މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މާލީ މަންފާ ހޯދިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 31 އަހަރުގެ ފިރިހެން ފުލުހެއް ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ދަނީ ކުރަމުންނެވެ. އަދި އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ވެސް ތަހުގީގު ކުރަމުން އަންނަ ކަަަމަަަށްް ފުލުހުން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނުފޫޒުމީހާ

  މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައްޔަރުކުރާނަމަ ފުރަތަމަ ހައްޔަރު ކުރަންވީ އެމްސީ ހަމީދު. ވެރިޔާ އިސްލާހުކޮށްގެން ނޫނީ އެހެން ބަޔަކު އިސްލާހެއް ނުވާނެ.

  19
  • ސަޓޯ

   ޕޮލިސްގަ އިންނަގޮތަކީ މަގާމުގެ ނުފޫޒު ބޭނުންކުރި ވަރަކަށް ބޮޑެތި ޕުރޮމޯޝަންތައް ލިބެނީ އަވަހަށް ކުރި އަރާނީދޯ ؟؟؟ ލޮލް

 2. ސަޓޯ

  މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އެމް.ސީ ހަމީދު އާއި ޑީސީޕީ މަންނާނު ވަޒީފާއިން ވަކިކުރީ... އެކަމަކު މިހާރު އެހުރީ ސީޕީ އާއި ޑީސީޕީކަންދީފަ ހައްޔަރެއްވެސް ނުކުރޭ... އާދައިގެ މުއައްޒިފެއްވީމާ ވަގުތުން ހައްޔާރު ؟؟ އަޖައިބެއްނު ؟؟