މާލޭ މީހުންނަށް މޮޅުގޮތް ވާން ނުޖެހޭ ކަމަށާއި އެކަން ވާންވީ ރައްރަށުގައި ދިރިއުޅެމުންދާ ރައްތިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހެސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޕީ ހުސައިން ވިދާޅުވީ ރާއްޖެއަށް ގެންނަމުންދާ ތަރައްގީގައި އެއްވެސް ރައްޔިތަކު ބާކީވެގެން ނުވާނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ މާލެ ފަދައިން ރަށްރަށުގައި ހުރިހައި ކަމެއް ތަރައްގީވެފައި ނެތް ކަމަށެވެ. އެގޮތުން ކުޑަހުވަދޫގެ ނަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށެއް ކަމަށާއި އަދި މަގުތަކުގައި ތާރައެޅިފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެރަށް އެންމެ ފުރިހަމައަށް ތަރައްގީ ވެފައި ނުވާކަން ފެންނަ އެންމެ ބޮޑު ހެއްކަކީ މަސްވެރިކަމަކީ ރަށުގެ އާބާދީގެ ބޮޑުބައެއް ކުރަމުންދާ މަސައްކަތަކަށް ވީހިނދު މަސްކިރޭނެ އިންތިޒާމް އެރަށުގެ ކައިރި ސަރަހައްދެއްގައި ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެރަށުގެ މަސްވެރިން މަސްނުކިރި އުކާލަން ޖެހޭ ހާލަތްތައްވެސް އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުބް އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރާއިރު ރަށެއްގެ އިހްތިސާސްގެ ތެރޭގައި 700 މީޓަރުގެ ރޭޑިއަސްގައި ހިމެނޭ ތަންތަނަކީ އެ ރަށަކަށް އެއްވެސް ކަމެއްވާ ތަނެއްތޯ އާއި އެއްވެސް ފައިސާއެއް ލިބޭ ތަނެއްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ކައުންސިލަރުން ހޮވުމުގައި 33 އިންސައްތަ އަކީ އަންހެނުންނަށް ހެދުމަށް ބިލުގައި އޮތްކަން ފާހަގަކޮށް އެކަމަށް ތާއިދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އަތޮޅު ތެރެއަށް މާބޮޑު ތަރައްގީއެއް ގެނެސްފައި ނުވާކަަމަށް މިހާރުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ވަނީ ބުނެފައެވެ. އަދި އެ ސަރުކާރުގައި ރައްޔިތުން މާލެއާއި ހުޅުމާލެއަށް ގެނައުމަށް ނިންމައިފައިވާ ނިންމުން އެމްޑީޕީ އިން ކުށްވެރި ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިދަ ދަނޑި

    މޮޅުގޮތް ހަމަހަމަ ވާންޖެހޭނީ.. މާލެ އެއް ރާއްޖެތެރެއެއް ހާއްސަ ކުރާކަށް ނުޖެހޭ..

    13
    2
  2. ނަސީދު

    ޙުސެން ކަލޭތީ މާލެ ދާއިރާގެ މީހެއް ރައްއިތުން ނައް ދެން ދެއްކެންވެގެން މާމޮޅުވާހަދެއްކޭ މިހަކައް ވެގެން ޢުޅޭހެން އަޅުގަނޑައް ގަބޫލް ކުރެވެނީ

    9
    1
    • ސަޓޯ

      މިކަލޭގެ މާލެކޮޅުން އަންނަ ދައުރަށް ނުހޮވޭނެކަން ޔަގީންވީމަ ރާއްޖެތެރޭ މީހުން ގުނބޯ ހައްދަނީ !!!

  3. ސަޓޯ

    އެމްޕީ ހުސޭނާ މޮޅުގޮތް ވާން ޖެހޭނީ ހަމަހަމައަށް.. ރައްޔިތުންގެ މުސާރަ ކައިގެން ތީދޯ ކަލޭގެ ވިސްނުން ހުރިގޮތަކީ

    13
  4. ޖޯބެ

    މަގޭ ދަރިއަށް އާސަންދަ ނުލިބުނީމަ އަހަރެމެން މީނާއަށް ގުޅަލީމަ ވަގުތުން އެކަން ހަމަޖެހިއްޖެ... އެހެންވެ ހުރިހާ އެންމެން އާސަންދަ އޮފީހަށް ފޯރމުލާން ހަދާނޭ ކަމެއް ނެތް މީނާއަށް ގުޅާލާ !!!

    6
    1
  5. ރާއްޖެތެރޭ މީހެއް

    މަށަކީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ މީހެއް ނަމަވެސް ބުނެލަން ބޭނުންވަނީ ވަކިބަޔަކަށް މޮޅުތަކެއް ވާހަކަށް ނުޖެހެއޭ، އެންމެ ހަމަހަމަކޮށް ކަންތައް ކޮށްދިނުމަށޭ އަހަރުމެން އެދެނީ، ކަލޭމެންގެ ތިހިރީ އަދިވެސް ވަރަށްބޯދާ ވިސްނުން، ތިކަހަލަ ކޫސަނި ވިސްނުން ހުރެގެނެއް ދުވަހަކު މިޤައުމުގެ ރައްޔިތުންނަށް ހަމަހަމަކަމެއް ލިބިގެނެއް ނުދާނެ

  6. 19 ނަވާރަ

    ބަލަ މަނިކު ތީ ޒާތީވަނީތަ. ތިބޭފުޅާ ހޮވީ މާލޭ ރައްޔިތުން. ދެން ކިހިނެއްވާނީ