ޖުމްހޫރީ ޕާޓީއާއި މެންބަރުން ގުޅިވަޑައިގަތުމަކީ ކަންބޮޑުވަންޖެހޭ ކަމެއް ނޫން ކަމަށާއި ކޮންމެ ފަރާތަކުން ޕާޓީއަށް ވަން ކަމުގައި ވިޔަސް އެ ފަރާތަށް މަރުހަބާ ކިޔާން ނުޖެހޭނޭ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓު މިނިސްޓަރު، އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންވާހަކަފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ ޖޭޕީއަށް މެންބަރުން ވަނުމަކީ އެހެން ޕާޓީތަކުން ކަންބޮޑުވަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެޕާޓީން މިއަދު ވެސް ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިމާޔަތް ކުރުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ނަހުލާ ވިދާޅުވީ ގުޅިވަޑައިގަންނަވާ އެކި އެކި ފަރާތްތަކަށް ޕާޓީގެ ފަރާތުން މަރުހަބާ ކިޔާން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި އެއީ ކުރާން ޖެހޭ ކަމެއް ކަމަށާއި އެކަމުގައި މައްސަލައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކުރީން ތިއްބެވި ބައެއް ބޭފުޅުން ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަމުން ގެންދަވާތީ އެކަމާއި ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ އެންމެ ބޮޑަށް ފާޑި ކިޔާ އަޑު އުފުލަމުން ދިޔައީ ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީ އިންނެވެ. އެމްޑީޕީއިން ބަނަމުން އަންނަނީ ޖޭޕީއަށް ކުނި ޖަމާވަމުންދާ ކަމަށާއި އިދިކޮޅުގައި ތިއްބެވި ފަރާތްތައް އެޕާޓީއަށް ޖަމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލައާ ގުޅިގެން ޖޭޕީ، ކޯލިޝަނުން ވަކިކުރުމަށް ވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ގޮވާލާފަ އެވެ.

މި ކަމާ ގުޅޭ ގޮތުން، މިނިސްޓަރު ނަހުލާ ވިދާޅުވީ، މީހަކަށް ނުވަތަ ބަޔަކަށް ރަނގަޅު ނޫން ގޮތަކަށް އުޅެވިފައި ވާނަމަ ނުތަތަ ރަނގަޅު ނޫން ކަމެއް ކުރެވިފައި އޮތުމަކީ އެކަން އަބަދު ހިތުލައިގެން އުޅެން ޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އަބަދަށް މައާފު ނުލިބެންވީ ސަބަބެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެއްޔާ

    އިންކަމް ޓެކްސް ނަގަން ނުޖެހޭ ސަބަބެއް ނަހޫ ބުނެބަލަ.
    އިންކަމް ޓެކްސް ހުރިހާ ރައްޔިތުންގެ އަތުން އެއްވަރަކަށް ނަގަންޖެހޭ ސަބަބެއް ނަހޫ ބުނެބަލަ.
    ހުރިހާ ރައްޔިތުންނަށް އެއްވަރަކަށް ސަރުކާރުން ފަޅުރައްރަށާއި ފަޅުތަކާއި ލޯނުތަކާއި ގެރެންޓީ ނުދެވެންވީ ސަބަބެއް ނަހޫ ބުނެބަލަ.
    އަދި ނަގާފައިވާ ލޯނު އަނބުރާ ދައްކަންނުޖެހޭ ސަބަބު ނަހޫ ބުނެބަލަ. ނޭގެންޏާ ފިރިކަލުން އަރިހުން ސާފުކޮށްދީބަލަ.

  2. Anonymous

    ގާސިމް ދަންނަންތަ ދައްޔޫދުން؟ ނޭނގެންޏާ އިސްލާމީ އިލްމު އުނގެނިގެން ހުންނެވި ބޭފުޅެއް އަރިހުން އަހާލަބަލަ.

  3. މިއަދު

    ނަހުލާގެ ތިބުނުން ޤަބޫލުކުރަން ވ ދަތި އަތްމައްޗަށް ކުޑަޕަވަރއެއް ލިބުމުން ތިހިރީ މުއައްޒަފުންނަށް ހަދާލިގޮތް ސީދާ ޕަވަރއެއްލިބިއްޖެނަމަ ދެންވާނެގޮތް ނަހުލާގެ ތިޢަމަލުން ފެނި އެނގި ދަސްވެއްޖެ ދެންވާ ޖޭޕީއަށް ސަލާމް ނަހުލާއަށް މިގައުމުގެ ޕްރެސިޑެންޓެއްގެ މެޑަމެއްގެ ދަރަޖަ ދުވަހަކުވެސް ނުދައްކަވާށި!