ކޮންމެ މީހަކުވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާނީ އަނެކާގެ މަސްލަހަތު ނުގެއްލޭގޮތަށް ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، އެ ޤައުމުގައި ތިބި ދިވެހިންނާ ބައްދަލުކޮށް، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޤާނޫނު އަސާސީން އެތައް ހައްގެއް ލިބިފައިވާ ކަމަށާއި، އެ ހައްގުތައް ކަނޑައަޅާފައި އޮތުމުގެ ބޭނުމަކީ ސުލްހަވެރިކަމާއި ހަމަޖެހުން ޤާއިމްކުރުން ކަމަށެވެ. ބޯ އެހެންކަމުން ޚިޔާލު ފާޅުކުމުގެ މިނިވަންކަން ބޭނުން ކުރާއިރު، އާންމުންގެ މަސްލަހަތު ނުގެއްލޭ ގޮތަށް އެ މިނިވަންކަން ބޭނުންކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި އުޅުނު ނަމަވެސް، މިފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި ކުދިން ތަރުވިއްޔަތުކުރުމުގައި، ވަކިން ޚާއްސަ ސަމާލުކަމެއް، މިފަދަ ކަންކަމަށް ދޭންޖެހޭ ކަމަށެވެ.

ރައީސް ޞާލިހް ޖަޕާނަށް ފުރާވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ދޭތެރޭގައި އޮންނަ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހި ކުރުމެވެ. މިއީ ޖަޕާން ސަރުކާރުގެ ދައުވަތަކަށް، ރައީސްގެ ދެކަނބަލުން އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ނަކަސް

  ޓިބޭފުޅާ މަސްލަހަތު މާނަކުރާގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ގިވާލަން

  40
 2. ޔާމިން

  ކަލެއަކައްނޭގޭނެ

  38
 3. މޫސާމަނިކް

  ކަލޭތިކާކު

  33
 4. އަސީ

  ކިހާތާހިރު މިމީހުން ހިތަ އް އެރި އެ އްޗެ އް އެހެންމީހުނަ އް ކިޔަންވީ މީހުންގެ އަބުރުކަތިލަންވީމަ
  އެކަންވެސް ކުރަންވީ ތިނެތި އެ އްކޮ އް ފިތިގެންތޯ އެމްޑީ އެން އަ އް ފިޔަވަޅުނޭޅިގެން ތިޔަ އުޅު އްވަނީ.

  42
  1
 5. ދިވެހި ދަރިއެއް

  ލާދީނީ ވާހަކަ އަށް މަރުޙަބާ ކިޔާށޭ ބުނަންވީނުން، މަސްލަހަތު ގެއްލުނަސް ދީން ހިމާޔަތް ކުރުމަށް ވާހަކަ ނުދައްކާނެ އެއްގޮތެއްވެސް ނޯންނާނެ، ވާހަކަ ކީއްކުރަން ދީނަށްޓަކައި ޖާނާއި ފުރާނައިން ޤުރުބާން ވާންވެސް ތައްޔާރު، މަރާލިޔަސް ހެޔޮ އިންޝާﷲ މިގޮތުގައި ތިބޭނީ

  38
 6. Anonymous

  ދެން ތި ބައުންޑްރީން ބޭރުވާ "ލާދީނީ" ވާހަކަތަށް ދެއްކި މީހުނަށް ފިޔަވަޅުއަޅާ މަސްލަހަތު އަނބުރާ އިޔާދަ ނުކުރެވިގެން ތިއުޅެނީ ކީއްވެގެންތަ؟ ނުކިޔަވާހުރުމުން އެކަން ކުރަން ނޭނގެނީތަ؟

  30
 7. Anonymous

  ތިކިޔަން އުޅޭ ބަނދިވަރު ނިކަން ކެރިގެން ކިޔާބަލަ! އަހަރެމެންނަށް ނިކަން ރަނގަޅަށް އެނގޭ ކަރުބުޑުގަ ތި ތާށިވެފައިއޮތް ބަސްވެސް. އެކަމަކު މިގައުމުގެ މީހުން އިސްލާމްދީނަށް ލޯބިއޮތްލެއް ބޮޑުކަމުން އަދި އެ ނުބައި ބަސް ނުބުނެވިގެން ތިއުޅެނީ. ކަލޭމެން ދެން ޖަހާނެ ލަނގިރިއަކީ، އިސްލާމްދިނާ މުސްލިމު ދިވެހިން ދުރުކުރުމާއި، ޅަދަރިންނަށް ދީނާ ދުރު ތައުލީމާ ތަރުބިއްޔަތު ސްކޫލްތައް މެދުވެރިކޮށް ފޯރުކޮށްދިނުން. ކަލޭމެން ވެރިކަމަށް އައިސްތިތިބީ ޝައިޠާނާއާ ބައިއަތު ހިފައި މިގައުމުގައި އޮތް އިސްލާމްދީން ނައްތާލުމަށްކަން އަހަރެމެން ނިކަން ދެނެތިބިން.

  31
 8. Anonymous

  ލާދީނީ ވާހަކަތައް ފާޅު ދައްކަން ފުރުސަތު ދިނުމަކީ ގައުމުގެ ހަމަޖެހުމަށް އަސަރުކުރި ކަމަކީ. ސީދާ އެކަމަށް އެޑްރެސްކުރަން ނުކެރެނީ އެ ރިޕޯޓްނެރުން އަނދިރި ދައުލަތުގެ ބާރު މާގަދަވީމަތަ؟

  29
 9. Anonymous

  ގައުމެއްގެ ރައީސްއެއްގައި ހުންނަންޖެހޭ އެއްވެސް ސިފައެއްނެތް. ފާޅުގައި ވާހަކަދައްކަން ނުކެރޭ. ފޮރުވައިގެން ބުނަންބޭނުންވާ އެތި ބާއްވާފަ ވަށައިގެންހުރި ކަންކަމުގެ ވާހަކަ ތިދައްކަނީ. ކަލޭ 4 ލައްކަ މީހުންގެ މައްޗަށް ވެރިއަކަށް އެކަށީގެންވާ މީހެއްނޫން. އަދި ފައިސާދީފަ ގަތް ވެރިކަމެއްނަމަވެސް ގާބިލް ކެރޭ ހިތްވަރުގަދަ ގާނޫނު ނަގަހައްޓާ ހައްޤަށް ވަކާލާތުކުރާ މީހެއްނަމަ އަހަރެމެން 5 އަހަރަށް ބަލައިގަނެފީމުސް. އެކަމަކު ތިއީ ހަމަ ރުކުގައި ގަނެފައިން ހުހެއް. ހޮލޯމޭންއެއް. ޖަސަދެއް. ބޭކާރު މީހެއް. ބޮޑުމުސާރައާއި ކޮންމެ ވީކެންޑެއްގައި ދުނިޔޭގެ ގައުމަކަށް ދަތުރުކޮށް މަޖާކުރަން ބަހައްޓާވަރުގެ މީހެއްނޫން.

  24
 10. Anonymous

  ގަބުޅިކަތީބު. ނިކަން ކެރިގެން ބުނެބަލަ އަހަރެމެން މިކިޔާ މަސްލަހަތަކީ ލާދީނީއަށް އާއެކޭބުނެ މަޑުން ތިބުމޭ!!! ހިޔަޅު ހިތުން ތިއީ ވެސް ވެރިއެއްދޯ..

  25
 11. Anonymous

  މަސްލަހަތާ ޑިމޮކްރަސީއާއި ވެރިކަމާ މިހުރިހާ ކަމަކީވެސް މާތްވެގެންވާ އިސްލާމްދީނަށް ފަހު އަންނަކަންކަން. ކަލޭމެން އިސްލާމްދީނަށް ހިތުހުރި އެއްޗެއްކިޔަމުންދާއިރު ހިތަކަށްނާރާތަ 100 ޕަސެންޓް މުސްލިމްގައުމެއްގައި މަސްލަހަތު އޮންނާނީ އިސްލާމްދީނަށް ހުރި ލޯތްބެއްގެ މައްޗަށް ކަމެއް؟

  25
 12. ކާފ

  މަސްލަހަތަކީ ކޮބަިތޯއެވެ. ޢަޅެ އިބޫސޯލިހް ތިބަސް މާނަކުރާގޮތް ބުެލަދީބަލަ.

  24
 13. އައްމަޑޭ މރ

  ހަމަ ތެދުފުޅެއް.. ޚިޔާލު ފާޅުކުރުމުގެ ނަމުގައި ދީނަށް ހަޖޫޖަހައި ރަސޫލާއަށް ފުރައްސާރަކޮށް... އޮލްޓަނޭޓިވް އޭކިޔައި މުޖުތަމަޢުގެ ހަމަޖެހުން ނަގާލުމަށް ފުރުސަތު ނުދެވޭނެ..

  ތިއޭ ގައުމުގެ ގިނަމީހުން މިދައްކާވާހަކައަކީވެސް.. އަދި އެދޭގޮތަކީވެސް..

  އެފަދަކަން ކަން ކޮންމެ މީހެއްކަމަށް ވިޔަސް މަޤާމާއި ހައިސިއްޔަތަށް ބެލުމެއް ނެތި ގާނޫނުއެޅެން ހުރި އެންމެ ހަރުކަށިފިޔަވަޅު އަޅުއްވާ..

  ސަކީނާވިޔަސް، މަންނިވިޔަސް، ސަފީދު ވިޔަސް، ސަކީނާވިޔަސް، ފެންހިންދާ ވިޔަސް ހެޔޮ.. މުޖުތަމުގެ ލާބަ އިސްވާނީ.. ފަރުދުންގެ ބޭނުމަށްވުރެން.. ވީއިރު ފިޔަވަޅު އަޅުއްވާ..

  21
 14. ކަނބާ

  ޚިޔާލު ފާލުކކުރަނީ މަސްލަހަތު ނުގެއްލޭ ގޮތަށެވެ. މަސްލަހަތު ގެއްލޭކަމަށް ސަރުކާރުން ފާހަގަކުރަނީ ދީނަށް ފުރައްސާރަކުރާ މީހުންނާ އިދިކޮޅަށް ޚިޔާލު ފާޅު ކުރުމެވެ. މަސްލަހަތުގެއްލެނީ ދީނަށް ފުރައްސާރަކުރާ މީހުންނާ އިދިކޮޅަށް ދައްކާ ވާހަކަ އެމްޑީއެންއަށް ތާއީދުކުރާ އެމްޑީޕީ މީހުންނަށް ހަޖަމް ނުކުރެވޭތީއެވެ.

  24
 15. މަހޭޝް

  އެއީ ކީއްވެ، މިޙަރު ތިބުނާ އެއްޗަކާ ކުރިން ބުނަމުން އައި އެއްޗާ ތަފާތުވާން ޖެހުނީ ކީއްވެ. އަދި ތީގެ އިނދިކޮޅަށް ތިބުނި ބަސް ބުނަން މާގިނަ ދުވަހެއް ނުނަގާނެ ކަމީ ކަށަވަރުކަމެއް.
  ފުރިހަމަ މުއުމިނުގެ ކިބައަކު ތިކަހަލަ ސިފައެއް ނުހުންނާނެ.

  11
 16. ހުސޭނުބޭ

  އެމްޑީއެން އުވާލަން ގޮވަންފެށީމާ ޚިޔާލުފާޅުކުރުމޭ ފަޅޮލޭ ކިޔާނެކަމެއްނެތް! ކަލެއަށް އެކަން ކުރަން ނުކުރެންޏާ އިސްތިޢުފާދީފައި ގޭގައި އޮވޭ!

  13
 17. އަބުދުލް ﷲ

  ވޭތުވެދިޔަ 7 އަހަރު ކަލޭ ދެއްކީ ކޮން މަން ޒަރެއްބާ ، ކަލޭ ތަކައް ނޭނގޭނެ ކަން ކުރަން ޖެހޭ ގޮތެއް ،އެ އައް ވުރެ ނާގާބިލު އިލް މެއް ނެއް މީހެއް ތީ

  11
 18. ކާފަ

  އިސްލާމްދީން ހަޖަމްނުވާމީހުން ދައްކާނީ މިކަހަލަވާހަކަ!

  15
 19. ކާފަ

  ނަމުން ސޯލިހް، ކަމުން ޖާހިލް، ވަރަށް ސަލާމް

  14
 20. މަރޭ މިތުރާ.

  އިސްލާމްދީނާއި ފުށުއަރާގޮތައް ޚިޔާލު ފާޅުކޮއްގެން ނުވާނެޔޭ ކަލެޔައް ނުބުނެވިގެން އުޅެނީ ކީއްވެތަ.

 21. ބުރޯ

  އިއްޒަތްތެރި ރައީސް މިއަދު ރައީސް ހިތްވަރުގަދަ ބޭފުލަކަށް ވެލައްވާ ދިވެހި ރައްޔިތުން އެދެމުންދަނީ އެމްޑީއެން އުވާލުމަށް ވީމާ އެމްޑީއެން އުވާލައްވައިގެން ހިތްވަރުގަދަ ދިވެހިރައްޔިތުންގެ ރައީސަކަށް ވެލައްވާ މިއަދު މިގައުމުގަ ފެތުރެމުންދާ ފިތުނަ ނިއްޥާލުމަށް އެމް ޑީ އެން އުވާލައްވަވާ. ނަސީދު މަސައްކަތް ކުރައްވަމުން އެގެންދަވަނި ގައުމު ހަލަބޮލިކޮށް މަނިކުފާނާ ރައްޔިތުންނާ ޖެހޭނޭ ގޮތެއްހެދުމަށް އެކަން ވިސްނަވާ ނަސިދާމެދު އަވަހަށް ފިޔަވަޅު އަޅުއްވާ .ފިސާރި ހިތްވަރުގަދަ ފިރިހެނަކަށްވެލައްވާ.

 22. ޑައެލޯގް

  އެކަމު ކިނބޫ ބުރާންޗަކަށް ނޭގުނުދޯ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު އެމްޑީޕީ ކުދިން އަނެކުންގެ ހައްގަށްވާ ގޮތަށް ހިޔާލު ފާޅުކުރިކަމެއް އަދި މަޖިލީހުގައި އަބުރުގެ ބިލުވެއްދި އިރު ކިނބޫމެން މަޖިލިސް ޖަލްސާތަކަކަށް ނުދޭ