ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން 70 މިލިއަން ރުފިޔާ ގެ ހިލޭ އެހީ ދީފި އެވެ. މިއީ ޖަޕާނު ޔެން އިން ބަލާނަމަ 500 މިލިއަން ޔެން އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖަޕާނުން ދިން އެހީއަކީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ދިން މާލީ އެހީތެރިކަމެއް ކަމަށެވެ. އަދި އެ އެހީ ބޭނުންކުރަން ނިންމާފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު