ދެވަނަ ބަޢާވާތެއް ކުރަން ރާވާ، ނިމިއްޖެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު، މުޙައްމަދު މުސްތަފާ ވިދާޅުވިއެވެ.

ރާއްޖޭގެ ރިޔާސީ ވެރިކަން ދެވަނަ ފަހަރަކަށް ވައްޓަން ބަޔަކު ރާވައި ނިމިއްޖެކަމަށް މުސްތަފާ ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. މުސްތަފާ މިއަދު ކުރެއްވި އެހެން ޓުވީޓެއް ވަނީ މިޤައުމުގައި ދެވަނަ ބަޢާވާތެއް ކުރަން ނޫޅުމަށާއި، ޤައުމުގެ އިޤްތިސާދު އަނެއްކާ ފުނޑާލުމަށް ނޫޅުއްވުމަށް ވިދާޅުވެފައެވެ. ވަރަށް ރުޅިވެރި ގޮތަކަށް ކޮށްފައިވާ މި ޓުވީޓު މުސްތަފާ ފަށާފައިވަނީ ވެސް "ހަބަރުދާރު" މި ބަސް ބޭނުންކޮށްފައެވެ.

މުސްތަފާ ވިދާޅުވީ ބަޢާވާތުގެ ވަސްވެސް ދޮވުމުގެ ކުރިން އެބަޔަކު ހައްޔަރުކުރުމުގެ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި ހުންނާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ޓުވީޓުގައި މުސްތަފާ ވަނީ ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު ޓެގު ކުރައްވާފައެވެ. އޭނާގެ ތުހުމަތުތައް ހުރީ އުމަރު ނަސީރަށް ކަމަށް ބެލެވުމުގެ ފުރުސަތު އެބައޮތެވެ. އުމަރު އަކީ 2012 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވިއިރު، "ކޮމާންޑު ސެންޓަރެއް ހުޅުވައިގެން އުޅުއްވި" ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވާ ބޭފުޅެކެވެ.

ކުރީގެ މަޖިލިސް މެމްބަރު މުސްތަފާ އަކީ، ވެރިކަން ވައްޓާލަން އުޅޭ ކަމަށް ބުނެ މިފަހުން ވާހަކަ ދެއްކެވި ފުރަތަމަ ބޭފުޅާ އެއް ނޫނެވެ. އެމްޑީއެންގެ ރިޕޯޓެއް ތިލަވުމާ އެކު، ވެރިކަން ވައްޓާލަން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ ވެރިކަން ވައްޓާލުމަށް ބަޔަކު އުޅޭ ކަމަށާއި، އެކަމެއް ނުކުރެވޭނެ ކަމަށެވެ.

އެމްޑީޕީ އަށް ފުރަތަމަ ފަހަރު 2008 ވަނަ އަހަރު، ވެރިކަން ލިބުނު ފަހަރު، 3 އަހަރުވަންދެން ވެރިކަން ކުރެއްވުމަށްފަހު، ކްރިމިނަލް ކޯޓުގެ ގާޒީއަކު "ޤާނޫނާ ޙިލާފަށް" ހައްޔަރުކުރި މައްސަލައެއްގައި އޭރުގެ ހުރިހާ އިދިކޮޅު ފަރާތްތަކެއް ގުޅިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް، އެ މުޒާހަރާތަކާ ރާއްޖޭގެ ދިފާޢީ ބާރުތަކުން ގުޅިގެން، ސަލާމަތީ ބާރުތަކުގެ ކޮމާންޑުދޭނެ ފަރާތް އޮޅޭ ހިސާބަށް ގޮސް، އޭރުގެ ރައީސުލްޖުމްޙޫރިއްޔާ، މުޙައްމަދު ނަޝީދު ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު، ރާއްޖޭގެ ހުރިހާ ޓީވީ ތަކެއް ކުރިމަތީގައި އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފައެވެ.

އިސްތިޢުފާ ދެއްވުމަށްފަހު، ވެރިކަމާ ހަވާލުވެވަޑައިގަތީ ރައީސް ނަޝީދު ސަރުކާރުގެ ނައިބު ރައީސް، މުހައްމަދު ވަޙީދު ހަސަން މަނިކު އެވެ. ވެރިކަން ގެއްލިގެން ދިޔުމުން އެމްޑީޕީގެ ސަޕޯޓަރުން ބުނަމުން ގެންދިޔައީ ރައީސް ނަޝީދުގެ ވެރިކަން "ބަޢާވާތެއް" ކޮށްގެން ވައްޓާލީ ކަމަށެވެ. ނަމަވެސް، ބޭރުގެ ކަމާބެހޭ މާހިރުންގެ ޓީމަކުން ތައްޔާރުކުރި 'ކޯނީ' ރިޕޯޓުން ފަހުން އެނގިފައިވާ ގޮތުން ސަރުކާރު ބަދަލުވުމުގެ ތެރޭގައި ރައީސް ނަޝީދު އިސްތިޢުފާ ދެއްވިއިރު ޤާނޫނާ ޙިލާފު ކަމެއް ހިނގާފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. އަބޫ

  ތިމަރަފުށީ މުޞްޠަފާގެ ހުރި ގަމާރުކަމާއެވެ. "ހަބަރުދާރު" އެއީ ކޮންތާކު އޮންނަ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެމެން ދަންނަނީ "ޚަބަރުދާރު" އެވެ.

  88
  6
  • ޒަކް

   އޭނާ އެބުނާ ބަޢާވާތްކުރަނީ ކެނެރީގޭ ނަޝީދު.. މީނާއަކީ ނަޝީދުގެ ޕަޕެޓެއް މިހާރު.. އެބުނަނީ ރައީސް ސޯލިޙްގެ ވެރިކަން ވައްޓާލަން ނަޝީދު ބަޢާވާތްކުރަން ރާވާ ވާހަކަ.. ޚަބަރުދާރު ރައްޔިތުން ވެރިކަން ހަވާލުކުރީ 5 އަހަރަށް އިބުރާހިމް މުހައްމަދު ސޯލިޙް ކިޔާ ބޭފުޅަކަށް.. ކެނެރީގޭ މުހައްމާ ނަޝީދަކަށް ނޫން އޮޅިގެން ނޫޅޭ ތިމަންނާއަކީ ޤައުމުގެ ރައީސްކަމަށް ހެދިގެން ނަޝީދު އުޅޭނެކަމެއް ނެތް

 2. ޢާސީ

  އަނެއްކާ އަނެއްގަމާރު ހަަލު ތިމަރަ..ރިޔާޒު ރަސީދުގެ ކޮއްކޮ..

  58
  3
 3. ހަމަހަމަ

  ތި ބަހަނާއެއް މަސައް ކަތެއް ނު ކުރާނެ. ހިތުހުރި ކޮންމެ ކަމެއް ކޮށްފަ ބަގާވާތެ ކޭ ނު ކިޔޭނެ ! މިއީ ދިވެހި ރާއްޖެ. ދިވެހިންގެ ދީނަ ކީ އިސްލާމް ދީން !

  94
  2
 4. Juhaa

  "ބަގާވާތް" ކިޔާ އެއްޗެއްވެސް ދަންނަނީ ހަމައެކަނި އެ މުޞްޠަފާ. އަހަރެމެން ދަންނަނީ "ބަޣާވާތް". މުސްޠަފާ ފުރަތަމަ ލިޔަންކިޔަން ދަސްކުރަންވީނު.

  76
  2
  • ޖުއްލާބު

   އެޔަށް ހުރީ ދަސްވާނެ އެއްޗެއް ދަސްވެފަ. އެއީ ފޮނިބުރުއްސާށާ ލަނޑާ މޮޑެން

   63
   2
 5. ާަާމަ

  ހަސަނަށް ހީވާނެ ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެޔޭ.

  77
  1
 6. ށަވިޔަނި

  ބަޤާވާތްވެސް ކުރާނެ އެއައްވުރެ ދެރަވަރު ކަންކަންވެސް ހިގާނެ ދީނަށް ފުރައްސާރަ ކުރަންޏާ. މުސްތަފާބެއަކީ މުސްލިމެއްތަ؟ ދީނަށް ބަޔަކު ފުރައްސާރަ ކުރިކަން އެގިލައްވާތޯ؟؟؟؟؟؟؟؟

  97
 7. ސަޓޯ

  ތިމަރަ މުސްތޮފާ ހަބަރުދާރައް ގޮވާނެ ކަމެއް ނެތް... ކަލޭގެ ޕާރޓީ ފެއިލްވީމަ އަހަރެމެން މަގުމައްޗަށް ނިކުންނާނަން.. އެދުވަސް ކައިރިވެއްޖެ

  132
 8. މޫސަ

  ތިޔަ އުޅެނީ މިހާރު ނޫސްތަ ކުގެ ޞުރުޚީ ތަ ކުން ޖާގަ ހޯދައިގެން މަޝްހޫރުވާން. މިހާރު ޓީވީ ޕްރޮގްރާމަ ކުން ވެސް ފުރުޞަތެއް ނުލިބޭ. އެހެންވީމަ މިހާރު ހުންނަނީ ވަރަށް ވައިވެފަދޯ

  93
 9. އިކްލީލް

  މި ވެރިކން ވެއްޓޭނީ! ގްރޭޑް 8 ގެ ފެންވަރުގެމީހަކަށް ކޮން ވެރިކަމެއް ކުރެވޭނީ؟

  57
  2
 10. ބިންގޯ

  ޢޭ މުސްތަފާ ކަލޭ ކާކު ބިރުގަންނަވަންތަ ތިޔައުޅެނީ. މީނައަށް ބަގާވާތް ކުރަންއުޅޭކަން އެގުނުގޮތެއްބަލަންޖެހޭ.

  86
 11. ޙަބަރުދާރު

  ޙަބަރުދާރު!!!މުސްތަފާ މިގައުމުގެ ސިޔާސީލީޑަރުންނަ ބިރުދެއްކުން ހުއްޓާލާ... މުސްތަފާގެ އެއްވެސް ހައިސިއްޔަތެނެތް އިދިކޮޅު ލީޑަރުންނާ ބެހި ބިރުދައްކާކަށް... މުސްތަފާމެންވަނީ 1ފެބްރުއަރީގަ ބަޢާވާތްކޮށް ސަރުކާރެ ވައްޓަންއުޅެފަ.. އެކަމުގެ ސަބަބުން ހައްގުއަދަބު ދޭންޖެހޭ އެކެއްތީ.. ތިލަފުށީ ބަނދަރުގައޮތް ބޯޓަށްވީގޮތެ ބަލާބަލަ.. ނުކެރޭނެ މިސަރުކާރު ގޮވައިގެން ކޯޓަށްދާކަށް..

  70
 12. އިކްރާމް އަބުދުއްސައްތާރު

  މުސތަފާ މިކަން އެގިހުރެ ނާންގާހުރީތީ މީނާ ހައްޔަރުކުރޭ...

  62
  3
 13. Anonymous

  ކަލޯ ގުއިރޯނުގަ ޖެހިގެން މާލެތެރޭ ނުތެޅެ އަމިއްލަ އުފަން ރަށުގަ އޮވޭ!! ޚަބަރުދާރު .. މާފުއްޕާނެ ކަމެއްނެތް.. މަގޭދީނާ މަގޭވަތަނާ ނު ކުޅޭތި.!!

  76
  2
 14. Anonymous

  މުސްޠަފާ ބުއްދި ޢާފިލުވެފަ ނެތިއްޔާ މިވެގެން އުޅޭގޮތެއް ހަމަގައިމުވެސް އިނގޭނެ.

 15. ހުސޭނުބޭ

  ކޮބައި މިހާރު ހަނގުރާމަމަތީ މަނަވަރު އެއްޗެތި ޓުވިޓާއަށް ލާފައި ޚަބަރުދާރު ނުކުރަނީތަ؟ އޭރުންތާ އަހަރެނެނަށްވެސް އެނގޭނީ ތިމަރަފުށީ މުސްޠަފާ ބަޣާޥާތްކުރާކަން!

 16. ބުރޯ

  އެބަގާވާތުގާ މުސްތަފާ ބައިވެރިވިންތޯ ؟ތިހާރަނގަޅަށް އެގޭނީ މުސްތަފާގެ ބައިވެރިވުމެއް އޮވެއްޖެ ނަމަ.

 17. ޙިރަފުސް

  މިގައުމުގައި ފަތު އަޑުކިޔާފައި ދެކެވެނީ ކޮންވާހަކައެއްކަމާއި އެއީ ކިހާވަރެއްގެކަމެއްކަން މީނައަށްއެގޭބާ! މިވަރުމީހުންވެސް ޖެހޭބާ ގާނޫނުހަދާ މަޖީލީހަށް ހޮވަން، މީނައަށް މިފެންނަނީ ވެރިކަން ވައްޓާލަން މާޒީގައި މީނަ ކުޅުނު ރޯލުބާ! ފައިސާ ބެހިގޮތާއި ޖީބަށްވަން ފައިސާބާ!

 18. އާރު

  މުސްތަފާ ވިދާޅުވީ ބަޢާވާތުގެ ވަސްވެސް ދޮވުމުގެ ކުރިން އެބަޔަކު ހައްޔަރުކުރުމުގެ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި ހުންނާނެ ކަމަށެވެ.***
  ތިވަރު ހުރިނަމަ ތެދެއްނަމަ މިހާރު ތިބޭނީ ހައްޔަރުކޮށްފަ

 19. ކޮތަރު

  ހެ ހެ ހޭ. ވަސްދޮންނަނިއްޔޯ. މީއަނެއްކާ ކޮންވާހަކައެއް؟ ސީފުޑްހޮއްކޮ އަކީ އުފަންވެ އުޅެބޮޑުވި ރަށުގެ މީހުންވެސް ބަލައިނުގަނެ، އަރާއިންނެވި ޢިއްޒަތްތެރި ގޮނޑިކޮޅުން ލަފުގައިހިފާ ނަގާ ހޫރާލާފަހުރި ކަނޑުކޮހެއްކަން އަމިއްލައަށް ދެނެގަނެ ޒާތްޒާތުގެ ބޭކާރު އަނގަނުތަޅާ ތިއްތިކޮށް މަޑުން ހުރިއްޔާ މާތާހިރުވާނެ.

  10
 20. ޛަކޯ

  ހިތު ހުރި ގޮތަކަށް ކުރި ހުވަޔާޚިލަފަށް ވެރިމީހާ ޢަމަލު ކުރީމާ އޭގެ ނަތީޖާ އެއއ އްގެ ގޮތުން ރަ އްޔިތުން ވެރިމީހާޔާ ދެކޮޅަށް ނިކުތީމާ އެވާނެތަ ބަގާވާތަކަށް. ؟ ބަލަ ކަލޯމެންގެ ޑިމޮކްރަސީގެ އަސާސަކީ ވެރިމީހާ އަށް އަޑު އިއ އްވުން. ޢެހެންވީމަ މުޒާހަރާވެސް ކުރާނެ.

  6
  1
 21. ޔ

  2023 ޔާން

 22. ގައްމު

  އަނެއްކާ ރީލޯޑެއް ކޮށްދިނީތަ

 23. ާަާމަ

  މުސްތޮފާބެއްށް އަނެއްކާ އޮޅުނީކީ ނޫންބާ.

 24. ޢަހުމަދު

  ކަލޭ މާ ފުއްޕާނެ ކަމެއްނެތް.. ކަލެއްކީ މިހާރު މީހުން ބަލައިގަންނަ މީހެއްނޫން.

 25. ހުސްނޫނު

  (ވަރަށް ސިއްރުސިއްރުން) މުސްތޮފާބޭ މިފަހަރު މަޖިލިހަށް ހޮވުނީ މުސްތަފާބެއެއް ނޫނެންނު....