ދަޢުލަތުގެ ފައިސާއަށް ޙިޔާނާތްތެރިވެފައި ތިބި މީހުން ސަރުކާރުގެ އެކި އެކި މަޤާމްތަކުގައި ތިބެވިގެން ނުވާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރިން ކުރެއްވި، މުޙައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ވަހީދު މިގޮތަށް ވިދާޅުވީ ރާއްޖޭގައި ހިނގާދިޔަ ކޮރަޕްޝަނުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުންހުރި ފަރާތްތައް މި ސަރުކާރުގެ ތެރޭގައިވެސް އެބަ ތިއްބެވި ކަމަށް ޕީޖީ އައިޝަތު ބިޝާމް މިއަދު ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ވަހީދު ވިދާޅުވީ ސަރުކާރުގެ ކަންކަން ރާއްޖޭގެ ރައްޔިތުން ބަލަމުން އެބަގެންދާ ކަމަށާއި، ދަޢުލަތުގެ ފައިސާ އަށް ޙިޔާނާތްތެރިވި އެއްވެސް ބޭފުޅަކު ދަޢުލަތުގެ މަޤާމެއްގައި ހުރެގެން ނުވާނެ ކަމަށެވެ.
މިދިޔަ ސަރުކާރުގެ ތެރޭގައިވެސް ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަޤާމް އަދާކުރެއްވި ބިޝާމް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު އެ ކޮމެޓީގައި އޮތީ އެމްއެމްޕީއާރްސީގެ ޙިޔާނާތާއި ގުޅޭ އޮޑިޓާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމެވެ.
އެމްއެމްޕީއާރްސީގެ ޙިޔާނާތާއި ގުޅޭ ގޮތުން ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކުރި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން ގަވާއިދާއި ޚިލާފަށް 57 ރަށެއް ނުއަގުގައި ވިއްކާފައިވާ ކަން ފާހަގަކޮށްފައިވާއިރު، ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ކަމަށް ފާހަގަކޮށްފައި ވަނީ އެންމެ 12 މިލިއަން ޑޮލަރެވެ. ސަރުކާރަށް އެ ރަށްތައް ވިއްކައިގެން 77 މިލިއަން ޑޮލަރު ވަންނަން ޖެހޭ ކަން އޭސީސީގެ ތަހުގީގުން އެނގެއެވެ.
ކުރީގެ ރައީސް ވަހީދު އަކީ އެމްޑީޕީ އިން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ވެރިކަމަށް އަންނަންވެގެން ހެދި ކޯލިޝަނުގެ ތެރެއިން، އެމްޑީޕީ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، 2012 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމުން، ވެރިކަން ލިބިވަޑައިގަތީ ވަޙީދު އަށެވެ.
މޮޅު ވާހަކަ ނުދައްކަވާ، ތި ހުންނެވި ތަނެއްގާ މަޑުމަޑުން ހުންނެވުމަށް ނަސޭހަތްތެރިވަން. ގައުމަށް ލިބުނު ގެއްލުމުން އަދިވެސް އަރައިނުގަނެވިގެން މިއުޅެނީ، އެވަރުން ފުދޭ!
ޤައުމަށް ދިން ހުރިހާ ގެއްލުމެއް ދިނީ ލާދީނީ ބައިގަނޑު... ބަލާބަލަ މިހާރު ނެރެގެން އުޅޭ ރިޕޯޓެއް.. މި ލާދީނީ ބައިގަނޑު ކިބައިން މި ޤައުމު ސަލާމަތް ކުރައްވާށި...
ބަޤާވާތުގެ ބޮޑުންނަށް މިނިވަން ކަންމަތީ އިނާޔަތް ނަގައިގެން އުޅެވިގެންވެސް ނުވާނެ. ދައުރުން ބޭރުން ވެރި ކަން ކުރި މީހަ ކައްވެސް ހައްޤް އަދަބު ދޭންޖެހޭނެ
އެންމެ ބޮޑު ޚިޔާނަތްތެރިޔާއަށް ދިނީ 5%
މަނިކުފާނުގެ ވެރިކަމުގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރާ ގުޅިގެން ފައިސާ ހޯއްދަވަން ރަށެއް ވިއްކާލި ވާހަކަ ދައްކައިއުޅުނު.
އަނގަ ނުތަލާ ހިމޭނުން ހުންނާށެވެ. ރައްޔިތުން ހޮވާފައި އޮތް ވެރިކަމެއް މަނިކުފާނުގެ ބައިވެރި
ވަހީދު ކަމްކަމް ވަހީދު ގޯ ވަހީދު ކަމްކަމް ކަޓް ނައި ޖޯ!
އެމްޑީޕީ ވެރިކަން ވެއްޓުމުން އެންމެ ގިނައިން ދެއްކީމީނަގެ ވާހަކަ އެވެ. މިއަދު އުޅެނީ މިނިވަން ކަމާ އިއްޒަތާ އެކީގަ އެވެ.
އެމްޑީއެން މައްސަލާގައިމިއަދާހަމަޔަށް
އެއްވެސްއެއްޗެއްބުނަންނުކެރުނު
މަނިކުފާނުގެ އާއިލާއަކީވެސް އިސްލާމީ
ތައުލީމުއެގޭބައެއްނޫންވީމަ މާބޮޑު މައްސަ
ލައެއްނޫން
ކޮން ހައިސިއްޔަތަކުން ތިޔަ ރައްޔިތުން ހޮވާފައިވާ ސަރުކާރަކަށް ފާޑު ކިޔަނީ. ވަހީދު ކުރި ކުށަށް ފިޔަވަޅު ނޭޅިއްޔާ އަހަރެން އެމްޑީޕީ ގެ މެމްބަރަކަށް ނުހުންނާނަން. އެކަން ކުރުވާފަ ހުއްޓާލާނީ.
އަޅޭނޭ