ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ރާއްޖޭގެ މަޝްހޫރު މިލިއަނަރު ގާސިމް އިބްރާހިމް އަގުބޮޑު ގެއެއް ގަތުމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ފާޑުވިދާޅުވެއްޖެއެވެ.

ސިރާޖު ނުރުހުން ފާޅުކުރައްވައި ޓްވީޓު ކުރައްވާފައި ވަނީ ގާސިމް 12 މިލިއަން ރުފިޔާގެ އަގުބޮޑު ގެއެއް ބައްލަަވައި ގަތުމާއި ގުޅިގެންނެވެ. ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ރާއްޖެއަކީ ކުޑަ ތަނަކަށް ވީ ހިނދު ކޮންމެ ފަރުދަކަށްވެސް ބިން ނުވަތަ ފްލެޓް ގަނެވެން ޖެހޭނެ އެންމެ ގިނަ މިންވަރެއް ކަނޑައެޅެން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ހުރިތީ "ވިހި ތިރީސް" ބިން ގަނެވޭނެ ގޮތަށް އޮތުމަކީ ކުރިޔަށް އޮތް މުސަތަގުބަލަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ނަޒަރުގައި ރާއްޖެފަދަ ކުޑަ ގައުމެއްގައި ވަކިވަކި ފަރުދުންނަށް އެންމެ ގިނައިން ބިން / ފްލެޓް ގަނެވެވޭނެ އަދަދު ކަނޑައެޅެންޖެހޭ. ލާރި ހުރީތީވެ، ވިހި ތިރީސް ބިން ގަނެވޭގޮތަށް އޮތުމަކީ އަޅުގަނޑުމެންގެ ދަރިންގެދަރިންގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް" ސިރާޖް ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

12 މިލިއަން ރުފިޔާ އަށް ގާސިމް ގަނެފައި ވަނީ މާލެ އިންނެވެ. ގާސިމް ގަނެފައިވާ ގެއަށް ކިޔަނީ މ. ވާދީވިލާއެވެ. މިކަމާ ގުޅިގެން ސިވިލް ކޯޓުން ބުނެފައި ވަނީ މ. ވާދީރޯސް، މުހައްމަދު އަހުމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ވާދީބިލްޑިންގުގެ ނަމުގައިވާ 413.33 އަކަފޫޓްގެ ފިހާރަ ބިމުގައިވާ އެންމެހާ އިމާރާތްތަކާ، ނުއުފުލޭ މުދަލާއި އަމިއްލަ ބިން، މާފަންނު މާފަންނުވިލާ ގާސިމް އިބްރާހިމް ގަނެ، އަގުދުކޮށް، މި ވިޔަފާރީގެ އަގު ޚަލާސްކޮށްފައި ވާ ކަމަށާއި އެ ވިޔަފާރީގެ ސައްހަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ދެން ކަލޭވެސް ގަންނަންވީނު. ކުރިންވެސް އެބިން އެއީ މީހަކު ގަތް ތަނެއް. މިއަދު އެމީހާ ވިއްކާލީ މާދަން ގާސިމް ވިއްކާނީ. މުދަލަކީ އެކަހަލަ އެއްޗެއް ބީތާ. އެކެއްގެ އަތުން އަނެކެއްގެ އަތުން ދާނީ. އެއީ ﷲ ގެ ކުޅަދުންވަންތަކަން. އެކަންވެސް ޤާނޫނަކުން އޮބަހައްޓަން މި ލާދީނީ ދައްޖާލުތައް މި އުޅެނީ.

    28
    3
  2. އެންދެރި

    12 މިލިއަނާ ދީބާޖާގެ 300 މިލިއަނުގަ ތަފާތު އެބަހުއްޓެވެ.

    14
  3. ކޮސް

    މިތިބަ ލާދީނީބައިގަނޑު ހަމަހޭގަތިބެބަލަ ވާނުވާނޭގިގެންތިއުޅެނީ

    17
  4. ސޮމަދު

    ލާރި ހުރިވަރަކުން ގެ ގަންނަންވީ..ކިއްލި ވިއްކައިގެން ވެސް ގެ ގަނެފަ އެބަހުރި..

  5. ހެހެހ

    މިލިޔަނުން ގެ ގަތީމަ ގޯސްވީ..ބަދަލުގެ ގޮތުގައި 300 މިލިޔަންވެސް އޯކޭ..

  6. ގައުމު ދެކެ ލޯބިވާ

    އިއްޒަތް ތެރި މެމްބަރު ކޮންމެވެސް ކަހަލަ ހަމަޖެހޭވާހަ ދައްކަން ވީނުން.ލާރި ހުރި މީހަކު އޭނަ ބޭނުން އެއްޗެއް ބޭނުން ވަރަކަށް ގަތީމަ އިއްޒަތްތެރި މެމްބަރަށް ހާދަ ވަރެކޭދޯ ތިވީ.

    3
    1