ޖުމުހޫރީ ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓު މިނިސްޓަރު، އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ޕްރެޒެންޓަރު ނަހުލާއާއި ކުރިމަތި ކުރުވި އެއް ސުވާލަކަށް ޖަވާބު ދެމުން މިނިސްޓަރ ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ވަކިވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ޖުމުހޫރީ ޕާޓީ ނޫން ޕާޓީއަކުން ނުފެންނަންވީ ސަބަބެއް ނެތް. އެކަމަކު އަޅުގަނޑު ޖުމުހޫރީ ޕާޓީން ވަކިވާން ޖެހޭ ސަބަބެއް ވެސް ނެތް." ނަހުލާ ވިދާޅުވިއެވެ.
ވަޒީރުކަމަށް ވަޑައިގެންނެވި ގޮތާ ގުޅޭ ގޮތުން ނަހުލާ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ރައީސް ސޯލިހު ކުރީން މަޝްވަރާ ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ކުރިމަތިލައްވަނީ ކޮން މިނިސްޓްރީއަކަށް ކަން ވިދާޅުވީ ހުވައިކުރުމުގެ ރަސްމިއްޔާތުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ ކަމަށް ނަހުލާ އައްޔަނުވީ ފަހުން އެއް އަހަރު ވާން މި ވަނީ ގާތްވެފައެވެ. މި ވީ ކުޑަ ދުވަސްކޮޅުގައި ޓްރާންސްޕޯޓް ސެކްޓާރ އިން ވެސް ފާހަގަ ކޮށްލެވޭ ގިނަ ކަންތަކެއް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    ނަހުލާގެ މަސައްކަތް ދިވެހިރަޢިއްޔަތުން ބަލައެއްނުގަނެ ޕަކުކުރަނެ ތަން ނުދައްކާއިސްޓިކާ ނުޖަހަނެކަމަށްރައިސް ސާލިހު ވީވަޢުދު މުގުރާލުމަށްފަހު އެމަސައްކަތް މެގަރ ސްޕީޓުގައި ކުރަމުންދާތީ ނަމަވެސް މިސަރުކާރު ބަލައިގަނޭ އިސްޓިކަޖަހައިގެން ގިނަފައިސާ ރަޢިއްޔަތުން ފެލައިގެން ހޯދަދޭތީ

    28
  2. 19 ނަވާރަ

    ކަމަނާވެސް މި ލާދީނީ ސަރުކާރުގަތަ. ބުރުގާ ދެން އެއްލާލާ. ތާހިރު ދިރިއުޅުމެއް ކުދިންނަށް ދަސްކޮއްދޭނަމަ މާރަގަޅުވީހެއްނު

    16
    1
  3. މަޒީނާ

    2008 ކުން ފަށައިގެން ރާއްޖެއައް ނުބައި ކަންތައްގަނޑެއް ވަނީ ފާޅުވެފަ.. ރާއްޖެ ނިމިގެން މިދަނީ.. މިތަނުގެ ރައްޔިތުންނައް ކުރީގައި އުޅެވުނު ހިންހަމަޖެހޭ ސީދާސާދާ ދިރިއުޅުމާއި މުޖުތަމައުގެ ގުޅުންތައް ވީރާނާވެ ނެތިގެންގޮސް އަޚުލާގާއި އިހުތިރާމާއި ނޭނގި ގެއްލެނިވެއްޖެ. ކަންކަމުގެ ތަރުތީބުގެއްލި ހެއުމީހުން މަދުވެއްޖެ. ކިޔަވައިގެން ނިކުންނަނީ ޖާހިލު ކަންމަތީގަ..މަގާމުތަކައަ ލެވެނީ ހަސަބާއި ނަސަބު ނުވަތަ ސިޔާސީ ގުޅުންތަކައް ބަލާފަ. ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާސްތެރިކަން އެއީ ބޭނުން އެއްޗެއް ނޫންކަމައަ ދެކޭ މީހުން ގައުމުގެ ހުންގާނުގައި ތިބީ. ދީނާއި ރައްބު އަދު ރަސޫލެއް މުހިންމެއް ނުވޭ މިމީހުންނައް. ހަތަރު ފަރާތުން ރާއްޖޭގައި ފެންނަނީ ހަލާކާއި ދިމާލައް މީހުންތައް މިސްރާބު ޖަހާފައިވާތަން. ފައިސާ އަކީ ހަރާމެއް ހަލާލެއް ނުބަލާ ބޭނުންކޮންމެ ގޮތަކައް ހޯދަންއޮތް އެއްޗަކައްވަނީ ވެފައި. ދައްޖާލު މިތާގައި ފާޅުވެފައި ނުވާކަން ބާކީ އޮތީ. ފިތުނަ މިފަނީ ދުވަހަކުވެސް ނުފެންނަ މިންވަރައް މައްޗައް ގޮސްފަ. ކޯފާއައް އިންތިޒާރު ކުރާފަދަ. މިއީ ހާދަހާ ނުބައި މަންޒިލެކޭ.