މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) މައްސަލާގައި އެޖަމިއްޔާއާ ދެކޮޅަށް ރ. އަނގޮޅިތީމުގައި މުޒާހަރާ ކޮށް އަޑުއުފުލި މީހުން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މުޒާހަރާގައި ބައިވެރިވި 7 މީހަކަށް މިހައިތަނަށް ވަނީ ޗިޓު ފޮނުވާފައެވެ.

އެމީހުން ހާޒިރުވާން އަންގާފައި ވަނީ މި މަހުގެ 23ވަނަ ދުވަހު ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށެވެ.

އެމީހުންނަށް ފޮނުވި ޗިޓުގައި ހާޒިރު ކުރާ ސަބަބެއް ކަމުގައި ބުނެފައި ވަނީ އަނގޮޅިތީމުގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން ޝަހިންދާ މަރާލުމަށް ގޮވާލާފައި ވާތީ ކަމަށް ބުނެފައި ވެއެވެ.

މި މަހުގެ 18 ވަނަ ދުވަހު އެރަށުގައި ބޭއްވުނު މުޒާހަރާ އެއްގައި ވަނީ ވަކި މީހެއްގެ ނަން ނުކިޔައި "ލާދީނީ" މީހުން އަންދާލަން ގޮވާލައި އަޑު އުފުލާފައެވެ. އަދި ބައެއް މީހުން ޝަހިންދާ އިސްމާއިލް މަރާލުމަށް ގޮވާލައި އަޑު އުފުލާފައިވެސް ވެއެވެ.

މީސް މީޑީއާގައި އާއްމު ވެފައިވާ ވީޑިއޯ އިން އެގޮތަށް ގޮވި މީހުން ވަކި ކުރާކަށް ނޭނގެއެވެ. ބައެއް މީހުން ވަނީ އެއީ އެޑިޓް ކޮށްފައިވާ ވީޑިއޯ އެއް ކަމަށްވެސް ތުހުމަތު ކޮށްފައެވެ.

އަނގޮޅިތީމު ކައުންސިލްގެ ރައީސް ވިދާޅުވީ މުޒާހަރާގެ ތެރެއިން އެގޮތަށް ގޮވީ މީހަކު މަރާލުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ރަސޫލާ އަށް ފުރައްސާރަ ކުރުމުން އެކަމާއި މެދު ނުރުހޭ ވަރު ސަރުކާރަށް ދައްކަން ކުރި ކަމެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި ސާފު ބަހުން އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައި ވާއިރުވެސް، ފުލުހުން މިހާރު ދަނީ އެ ރިޕޯޓު އިލްމުވެރިންގެ އެހީތެރިކަމާއި އެކު ދިރާސާކޮށް، ރިޕޯޓެއް އެކުލަވާލަމުން ކަމަށް ރޭ ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެމްޑީއެން އާއި ދެކޮޅަށް މުޒާހަރާ ކުރި މީހުންގެ ތެރެއިން ބަޔަކު ފުލުހަށް ހާޒިރުވާން މި އެންގީ މުޒާހަރާގެ ތެރެއިން ލާދީނީ މީހުން އަންދާލަން ގޮވައިލި މީހުން ފުލުހަށް ހާޒިރު ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ހޯމް މިނިސްޓާ ޝެއިހް އިމްރާން އަބްދުﷲ އަށް ނެތް ކަމަށް ރޭ ވިދާޅުވެފައި ވަނިކޮށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ފުއްކޭ

  ނުޖެހޭ ހާޒިރުވާ ކަށް އަމިއްލަ އަށް ފުރަތަމަ ކކކކަލޭމެން ކޮށްގެން ތިބި ހުވާގަ އޮތް އެއްޗެއް ބަލާބަލަ ތިތިބީ މަގުފުރެދިފަ ހޭއަރާބަލަނި ކަން.

  216
  8
 2. ކިބޫ

  ޖަމުއްޔާ ބަންދުކުރަން ރައްޔިތުން ގޮވަނީ އަދިވެސް ސަހިއްދާ ފުލުސް އޮފީހައް ހާޒިރެއް ނުކުރެވޭ. އެކަމަކު ނިކަމެތި މީހާ ރާސްޓަސް

  362
  2
  • އިބްރާހީމު

   އެޖެންޑާ 19 ތަފާތުވާނެ.

   305
   2
 3. ޟމ

  އެއްވެސް މީހަކު މަރަން ގިވައިގެން ނުވާނެ، ކަންކަން ހައްލުނުވެ ދިގުލައިގެން ދާނަމަ ކަންކަން ދާނީ ގޯހުން ގޯހަށް، އަދި ކިތަންމެ ލަސްކުރިޔަސް ތިޔަކަން ނިމެންވާނީ އިސްލާމް ދީނާ އެއްކޮޅަށް

  150
  3
 4. ބިންގޯ

  މުޒާހަރާގަ ބައިވެރިވި އެންމެން ގޮސް ޕޮލިސް ސްޓޭސަން އަށްވަދެބަލަ.

  172
  3
 5. ހުސޭނުބޭ

  ރިޕޯރޓްއެކުލަވާލަނީ ރައިސްނަސީދު އޭނަތަރުޖަމާކުރާއިރު އެއްވެސް މައްސަލައެއްނޯންނާނެ ދެން އަދަބުލިބޭނީ ބަސްބުނި ނިކަމެތިންނަށް

  149
  4
 6. ޖިންނި

  ލާދީނީ ސީޕީ އިސްތިއުފާ

  26
  1
 7. ގަމާރާ

  އިލްމީ ދިރާސާއޭ ތިކިޔަނީ ކޮން ބަޔަކު އޮޅުވަން ދިގު ދައްމަން ފިޔަވަޅު ނާޅަން ވެގެން. ގާނޫނު އަސާސީ ދަމަހައްޓާ. ކަލޭމެން ފިޔަވަޅު އެޅިނަމަ ގާނޫނުއަސާސީގެ ދިފާއުގައި ބަޔަކު މުޒާހަރާ ނުކުރީސް. މައްސަލައިގެ މުގުލުން ފަށާ ބީތާ ނުވެ

  16
 8. ކޭފޯ

  އަހަރުން އެދޭ ސަރުކާރެއްގައި ތި ރައްޔިތުންނަށް އަނިޔާދޭ ފަރާތްތަކުގެ މައްސަލަ ބަލާނެކަން ހަނދާނުގައި ބަހައްޓައިގެން ފިޔަވަޅު އަޅާތި.

  16
 9. Anonymous

  ފުލުހައް ހާޒިރު ކުރާނެ ކަމެއްނެތް، ކަލޭމެންނާ ދެ ކޮޅު ހުރިހާ ރައްޔިތުން ކަނޑުފައްތާލަންވީނުން، މި ދިވެހި އުއްމަތަށް ފަހުގެ ތާރީޚެއްގަވެސް މިފަދަ ބޮޑު މުޞީބާތެއް ދިމާވި ކަމެއްނޭނގެ، އަހަރުމެންނަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަ ކީ މާތްﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުން،

  21
  1
 10. ޙައުލާ

  މުޒާހަރާކުރުން މަނާ. އިސްލާމްދީނުގެ ދިފާއުގައު ވާހަކަ ދެއްކުން މަނާ. މި ކިހާބޮޑު އުނދަގުލެއް. މިމީހުން ގާނޫނުތައް އޮޅާ ޖަހައިފި. ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފި.

  13
 11. ޣގގގ

  ކަލޭމެން ތިހެން ތިކިޔަނީ ކޮން ގާނޫނެއްގެ ދަށުންތަ؟ މިއޮތީ ބޮޑު ނޮހޮރުއްޮާނެއްކަހަލަ ސަރުކާރެއް ގެނެސްފަ. މި މުސީބާތުން ކޮންއިރަކުންބާ ސަލާމަތްވާނީ

  12
 12. ހުސޭނުބޭ

  ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރަރިޒަމެވެ. ވަޅިން ބިރުނުދެއްކިއަސް ފުލުހުން މިހާރު ތި ހިންގަނީ ހަމަ ސީދާ ޓެރަރިޒަމެވެ. ވީމާ ރާއްޖޭގައި ޓެރަރިޒަމް ހިންގާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ފުލުހުން ހިމެނޭނެއެވެ.

  12
  1
 13. އުގޭލު

  އެއްވެސް ކުއްޖަކު އެއްބަސް ނުވާތި އެއުޅެނީ ބިރުދައްކަން އެއްކަމެއްވެސް ނުކުރެވޭނެ. ހަމަ މުޒާހަރާ ކުރަންވީ އަދިވެސް

  13
 14. Alibe

  ތިޔަ ކުޅެނީ ދިވެހިންގެ ލެޔާ

  10
  1
 15. ކާފަ

  ޙުރިހަެި އިސްލާމުން އެކަތި ގަނޑަކަށްވޭ އެހެންނޫނީ އެންމެން ނެތިގެންދާނެ

  12
  1
 16. Anonymous

  ތިހުރިހާ ކަންތަކުން ސަލާމަތްވާނެ ފުރުސަތެއް މިއޮތީލިބިފަ ބޭނުންނަމަ އެމްޑީޕީގެ އިންތިހާބުން ކަޓުވާލަންވީ އެމްޑިއެންގެ މައްސަލަ ބަލަން ފަސޭހަވާނެ އަދިވެރިކަން ކުރަންވެސް އޭރުން 2023 ވެސްލިބޭނެ
  ނޫނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްނުލިބޭނެ ވާދަކޮއްއެތެރެއާ މީގެކުރިން 2018 ފެނުނީ ބޭބެ ކޮއްކޮއެއްގެ ވެރިކަން ވައްޓާލަން ކުރިމަސައްކައްތައް ކުރީގެ ރައީސުކަން ކޮއްފަ ތިބޭމީހުން ނައްއުދަގޫ ކަމަކައްވާނެ ބަލަން ދުރުގަ ތިބެން. ވަހީދުނޫނީ

 17. ލޮލް

  ޝަހިންދާ އޭ ބުނީމަ ހާދަ ވަރެކޭދޯ މިވަނީ ސަރުކާރަށް. ހެއްދެވި ފަރާތަށާއި މި އުންމަތުގެ ރަސޫލާ އަށް ހަޖޫ ޖެހުމުން އޯކޭ ދޯ ސަރުކާރަށް. ދީނުގަ ވެސް އޮންނަނީ ރަޖަމުކުރަން

  11
  1
 18. އެންދެރި

  ދީނައް ފުރައްސާރަ ކުރާ މީހުންނަށް ދީނުގަ އޮންނަ ހުކުމް ކިޔާ ދީ ބަލާށެވެ .

  11
  1
 19. އާމިރު

  މުޒާހަރާ ވެސް ކުރަންވީ..ލަނދެއްގެ ތަން ފުކެއްވެސް ނެތް ، މާތް ވެގެންވާ އިސްލާމް ދީނަށާއި ރަސޫލާޔަށް ފުރައްސާރަ ކޮއް ވާހަކަ ދެއްކި މީިހުން ހައްޔަރު ނުކޮއް، އެކަމާ ދެކޮލަށް ވާހަކަ ދައްކާ މީހުން ހިފާ ހައްޔަރު ކޮއް އެމީހުންގެ އަބިދަރިން އެކަހެރިކޮށް ނިކަމެތި މިއަދު މިދުނިޔޭގާ ކޮއްލެވި ދާނެ..އަދި އެހެން ދުވަހެއް އެއް އޮތްކަން ވިސްނާތި،،އެ ދުވަހުން ސަލާމަތެއް ނުވާނެ،،ގިޔާމަތް އެއީ ވާނެ ދުވަހެއް ވިސްނާތި...ފުލުހުން ވަނީ ފެއިލް ވެފައި ، އިސްލާމް ދީނަށް ފުރައްސާރަ ކޮއް ހެދިމީހުން ހައްޔަރު ނުކޮށް ،އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހުން ހައްޔަރު ކުރަން ގޮވާލި ހިއްވަރު ގަދަ ޒުވާނާ ޝައްމާނު ވަނީ މި ފެއިލް ވެފައިވާ ފުލުހުން ހައްޔަރު ކޮއްފައި..ދިވެހި ގައުމަށާއި ދިވެހި އުއްމަތް އަދި އިސްލާމް ދީން ދިފާއުގަ ހުވާ ކޮއްގެން ތިބި ދިވެހި ފުލުހުންނޭ ކިޔާތި ލަދުގަނޭ...

  14
 20. ހަސަނު

  އަޅުގަޑުމެން މި ދުއާކުރަނީ ތިލާދީނީ ބައިގަޑު އަވަހަށް ނިކަމެތި ކުރައްވާތޯ

  15
 21. ޢަހުމަދު

  އެެއްވެސް މީހަކު ބިރުގަންނާނެކަމެއްނެތް. ދިވެހި ގިނަ ރައްޔިތުންތިބީ ތިޔަބޭފުޅުންނާއި އެކު...

  15
  1
 22. އެންދެރި

  ރަށެއްގަ މުޒާހަރާ އަށް 100 މީހުން ނިކުތަސް ހައްޔަރު ނުކުރެވޭނެ އެވެ. މުރުތައްދުވުމަކީ ކޮބާކަން ރައްޔިތުންނަށް އެނގެން ޖެހެ އެވެ .

  16
 23. Anonymous

  ނުޖެހޭނެ އެކަކުވެސް ދާކައް.

  14
  1
 24. އާބިދާ

  ފުލުހުންވެސް ލާދީނީ މީހުންގެ ދިފާއުގައި......!!!

  14
 25. ބުރޯ

  އަނގޮޅިތީމު މީހުން ބިރެއް ނުގަނޭ، ނިކުތީ ޞުލްޙަވެރި މުޒާހަރާއެއްގަ....މީތި ހަޑިކޮށް ސިޔާސީކުރީ އެމް.ޑީ.އެން ގެ ސަޕޯޓަރުންނާއި ކެރަފާ އަންނި ވީޑިއޯ އެޑިޓްކޮށްގެންނާއި ގޭސް އަނބުރައިގެން......އިންޝާﷲ އެއްކަމެއްވެސް ނުކުރެވޭނެ. އަހަރެމެން އީމާންވަނީ މުޅި ކާއިނާތުގެ ވެރި އެއްކައުވަންތަ ﷲ އަށް......އަހަރެމެންނަށް ﷲ ފުދެއެވެ.

  12
 26. ކަމަނަހުސޭނު

  ފުރަތަމަ ނަޝީދު ހައްޔަރުކޮށް ސުވާލުކޮށްބަލަ، ޤުރުއާނާއި ހަދީސް ނޫން އެއްޗެއް ހޯދަން ގޮވީ އޭނަ، ފުލުހުން ގައިގަ ތަޅަން ގޮވީ އޭނަ...................އަނގޮޅިތީމު ރަތްޔިތުންނަކީ ހީރޯއިން...ސާބަސް އަނގޮޅިތީމުގެ ހިތްވަރުގަދަ ރަތްޔިތުން.................................މުޅި ދިވެހިރާއްޖެ މިއޮތީ ތިބޭފުޅުންނާ އެކު..........................

  11
 27. ބާބޫ

  ފުލުހުން އެމީހުން ހާޟިރުކުރަން ލަދު ގަންނަން ޖެހޭނެ، ލާދީނީ މުރުތައްދުންނާ ދެކޮޅަށް އަޑުއުފުލި މީހުން ހައްޔަރު. ލާދީނީން ސަރުކާރުގެ މަތިފަޑީގަ...............

 28. ނަޝާ

  ފުރަތަމަ ސަހިންދާ ދައިތަގަނޑު ހައްޔަރުކުރޭ

 29. ކަބަރޭ

  މީގެން ދޭހަވަނީ ސަރުކާރުން ވެސް މި ރާއްޖެ ލާދީނީ ކުރަން ބޭނުންވާކަން.................އިއްޔެއާ ހަމައަށް މަށަކީ އެޕް.ޑީ.ޕީ މީހަކޫ، އެކަމް މިހާރު މި ޖެއްސީ ދެކޮޅަށް ސީދާ................

 30. ސަބުލު

  މިރާއްޖެއަކީ އަބަދުގެ އަބަދަށް އިސްލާމް ޤައުމެއްކަކުގައި ލައްވާ.އިސްލާމްދީނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ހެޔޮވިސްނުން ދެއްވާށި.އާމީން

 31. މުސްލިމް

  ދެން އަންގަފާނެ އިސްލާމްދީނަށް އަމަލުރާތީ ފުލުހަށް ހާޒިރުވާން
  ނާމާދުކުރާތީ އަޅުކަންކުރާތީ