މަގާމުގެ ނުފޫޒު ބޭނުންކުުރުމާއި، ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ސަސްޕެންޑުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން ބައެއް ބޭފުޅުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ދުވަސްކޮޅަކަށް ފަހު އެބޭފުޅުން އަލުން ވަޒީފާ އަށް ނެރެފައިވެއެވެ.

ޒީރޯ ޓޮލެރެންސްގެ ސިޔާސަތުގެ ދަށުން ސަސްޕެންޑުކުރި ބޭފުޅުންގެ ތެރޭގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި، މޯލްޑިވް ގޭސްހުގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމްވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ޝަޒައިލް އަދިވެސް ހުންނެވީ ސަސްޕެންޝަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އިމްރާން

  ސަސްޕެންޑް، ހައްޔަރު. މީ ކޮން ވާހަކައެއް

 2. ދޫުރިޔަމް

  ޖިންސީ ފުރައްސާރަ އެއް ވެއްޖެއްޔާ މި ސަރުކާރުން އަވަހަށް ދޫކޮށްލާނެ. ހޯރަ އިއްބެވެސް ދޫކޮށްލީ މިސަރުކާރުން

 3. ފާތުން

  އެއީ ޒާތީ ގޮތުން ބަޔަކު ދައްކާ ހަޤީޤަތާ ހިލާފު ވާހަކަތަކެއް.

 4. Anonymous

  ހަމަ އެކަނި ނަމެއްގަ ކުރާ ކަމެއްތިއީ.

 5. 19 ނަވާރަ

  19 ތަފާތުވާނެ ސަސްޕެންޝަން ސަރުކާރާ ދެކޮޅުވީމަ ތިކަން ތިވަނީ