ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް ބޮޑަށް ފިރިހެންވާން އެބަޖެހޭ ކަމަށް ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކަން އަދާކުރެއްވި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާރު ފެނިގެންދަނީ ހުރިހާ ކަމެއް މަސްހުނިވެގެން ގޮސް، ކަންތައްތައް ބޮއްސުންލައިގެންދާ މަންޒަރު ކަމަށާއި، ޤައުމުގައި އަބަދު ސިޔާސީ ހަމަނުޖެހުމާއި، ހަލަބޮލިކަން އޮންނަތަން ދެކެން ޕްރޮގްރެސިވް ކޯލިޝަނުން ބޭނުންނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ 5 އަހަރުގެ ދައުރު ފުރިހަމަވާން. އެކަމަކު ރައީސް އެބަޖެހޭ ވެރިކަން ކުރެއްވުމުގައި ހުންނަން ޖެހޭ އިޙްތިޔާރާއި، ބާރުތައް ބޭނުންކުރައްވަން. އެކަމަކު އެކަންތައްތައް ނުކުރައްވާ، އެ ކަންތައް ކުރެއްވުމުގެ ފިރިހެންވަންތަކަން ނެތި ގޮސްގެން، އަތުން ބޮއްސުންލައިގެން، އެހެން މީހުން ރައީސް ކުރައްވަން ޖެހޭ ހުރިހާ ކަމެއް ކުރައްވަން. އެއީ ރަނގަޅު ކަމަކަށް ނުވާނެ. ޤައުމުގެ މަސްލަހަތު އެބަޖެހޭ އިސްކުރައްވަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޤައުމު ހަމަ މަގަށް އެޅުވުމަށް ރައީސުލްޖުމްހޫރިއްޔާ "ވަރަށް ފިރިހެން ވެގެން" ވެރިއެއް އަދާކުރައްވަން ޖެހޭ ޒިންމާ އަދާކޮށްގެން ރައްޔިތުންނާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް އާދަމް ޝަރީފް މިއަދުގެ ނޫސް ކޮންފަރެންސުގައި ގޮވާލެއްވިއެވެ.

ތަހުޒީބު ވެރިކަމަކަށް އެންމެ ބޭނުންވާ ކަމަކީ ބާރުތައް ވަކިވެގެން، ކޮންމެ ބަޔަކުވެސް އެބަޔަކަށް އޮންނަ އިހުތިސާސާއި އިމުގެ ތެރެއިން މަސައްކަތް ކުރެވުން ކަމަށް ފާހަގަކުރައްވަމުން، އާދަމް ޝަރީފް ވިދާޅުވީ، "އޭގެ ބަދަލުގައި މިއަދު އަޅުގަނޑުމެންނަށް ފެނެނީ ހުރިހާ ކަމެއް މަސްހުނިވެގެން، އެކަކު ކުރަންވީ ކަމެއް އަނެކަކަށް ނޭނގި، މުޅި ދަޢުލަތް ފުނޑިގެންދާ ތަން. މިގޮތަށް ކަންތައްތައް ދިމާވުމުން ޤައުމުގެ އިޤްތިސާދު ހަލާކުވާނެ. ވެރިޔަކަށް ދޭން ޖެހޭ އިޙުތިރާމްވެސް ގެއްލިގެންދާނެ. އަޅުގަނޑުމެން ބޭނުންވާ ތަރައްޤީއެއް، ކުރިއެރުމެއްވެސް ނުލިބޭނެ."

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަތްދޮޅީގެ ވެރިޔާ

    ފިރިހެންވެގެން ދެއްތޯ ދަތްދޮޅި ދުއްވާލަންބުނީ.... ލަދުގެ ކުނޑިފުކެއްވެސް ހަމަނެތީތާ

    4
    31
  2. ޙފ

    އަންހެން ދުޅާ ނުވާަށެވެ.

  3. ނާސިފް

    އާދަމް ސަރީފުގެ އަންހެން ދުޅާކަމެއް ހުންނަކަން އަދި މި އިނގުނީ

    2
    8
  4. Anonymous

    އެމްޑީއެން އަކީ އެމްޑީޕީ އެމްޑިޕީ އަކީ ސަރުކާރު - ދެންވާނެގޮތް ވިސްނަވާ

    9
    2
  5. ކާސިމްފުޅު

    އެމްޑީއެން އަކީ އެމްޑީޕީ، އެމްޑީޕީއަކީ ސަރުކާރު. ދެންވާނެގޮތް ވިސްނަވާ

    8
    2