ފަހުގެ ތާރީޙުގައި ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު ވައްކަން ކަމުގައިވާ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީގެ) ހިޔާނާތާއި ގުޅުންހުރި އެންމެންގެ ނަންތައް ހާމަކުރާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތައް މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ވެސް ފަނޑިޔާރުން އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ވެސް އެބަ ތިއްބެވި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވެފައި ވާއިރު މިއަދުގެ ކޮމިޓީ ބައްދަލުވުން ވަކި ހިސާބަކުން ކުރިއަށް ގެންދިޔައީ މީޑިއާތަކަށް ސިއްރުކޮށްގެންނެވެ. މިކޮމިޓީ ސިއްރުކުރަން މެންބަރުންގެ ތެރޭގައި ޔައުގޫބު ވެސް ތާއީދު ކުރައްވާފައިވެއެވެ. މިކަމާއި ގިނަ ފަރާތްތަކުން މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައި މެމްބަރު ޔައުގޫބު ވިދާޅުވީ ކޮމިޓީ ސިއްރުކުރަން ހުށަހެޅީ އެމްއެމްޕީއާރްސީގެ ވައްކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަންތައް ސިއްރުކުރަން ނޫން ކަމަށާއި އެއީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާތީ އެކަމަށް އެއްވެސް ހުރަހެއް ނޭޅުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް އެކަމުގައި ހިމެނޭ ފަރާތެއް ސިއްރެއް ނުކުރާނަން. ހުރިހާ އެންމެންގެ ނަން ހާމަކުރާނަން. ޖަވާބުދާރީވާނަން" ޔައުގޫބު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓާއި ގުޅިގެން ވާހަކަދައްކާފައެވެ. މިގޮތުން މި ހިޔާނާތުގެ މައްސަލާގެ ތަހުގީގުން އެނގިފައިވާ ގޮތުގައި 77 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހެއެވެ.

އޭސީސީން އާއްމުކުރި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި 57 ރަށެއް ނުއަގުގައި ގަވާއިދާއި ޚިލާފަށް ވިއްކާފައިވާ ކަން ފާހަގަކޮށްފައިވާއިރު ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12 މިލިއަން ޑޮލަރެވެ.

އެހެން ނަމަވެސް މިހައިތަނަށް ދައުލަތަށް ލިބިފައިވާ 12 މިލިއަން ޑޮލަރަކީ އެކި މިންވަރުން އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ފައިސާކަން މިއަދު ހުށައަޅައިފައިވާ ރިޕޯޓުން ހާމަވެގެން ދިޔައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝަހިންދާ މާމޭ

    ދެން ޔައުޤޫބު މިހުރިހާ ދުވަހުޔާ މަޖިލިސް ކެމްޕޭންތެރޭގަ ކެނޑީ ކޮންހާ ފޮންޠެއްތަ. ކަމަކާ ޖެހުނީމަ ތިހިރީމީހާގެ ފެންވަރު ފެނިފަ. ދެން ކަލޭމެން ގަޔާވާ މީހުންގެ ނަންތައް އުނިކޮށް އެމީހުން ހުދުފޮތިކޮޅަކަށް ހަދާފަ ކަލޭމެން ގަޔާނުވާ މީހުންގެ ވާހަކަ ދައްކާނީ. ތިއަނބުރާ ގޭސްގަނޑު އެބަ އނެގޭ ރައްޔިތުންނަށް.

    4
    1
  2. ކިޔުންތެރިޔާ

    ތިއީ މެމްބަރުކަމަށް ހޮވުނީމާ އެންމެ ގާތުގައި އުޅުނު މީހުންވެސް ފައްސާލި މީހާ ފައިސާގެ ދަހިވެތި ކަމުގައި. ތިވަރު ބޮޑު ޚިޔާނާތްތެރިއެއް ހުންނާނެތަ؟ ޖަވާބުދާރީ ވާނަމޭ ކިޔައިގެން ވާހަކަ ނުދައްކާ!!

    5
    1
  3. ހުސޭނުބޭ

    ހެޔޮނުވާނެ! މި މަރުމޯލަށް އެއިން އެތިކޮޅެއް ދީ! އޭރުން ދާދި ފަސޭހައިން މައިތިރިވެދާނެ! ކެކެކެކެކެކެކެކެކެކެކެ

    5
    1
  4. ގައްމު

    ކަލޭމެން ކުޅެމުން ތިދާގޭމާ ތިހަދާދޮގާ ތިއެއްޗެހި ގަބޫލުކުރަނީ މިހާރު މިގައްމުގެ ވަރައްމަދު ބައެއް އެބާވެސް ދެންދާނީ މަދުވަމުން

    4
    1
  5. ހިސެން

    ތީ އެންމެނައް އެންގޭ ބޮޑު ސިއްރެއް، ނަންވާނީ ރ.ޔާމިން. ތިކަންވެސް ނިމިގެންދާނީ މޑނ އަށް ފިޔަވަޅު އަޅާ އުސޫލްން. ހުސްލަންޑާ ކަނީ ފެހި.

    2
    1
  6. ނުރަބޯ

    އަހަރެމެން މިތިބީ ބަލަން. ތިބައިގަނޑުގެ ތެރެއިން 1 ނަންވެސް ހާމަކުރޭތޯ

    3
    1
  7. އެންދެރި

    ތަަހުގީގު ބޭނުންނުވާ ހާމަ މައްސަލަ އެކެވެ. ވަކި ބަޔަކު ސަލާމަތް ކުރަން އުޅެނީ އެވެ .

    2
    1
  8. ބެއްޔާ

    ނުކެރޭނެ. ގިނައީ ޕާޓީގެ އިސްބޭފުޅުން އޭގެތެރޭގައި ދުއާދެންނެވި އިބޫވެސް ހިމެނޭ. ނުރުހުންވާ މީޙުންގެ ނަންތައް ހާމަކުރެވިދާނެ. އެމްޑީއެންގެ ބޭފުޅުންގެ ނަންތައް ހާމަކޮށްބަލަ. މާތާހިރުވާނެ. ލާދީނީވެގެން ފޯކަސް ބަދަލުކުރުވަންނޫޅޭ. މަޖްލިހުގެ ރައީސްގެ ނަންވެސް ލާދީނީ ލިސްޓުގައި ހިމަނާތި ކެރެންޏާ

    3
    1
  9. ހުވަދޫމީހާ

    ޔައުގޫބުއަކީ އެއްވެސް ކަމެއް އޭނައަށް ފައިދާނެތި ކުރާނެ މީހެއް ނޫން. މީހުންގެ ތެރޭގައި ވަރަށް ރަގަޅުމީހެއް ކަމަށް ހެދިގެން ހުންނާނީ. އެކަމަކު ވަރަށް މަކަރުވެރިވާނެ. އަބަދުވެސް ބަލާނީ ކޮންމެވެސް ގޮތަކުން ފައިސާ ގަޑެއް ލިބޭތޯ.

    3
    1
  10. ހުވަދޫމީހާ

    މިހާރުވެސް އެ އުޅެނީ ފަޅާ އަރުވާލާނަމޭ ކިޔައިގެން ރުފިޔާ ކޮޅެއް ހޯދަން. ބަންނަމުންދާ ދޯނި އަވަހަށް ނިންމޭތޯ ބަލަން.

    4
    1