއި ބައެއް ސިޔާސީ ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
Muiminunnaky ebbandu ebbafaa bayeh. Ekakah libey ufalaky anekakah ves libey ufaleh. Ekakah libey hithaama aky anekakah ves libey hithaama eh. Thimaage magaamu gellidhaanethy birakun noolheyne. Magaamah takai anekaa kathila eh nulaane.#BanMDN #BanMDN #BanMDN #BanMDN #BanMDN
— Dr Mohamed Iyaz (@dr_iyaz) October 21, 2019
އެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަޝީދު ވިދާޅުވީ އެމްޑީއެން އުވާލުމަށް ގޮވާލާ ކަމަށް ބުނެ އެމީހުން މަރާލުަށް އަޑުއުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މީހުން މެރުމަށް ގޮވާލާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. ރައީސް ނަޝީދު ވަނީ އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ ހޯމް މިނިސްޓަރ އިމްރާމް އަބްދުﷲ އާއި މެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އެމްޑީޕީޣެ ޕާލަމެންތްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވެފައެވެ.
ޑރ. އިޔާޒް ކުރެއްވި އިތުރު ތްވީޓެއްގައި ވިދާޅުވެފައި ވަނީ ލާދީނީ ޖަމާތްތަކުން ފަންޑު ހޯދައިގެން ރާއްޖެ ސެކިއުލާ ގައުމަކަށް ހަދާނެ ކަމުގެ ވައުދުތައް ވެފައިވާ ފަރާތްތަކުން، މާތް ﷲގެ ރަހުމަތުން އެކަން ނުވުމުން ތެޅި ފޮޅޭނެ ކަމަށެވެ.
Beyruge Laadheenee jamaaiy thakun fund hoadhaigen Raajje Secular Gaumakah hadhaane kamuge vaudhu thah vefaivaa faraaiy thakun, Allah ge rahmathaai eku ekan nuveema thelhi folheyne.#BanMDN #BanMDN #BanMDN #BanMDN #BanMDN #BanMDN #BanMDN #BanMDN #BanMDN #BanMDN #BanMDN #BanMDN
— Dr Mohamed Iyaz (@dr_iyaz) October 21, 2019
ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީއެން ރިޕޯޓު ތައްޔާރު ކުރުމުގެ މޭސްތިރި ޝަހިންދާ ވަނީ އިސްލާމިކް މިނިސްޓްރީ އިން އެ ޖަމިއްޔާގެ ރިޕޯޓު ދިރާސާކުރަމުން ގެންދާކަމުން އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އިސްލާމިކް މިނިސްޓްރީ އަކީ އޮންނަން ޖެހޭ ތަނެއް ނޫން ކަމަށް މީގެ ކުރިން އޭނާ ވަނީ ބުނެފައެވެ. ޝަހިންދާ ބުނެފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީ އިން އެ ޖަމިއްޔާއިން ނެރުނު ރިޕޯޓު ދިރާސާ ކުރުމަކީ ބޯދާ ކަމެކެވެ.
ޝަހިންދާ އިސްލާމް ދީނަށާއި ރާއްޖޭގެ ދީނީ ވައްޓަފާޅިއަށް މިގޮތްގޮތުން ހަޖޫޖަހަމުން ގެންދާއިރު އޭނާއާމެދު އެކަށީގެންވާ ފިޔަވަޅު އަދިވެސް އެޅިފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޝޭހް ތިހުރީ ރީދޫ ދަންތޫރަގަ ރަގަޅަށްޖެހިފަ އަދި ނެއްޓޭނެ ގޮތެއްނޭގި ގޮތްހުސްވެފަ
ޝޭހުބޭ ދެން އެމްޑީޕީ އަށް ބައވެރި ވެގެންނުވާނެ ހެދުނު ގޯސް އެގިލައްވައިފި ދެއްތޯ
ޑރ. ޓުވިޓަރޭ! ކަލޭ މިހާރު މިގައުމުގެ ޗޮއްޕަޓުލާލު. ގަދަރު ގެއްލި އިހްތިރާމު ކުރާ މީހަކުވެސް ނެތް. މިގައުމަށް ބޭނުންވަނީ ޑރ. ޝަހީމުމެން ފަދައިން އިލަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހުން. ކަލޭ ތީ ކާކު.
ޝޭޚު ބުންޏަސް އެއީ ތެދެއް!!؟!
އެއީ ރީނދޫ ބާގައި ކުދިންކޮޅެއް ލައްވާ ބުއްޅަބޭ ކުރުވައިގެންއުޅޭ ކަމެއްކަން ކަލޭ ހަމަ ރަނގަޅަށް ދަންނާނެ. ތިވަރު މުނާފިގު ހެދިގެން ނޫޅެބަލަ. ނާޒިމެކޭ ކިޔާ ކޮންމެސް ލާދީނއަކު މީހުން ސަލީބަށް އަރުވަން ގޮވަމުން ދުވާއިރު ކަލެއަށް ކެރިބަލަ އެއްޗެއް ބުނަން. ނުކެރޭނެ.