ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި މުހައްމަދު ހަމީދު ހުންނަވަނިކޮށް މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާއަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓުގެ މައްސަލަ ނުބެލޭނެ ކަމަށް އިކޮޅު ޕީއެންސީގެ ނައިބުރައިސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެމްޑީއެން އުވާލަން ސަރުކާރަށް ނުކެރޭނެ ކަމަށާއި އަދި ސީޕީގެ މަގާމުގައި ހަމީދު ހުންނަވައިގެން އެކަން ތަހުގީގުވެސް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ނުކުރެވޭނެ އެންމެ ބޮޑު ސަބަބަކީ އެޖަމިއްޔާއަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުގެ މަގާމްތަކުގައި ތިބުންކަމަށް އޭނާ ވަނީ ބުނެފައެވެ.

"ސަބަބަކީ އެމްޑީއެންގައި ހިމެނޭ މީހުން ތިބީ ސަރުކާރުގެ މުއައްސަސާތަކުގައި. ރައީސް އޮފީހުގައި، ޕޮލިސް ކޮމިޝަނަރު، ދެން މިހެން ގޮސް ގުޅޭ ހުރިހާ ފަރާތްތަކެއް މީގެ ތެރޭގައި މި ތިބެނީ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އަކަށް ހަމީދު ހުންނަވައިގެން ކިހިނެއްތޯ އެ މައްސަލަ ތަހުގީގު ކުރާނީ" ޝުޖާއު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެމްޑީއެން މައްސަލަ އޮއްބާލައި ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ. އަދި އެ ޖަމިއްޔާ އުވާލައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުމުގައި ބައިވެރިވެފައިވާ އެންމެންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ސީޕީ ހަމީދު އެ ޖަމިއްޔާގައި މަސައްކަތް ކުރާކަން ހާމަވެފައި ވަނީ ދާދިފަހުން ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔަ ވީޑިއޯއެއްގައި އެ ޖަމިއްޔާގެ ޑެޕިެުޓީ ޗެއަރމަން ގެ ހައިސިއްޔަތުން ބޭރުގެ ކޮންފަރެންސެއްގައި އެމްޑީއެން ތަމްސީލްކޮށް ހަމީދު ވާހަކަދެއްކަވުމާ ގުޅިގެންނެވެ. އޭގެ ކުރިން މި މައްސަލަ ފެންމަތި ވުމާއި އެކު ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިޔަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނެފައި ވަނީ ސީޕީ ހަމީދު އެ ޖަމިއްޔާގައި މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އިދިކޮޅު ފަރާތަތަކުން މިހެން ގޮވާލަމުން ދިޔަ ނަމަވެސް ފުލުހުން ވަނީ ހަމީދު އެމްޑީއެންގައި މަސައްކަތް ކުރެއްވީ މިދިޔަ އަހަރު ކުރު މުއްދަތަކަށް ކަން ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާާާޢަލީ

    ވަރަށްބޮޑުތެދްތާ ނުވާނެ އެކަ މެއް...ރައްޔަތުން ނުކު މެ ވެރިކަ މާ ދި މާކޮއްލާފާނެތީވެ އައްނިވެސް ވެއްޓުނުހެން ދައުރު ހަ މަނުވަނީސް ވެއްޓިދާނެތީވެ ބިރުން ދައްކާ ދަޅަތީ...ތި މީހުން އެނގޭ މީހަކު ގަބޫލު ނުކުރާނެ ދައްކައެއްވެސް ވާހާކާއެއް...

    38
    2
  2. ނުރަބޯ

    ހަމީދު ސީޕީއެއްގެ މަގާމުގައި ހުރީމައެއްނޫން އެމައްސަލަ ބަލާފަ ފިޔަވަޅު ނޭޅޭނީކީ އެމްޑީޕީ އިން ވެރިކަން ކުރާހާ ދުވަހަކު ލާދީނީ އެއްވެސް މައްސަލައެއް ނުބަލާނެ، ނުވެސް ބެލޭނެ. ޙަގީގަތުގައި އެ ލިޔުމާބެހޭގޮތުން މައްސަލައެއް ބަލަންވެސް ނުޖެހޭހާ ތިލަކޮށް ސީދާގޮތެއްގައި އެއްވެސް ބިރެއްނެތި ލިޔެފައިވާލިޔުމެއް އެއީ. އެ ލިޔުނު މީހާ ނުވަތަ ބަޔަކު ކުށްވެރި ނުވާނެ ކަމުގެ ވަރަށްބޮޑު ގެރެންޓީ އެއް ލިބިގެން ލިޔެފައިވާ ލިޔުމެއް ނުވަތަ ފަތުރާފައިވާ ފިތުނަ އެއް އެއީ.

    38
    2
  3. އުތުރުން

    ސަރުކާރުގެ އިސްމަގާމުތަކަށް މޑޕގެ ލާދީނީ ފިކުރުގެ މީހުން ވައްދައިގެން އުޅެނީ ދުރާރާވައިގެން ރާއްޖެއަށް
    ގެއްލުންދީ ދިވެހިންގެ ސަގާފަތާއި ދީން ނައްތާލުމަށެވެ
    ރައްޔިތުން ނިކަމެތިކޮށް އަޅުވެތިކުރުމުގެ ބޭނުމުގައެވެ.

    29
  4. ދަވްތޫރް އަބުދުލް އަޒީޒް

    ރައޔަތުން އަޅުވެތި ކޮއްފައި މިތިބީ ފެންކޮޅެއް ބޯލިޔަސް ޖިޒީ ފޯނެއް ކޮއްލިޔަސް 6% ޖިޒީ މީއަޅުންގެ އަތުން ނަގާ އެއްޗެއް އެބުނާ ތަހުޒީބް ގައުމުތަކުގައި އެނަގަނީ އެގައުމުތަކުގެ ރައްޔަތުންވއސް އަތިބީ އަޅުވެތި ކަމެއްގަ އެބުނާ އިންކަމް ޓެކްސް ނަގާ އެންމެބޮޑު ގައުމުގައި ގެދޮރުނެއް އާބާދީ އަހަރަކު 3 މިލިޔަން އިތުރުވޭ ކޮބާތޯ ތިޔަވިދާޅުވާ އިން ކަމް ޓެކްސް ފައިސާ އެނިކަމެތި ރައްޔަތުންނައް އެހީނުވެ ޑިމޮކްރަސީޔަކީ އަޅުވެތިކަން މިހާރު ދުނިޔޭގައި ބޭޒާރުވެ އަގުވެއްތިއްޖެ ކޮބާތޯ ގްރީކް ޑިމޮކްރަސީ އުފެއްދި މީހުން

  5. ކިލަބުވިލާ

    އެމްސީ ހަމީދު ފޮނުވަންވީ އިންޑިޔާއަށް. އެމްސީ ހަމީދު ފުލުސް އިދާރާ ހައިޖެކް ކޮށްގެން އިންޑިޔާއަށް އައްޑޫގައި ބޭސް އެއް ޕޮލިސް އެކަޑަމީއެކޭ ކިޔައިގެން އަޅާ ދިނުން ނޫން ކަމެއް ނުކުރޭ. އެމިޝަންގެ މަތިޖަހަން އިންޑިޔާއިން ޕޮލިހުންގެ ވެރިއަކަށް ލާފަ ހުރި މީހެއް އެއީ. ބޭރުކޮށް މިހާރުން މިހާރަށް ފައިރޫޒު އެކްޓިން ކޮމިޝަނަރަކަށް ލާންޖެހޭ. ސޯލިޙަށް ވެސް އެމްސީ ހަމީދު ކަހަލަ ދެފުށްކެހެރިއެއް އެތާ ބަހައްޓާގެން ލިބޭނީ ކޮޅުކެއްސެއް ބަލަންތިބޭ