ރާއްޖޭގެ ސަލާމަތީ މަސްރަހުގައި ހުރި ކަންތައްތަކާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިން މިއަދު ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފި އެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ސަލާމަތީ މަސްރަހްގައި މިހާރު ހުރި ކަންކަމާ ގުޅޭ ގޮތުން މަޝަވަރާކޮށްފައިވާއިރު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ގޮތާމެދު ވަނީ މަޝްވަރާ ކޮށްފަ އެވެ.

މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ މެމްބަރުންނަށް މަރުގެ އިންޒާރުދިނުމާއި އެމީހުން މަރާލުމަށް ގޮވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި އެ މުއައްސަސާގެ އިސް އޮފިސަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދާލަތު

    މުސްތަޤުބަލްގައި ތިޔަ ދެ މުވައްސަސާގެ ބޭފުޅުން އެކުގައި މަސައްކަތްޕުޅު ކުރެއްވުމަކީ ފަރުދީ ޙައިސިއްޔަތުން އަޅުގަނޑު ވަރަށް އުފާވާކަމެއް. ތިޔަ ދެ މުވައްސަސާގެ ހުރިހައިފެންވަރެއްގެ ބޭފުޅުންނަށް %100 ޔަޤީންކަން އަޅުގަނޑުގެ އެބައޮތް. މިހާރު އަޅުގަނޑަށް ހަމަނިދި ނުނިދި މިއޮންނަންޖެހެނީ ނުތަވަސްކަމެއްގައި. ޝުކުރިއްޔާ! ދެ މުވައްސަސާގެ ހުރިހައިބޭފުޅުންނަށް.

    1
    10
  2. އެންދެރި

    އެއްކޮޅުގަ ހަމީދެވެ. އަބެއް ކޮޅުގަ މާރިޔާ އެވެ. ދެން ކެނެރީގެ އެވެ. ވިސްނާލާށެވެ.

    14
  3. ބެއްޔާ

    ތިތިބީ (އެމްޑީއެން) ގެ މެމްބަރުން.

    11