ޅ. ނައިފަރުގައި ތަރައްގީ ކުރަމުން ގެންދާ ހައުސިން މަޝްރޫތައް ހުއްޓާލުމަށް އެޓާނީ ޖެނެރަލް އޮފީހުން އަންގައިފައިވާކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.

މިކަން އެ މިނިސްޓްރީ އިން ހާމަކޮށްފައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީ ގައުމީ ތަރައްގީއާއި ތަރިކަ ކޮމެޓީގައެވެ. އެ ކޮމެޓީގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ އާމިނަތު އާތިފާ ޝުކޫރު ވިދާޅުވީ އޭޖީ އޮފީހުން ނައިފަރުގެ ހައުސިން މަޝްރޫތައް އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށްބުނެ ސިޓީ ފޮނުވާފައިވާކަމަށެވެ. އަދި އެ މަޗްރޫ ކުރިޔަށް ގެންދިއުމަށް އަލުން ބީލަމަށް ހުޅުވާލަން ޖެހޭ ކަމަށްވެސް އެސިޓީގައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްތަރ އާތިފާ އިތުރަށް ވިދާޅުވީ އެފަދަ އެންގުންތަކުގެ ސަބަބުން މަޝްރޫތައް ކުރިޔަށް ގެންދިއުމަށް ދަތިވާ ކަމަށެވެ. އަދި ނައިފަރުފައި 100 ހައުސިން ޔުނިޓް ގާއުމް ކުރުމަކީ ސަރުކާރުގެ ވައުދަކަށް ވީހިދު އެކަންކަމަށް ބޭނުންވެފައި ތިބޭ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރަށް ދަތި ދުވަސްތަކާއި ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި އެފަދަ ގާނޫނީ މައްސަލަ ތަކުގެ ސަބަބުން ދިމާވާ ކަންކަމުން ސަރުކާރުގެ ވައުދުތައް ނުފުއްދުމުން އެކަން ކަމުގެ ޒިންމާ ނަގަން ޖެހެނީ ހުދު އެ މިނިސްޓްރީ އިން ކަން މިނިސްޓަރ އާތިފާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢާސީ

    މީނދަ ދައިތާ ކޮބާތަ ހުޅުމާލޭގަ އަޅައިފަ ދިނީމަވެސް ނުދީ އުޅޭ ފްލެޓްތައް މުސްކުޅިވީދުވަހު ތިޔަހެން މަގާމާހެދި ނޫޅެބަލަ މީހުންގެ ހައްގުތަކައް މީހަކު ބުންޏަސް އަރައި ނުގަނެ ބަލަ ޕްލީސް

    38
    2
  2. މޯޑް/ ނައިފަރީ

    ނައިފަރުގައި 200 ހައުސިން ޔުނިޓް ހެދުމަށް ރައީސް ޔާމީންގެ ސަރުކާރުން ފަންޑު ހަމަޖައްސާ ބިޑަށްލައި ބަޖެޓްކޮށްފައިވަނިކޮށް އޭސީސީ ން ވަނީ އެމަސައްކަތް މަޑުޖައްސާލަން އަންގާފަ! މި ސަރުކާރުން އެ މަޝްރޫޢު 100 ހައުސިންޔުނިޓަށް ބަދަލުކޮށްފައި ބުހުތާން ދޮގު ނުހަދާ! ތިފަދަ ކަމެއް މިރަށުގައި ނުހިނގާ! ހެދިޔަސް އެއީ ޔާމީންގެ މަޝްރޫޢެއް! ނަމްބަރު މަތިކުރަންކަމަށް ނޫޅޭ!

    47
    2
  3. Anonymous

    ލާދީނީ ބައިގަނޑާ ދެ ކޮޅަށް އަޑުއުފުލީމަ.

    20
  4. ނުރަބޯ

    ނައިފަރުގައި ހައުސިންގ ޔުނިޓްތަކެއްގެ މަސައްކަތް ކުރާކަމެއް ނައިފަރު އެއްވެސް ރައްޔިތަކަށް ނެތް އެނގިފައެއް. ކޮންތާކުބާ ތިބުނާ މަސައްކަތެއް ކުރަނީ.

    18
  5. މާބޭބެ

    ޗަވީީ މަބުނިގޮތަށް މިސްޓަރ ކޭމެން ބޭނުމެއްނުވާނެ ތި ކަން ކުރަން. ނައިފަރަށް އާދެެ ވޯޓް ބޭނުންވީމާ

    19
    1
  6. ހުސޭނުބޭ

    ތިވާނީ 10 މަސްދުވަހުން ވަޢުދު ފުއްދުނީކަމަށް! ހިންނަވަރާ ނައިފަރާ ދެމެދު އަޅަން ވަޢުދުވި ބުރިޖުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ދާމަށްވަނީ! އަންނަ ޖުލައިމަހު އިބޫ ސާލިޙް އެ ބުރިޖް ހުޅުވާދެއްވާނެ!

    19
  7. ޣަފޫރު

    މީދަ ދައިތާގަނޑާ! ނައިފަރުގެ ކޮން ތާކު ހައުސިން ޔުނިޓްތަކެއް އަޅާ ވާހަކަތޯ ތިޔަ ބުނަނީ؟ ބިމުގެ އަޑީގައިތޯ؟ ދެން އަލުން އެޓާނީ ޖެނެރަލް އަކީ މަޝްރޫޢުތައް ހުއްޓުވަން ކާކުތޯ؟ ތިހާވަރަށް އޮޅުވާނުލިޔަސް ފާނާކުރާ ފިކުރަށް ސަނާ ކިޔަންޏާ މަޤާމުގައި ހުރެވިދާނެ !

  8. ޝާހް، ރ.ވާދޫ

    އާތިފާ ، ތިފަދަ ބޮޑެތި މަޝްރޫއުތައް މިނިވަންކަމާއެކު ދެފުއް ފެނިގެން ކުރިޔަށް ގެންދާނަމަ، ތިބުނިހެން ހިތާމަކަށް ކަންބޮޑުވާކަށް ނުޖެހޭނެދޯ. އެހެނަ ނޫނަސް މިހާރު މިއޮތީ މީހެއް ކުއްވެރި ކުރުމުގެ، އެމީހަކު ބޭރުކުރުމުގެ ޕްލޭނެއް ފެށިފަ. އެހެންވީމަ މިހާރު ތިކަހަލަ ނިކަންގިނަ ސިޓީ އެބުނާމީހެއްގެ އޮފީހުން ލިބޭނެ.

  9. ބަރުގޮނު

    ނައިފަރުގައި ތަރައްޤީ ކުރަމުން "ގެންދާ" ހައުސިންގ ޔްނިޓް ފެނޭތޯ ރަށްވަށައި އެތައް ބުރެއް ޖެހިއިރުވެސް ނުފެނުނު. އަޅެ އެކޮއި އެޔްނިޓްތައް ތަރައްޤީ ކުރަމުން "ގެންދާ" ހިސާބެއް އަންގާލަ ދިންނަމަ......

  10. ޢަނިލް

    ޢާރިފާ އަކީ ތިކަމުގެ އެއްވެސް ތަޖުރިބާއެއް އަދި އިލްމެއް ހިލްމެއް ހުރިމީހެއް ނޫން ފުރަތަމް ރިވެތި އަޙްލަގް އަދި އެހެން މީހުންނަށް އިހްތިޜާމްކުރަން ދަސްކުރުން މުހިންމު. އަދި ބޭފުޅުވެފަ ތި އުޅެނީ ޗާޕްކާނާހަދާގެން ކުރީ މައުމޫން ދައުރުގައި ދައުލަތް ބަނޑު އެޅުމުން ބޭފުޅު ވީތޯ ކަމަނާ ފުޅު ތިޔަ މިނިސްޓްރީއިން އިސްތިއުފާ ދީފައި ވަޑައިގަނަނަވާ މީ ރައްޔިތުންނައް ސާފް ބޭފުޅު ހިސްޓރީ އަދި ތީ އެއްވެސް އަގެއް ހުރި ބައެއްނޫން