ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ނަންބަރު 6 އިންޖިނިއަރިންގް ކޯ ލިމިޓެޑާ އެވެ. 185.8 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓު އެކުންފުންޏާ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރެއްވީ އެ މިނިސްޓްރީ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި ހުނާންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރިޕްރެޒެންޓޭޓިވް ވަންގް ހީ އެވެ.

އެ އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އޮފީސްތައް ހިންގުމަށްޓަކައި ހަ ފަންގިފިލާގެ އިމާރާތެއް ހުޅުމާލޭގައި އެޅިގެންދާނެއެވެ. ނަމަވެސް އެ އިމާރާތުން ޖާގަ ދޭން ނިންމާފައިވަނީ ކޮން މިނިސްޓްރީތަކަކަށް ކަން އަދި ކަނޑައަޅާފައި ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮފްވާން

    ޔަގީނުންވެސް އަގުހެޔޮކޮށް އޮތް ޕާޓީއަށްނުދިނީ އެކްސްޕީ ރިއަންސް ނެތޭކިޔާފައި. .ފު ރަތަމަ އެވޯޑުކު ރީ ޗައިނާގެ ސީސީސީ... ކިޔާ ކުންފުންޔަށް 132 މިލިއަނަށް . ވަ ރަށް ގޮތްގޮތަށް އިވެލުއޭޓްކޮށް 50 މިލިޔަން ރުފިޔާ އަގުބޮޑުކޮށް މިކަންމިނިމުނީ. .ހުޅުމާލެ 1 އަދި 2 ގުޅުވާ ބު ރިޖު އަދި 1500 ހައުސިންގެ ވެސް މަސައްކަތްވެސް ކު ރަނީ އެކްފީ ރރިއަންސް ނެތް ސީސީސީ .... މިކަން ބަލާނެ ކަމަށް ހީކު ރަން