ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢުގައި ފިޔަވަޅު އަޅަން ނުކުޅެދޭ އެއްވެސް މަގާމެއްގައި ހިނދުކޮޅަކަށްވެސް ނުހުންނަވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނެރަލް ގެ އެޑްވައިޒަރގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމަށް އެބޭފުޅާ ފާޑު ވިދާޅުވަމުން ގެންދަވާތީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފައިވާތީ އެކަމަށް ރައްދު ދެއްވައި ފޭސްބުކްގައި އާއްމުކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ޝަހީމް ވަނީ އޯއައިސީގެ އެޑްވައިޒަރު ކަމަށް އިސްކުރެވުނު ހިސާބުން ރާއްޖެއާއި ގުޅޭގޮތުން ދެއްކެވި ތިން ވާހަކައެއް ވެސް ފާހަކުރައްވާފައެވެ. އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އެމްއެންޔޫއާ އެއްކޮށްލުމަށް ދެކެވުނު ވާހަކައިގައި އެއްކޮށްނުލުމަށާއި، ޓެރަރިޒަމްގެ ޤާނޫނުގެ މައްސަލަ އާއި އެމްޑީއެން އިން ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލައެވެ.

"ޞަލަވާތާއި ސަލާމްލެއްވި ކީރިތި މާތް ރަސޫލާގެ މަތިވެރި ޝަޚުޞިއްޔަތަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި އަގުހުރި ޝަޚުޞިއްޔަތެކެވެ. ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާޢުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރިކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީމުހެވެ." ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އެމްޑީއެން ރިޕޯޓާއި ގުޅިގެން މީގެ ކުރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވި ގޮތުގައި ކީރިތި ރަސޫލާގެ ދިފާއުގައި ވިދާޅުވާ ބަސް ހުއްޓުވޭނެ އެއްވެސް އިންސާނެއް އުޑު ދަށުގައި ނުހުންނާނެ ކަމަށެވެ.

އަދި އޭނާ ވަނީ އިސްލާމީ އެކި ކަންކަމުގައި ޢިލްމީ އަދި ޕްރޮފެޝަނަލް ވިސްނުންފުޅު ހިއްސާކުރެއްވިދާނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވެފައެވެ. ޝަހީމު އިތުރަށް ފާހަގަކުރައްވާފައިވަނީ ދުވަހަކުވެސް ރައީސަށް، އަދި ސަރުކާރުގެ ވެރިންނަށް ބަދު ބަސްފުޅެއް ރައްދުކުރައްވާފައިނުވާނެ ކަމުގައެވެ.

ރާއްޖެއިން ބޭރުގައި މިހާރު ހުންނެވި ނަމަވެސް، އަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާ ހިސާބުން ފެށިގެން ޕީޕީއެމްއާ އެކު ސިޔާސީި މަސައްކަތް ފައްޓަވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ސަމާ

  ސާބަހޭ ދަރިފުޅާ

  57
  5
 2. Juhaa

  އެ އާޒިމަށް ތަނެއްދޮރެއް އެނގޭ މީހެއްބާ؟ މީނާގެ ބަފާ " ކްއީން" ކިޔާ ގޭގެ އަންހެނަކާ އިނދެގެން އެގޭގެ ބޮޑު ބައެއް އަތްދަށުލައިގެން "އިވްނިންގ ގްލޯރީ" އޭ ކިޔާ ހޮޓާ އެތައް އަހަރެއް ވަންދެން ހިންގީ އެގޭގެ އެހެން ބެހެނިވެރިންނަށް އެއްވެސް އެއްޗެއް ނުދީ. އެކްން ބެލިއްޔާ މާތާހިރެއްނު. ލަދު ކޮބައިބާ؟

  35
  3
 3. ކިޔާމީހާ

  ޝަހީމްގެ ބަސްކޮޅަށް ހިތާފުރާނައިން ތާއީދު ކުރަން. ކީރިތި ރަސޫލާ އަށްވުރެ ލޮބުވެތި އެއްވެސް އެއްޗެއް އަދި ކަމެއްވެސް މިދުނިޔޭގައި ނުވޭ. ޝަހީމް ތިގޮތުގައި ސާބިތު ކުރަށްވާށި. އާމީން.

  52
  3
 4. ހަސަންބެ

  މި އަލީ އާޒިމެއްގެ ބލވެރިކަން މިހާރު ބޮޑުވެއްޖެ. ކަލޭމެން ރާބޯން ޖުވާ ކުޅެން ބޭނުމިއްޔާ ތިޔަކިޔާ އަނެއް ގައުމިއްޔަތު އޮތް ތަންތަނަށްދޭ. ކޮންމެހެން މި އިސްލާމީ ގައުމުގެ އަހަރެމެންނަށް ބލބޮޑުކުރާކަށް ތިބޭނެ ކަމެއް ނެތް. ޕާޓީގެ ބޮޑުން ރުއްސަންވެސް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށް ފުރައްސާރަކުރަން މިތަނުގަ އުޅޭނެ ކަމެއް ނެތް. އެކަމަށް ފުރުސަތެއް ނުދެވޭނެ. ކަލޭމެން ތީ މުސްލިމުން ނޫނަސް އަހަރެމެން، ރާއްޖޭގެ %95 އަކީ މުސްލިމުން. އެހެންވީމާ މިތަނުގެ ކަލޭމެންގެ ގޮތް ފަތުރަން ނޫޅޭތި. ނަތީޖާ ރަނގަޅެއް ނުވާނެ.

  34
  2
 5. ޞޒ

  ކާކުކުތައުޅޭނީ ކަލެއަށް މަގާމެެއްދޭން

  5
  27
  • ޓިނު ވަގު

   އިންޝާ ﷲ!! ޝަހީމް މަތިވެރި ކުރައްވާނެ!!! ޓަޓާސް ޓަސް..

 6. ޒީ

  ތިޔަގޮތުގަ ހުންނެވިހާދުވަހަކު އަޅުގަނޑު ޝަހީމް އަށް ތާއިދު ކުރާނަން!
  ލާދީނީސަފަށް އެެެއްވެސް އިލްމު ވެރިޔެއް ނޭރުމަށް އެދެން!
  ދީންދިފާޢު ކުރެއްވުމަކީ އަމާނާތެއް އެޔަށް ހަރާންކޯރުވުމަކީ އިލްމުވެރިން ކުރަންވާނެ ކަމެއްނޫން!
  ހެވާނުބާ އެގިތިބެ ފުރަގަސްދީފިމީހާ ނަރަކަ ނޫން ތަނެއް ނުލިބޭނެ!

  32
  2
 7. ﷲޙުއަށްބިރުވެތިވޭ

  ކީރިތިރަޝޫ ލާގެ މަތިވެރި ކުރެއްވިﷲ ސުބުޙާނަޙޫ ހުސްތާހިރުވަންތަކަމާއި މާތްނަބިޔާގެ ހައްގުގައި ހަށިގަޑާފުރާނައިން ގުރުބާންވާން ހުރިހާމުސް ލިމުން ވެސްޖެހޭނީ ތައްޔާރަތިބެން

  31
  2
 8. އުގޭލު

  މީ ހަގީގީ އިލްވެރިންނަކީ

 9. ސަނާ

  ރަސޫލާގެ ދިފާއުގަ އަހަރެމެން ވެސް ނުކުންނާނަން މިސަރުކާރާ ދެކޮޅަށް..އެކަމަކު ކަލޭ ނައިބުރައީސްކަމަށް ކެމްޕޭނުކުރި އިރު ދީނީ ސުވާލު ތަކަށް ޓީވީއަށް އަރާ ދިންޖަވާބުތަކުން އެނގޭ ތީ ދީނަށް ވުރެ ބޮޑަށް މަގާމަށް ލޯބިކުރާ ކަން..

 10. ޓިނު ވަގު

  އަލްޙަމްދު ލިﷲ!!

 11. އަޙްމަދް

  ކޮއްމެ ވެރިކަމަކަށް ޢަޤީދާ ޢާއި ކުލަ ބަދުވާ ޝޭޙުން؟
  ބޭކަރު ވާހަކައިން މީހުން ހަލަން ނޫޅޭ!