މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކުން، އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓުގައި އެކަންކަމާ މެދު ވިސްނަން ޖެހޭ ރަނގަޅު ކަންކަން އެބަހުރި ކަމަށާއި އެހެން ނަމަވެސް އެމްޑީއެންގެ ރިޕޯޓާއި މެދު އާންމުންނާއި ބައެއް މީހުން ބޭނުން ކުރަނީ ސަރުކާރަށް ފޮނުވާލެވޭ ހަތިޔާރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަދައްކަވާފައި ވަނީ އެމްޑީއެން ރިޕޯޓާ މެދު ސަރުކާރުން އެންމެ އެދެވިގެންވާ ފިޔަވަޅު ނާޅާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ މައްސަލަ ނުބަލައި ފިލުމަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދުދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ވިސްނަން ޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ. އެގޮތުން ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ އަދި ސީރިއާ އަށް މީހުން ފޮނުވުމަށް މަސައްކަތް ކުރާ މީހުން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުން އެރިޕޯޓާ ގުޅިގެން ނުރުހުން ފާޅު ކުރަމުން ދާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މި ރިޕޯޓު ކުށްވެރިކޮށް ދެކެވޭ ވާހަކަތަކުގެ ސަަބަބުން މި ރިޕޯޓުގެ އަސްލު ގެއްލިގެން ދާކަމަށެވެ.

"އެ ރިޕޯޓުގައި އެބަވޭ އެހެން ވާހަކަތަކެއް އެއްގޮތަކަށްވެސް ފާހަގަ ނުކުރެވޭ. އެއީ ސީރިއާ އަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައި ވެގެންތޯ. ފާހަގަވެގެން މިދަނީ މިރިޕޯޓު މީ މިވެނި އެވެނި ރިޕޯޓެއް ކަމަށް ވިދާޅުވެ އެންމެ ހަރު އަޑުން ވާހަކަ ދައްކަވަނީ އެރިޕޯޓުގައި ސީރިއާ އަށް މީހުން ފޮނުވާކަމަށް ތުހުމަތު ކުރެވި އިނގިލި ދިއްވެފައިވާ މީހުން" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މި ރިޕޯޓު ބޭނުން ކުރަމުން ދަނީ ސަރުކާރާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ކަމަށާއި، އެ ރިޕޯޓު ނެރެފައިވެސް ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެހެން ކަމުން އެ މައްސަލައަކީ އޭރުން ފެށިގެން ފެންމަތިވާން ޖެހޭ މައްސަލައެއް ކަމަށާއި މިހާރު ރިޕޯޓުގެ ބޭނުންކޮށްގެން ސަރުކާރަށް ފާޑުކިޔަން ބަޔަކު މަސައްކަތް ކުރަމުން ދާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި އެމަނިކުފާނު ހުދު ރިޕޯޓު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓުން އިސްލާމް ދީނަށް ފުރައްސާރަކޮށް ދައްކާފައިވާ ވާހަކައެއް ފެނިފައިވާ ކަމަކަށް އެމަނިކުފާނު ވިދާޅުވެފެއެއް ނުވެއެވެ. ރައީސް ނަޝީދު މީގެ ކުރިންވެސް މަޖިލީހުގައި ވަނީ އެރިޕޯޓުގައި މައްސަލައެއް ނޫޅޭ ކަމަށާއި ހަމައެކަނި މައްސަލަ އަކީ ރަސޫލާގެ ނަންފުޅުގެ ފަހަތަށް ކިޔަން ޖެހޭ ސަލަވާތް ފާތިހާ ނުކިޔައި އޮތް ކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް ރިޕޯޓް ކުއްވެރިނުކޮށް ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ނުރުހުން ފާޅުކުރަން ފެށުމުން އެމަނކުފާނު ވަނީ އެ ރިޕޯޓު ކުއްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ސަމި

    އެހެންތާވާނީ ތިޔަކަމުގެ އަޑީގަ ހުރި މީހާ އަކީ.ތިޔަ އީވި އްޔާ. ލަދުކުޑަ

    268
    2
    • ކިނބޫ

      އޭގަ ކަލެއަށް ނުރަނގަޅު ވާހަކައެއް އޮތޭ މީހަކު ބުނެފިތަ؟ އޭގަ ހުރި ހުރިހާ ވާހަކައެއްވެސް ކަލެއަށް ރަނގަޅެއްނު.

      26
  2. އަޒުރާ

    އިސްލާމް ދީނަށް ލޯބިކުރާ މީހަކަށް އެރިޕޯޓު ރަގަޅެއް ނުވާނެ ދުވަހަކުވެސް...

    ދެންވެސް ބާރު ލާފަ ބުނޭ މަމެން އެމްޑީޕީ މީ ދީނީ ބައިގަނޑޭ...

    ދޫ އޮތީމަ ބުނެވިދަާނެ.. އެކަމަކު އަސްލު މިފެންނަނީ.. އެރިޕޯޓު ރަގަޅުވުމާއި، ރާބޮވެންވުމާއ، އޮލްޓަނޭޓިވް ހޯދުމާއި، ހައްދުޖަހަން ނުޖެހޭކަމަށް ބުނުމާއި މިހިރަ ކަންކަންމުން އެގެނީ.. ދީނަށް ލޯބިކުރާމިންވަރު..

    ދެން ތިވަރުން ފުދޭ ވަރަށް ދީނީ މީހެއްތީ ނުވަތ ބައިގަނޑެއް ތީ

    236
    2
  3. ދީދި

    ދީނޭ ތިކިޔަނީ ކިރިސްތިއަން ދީނަށްތޯ.އެދީން ހިތުދަސް ވެފައި ހުރިކަމަށް ފެންނަނީ! މިހިރީ އެއްމެ ގަދަރު ކުރާ މަގާމުތަކުން ދެކެވޭ ވާހަކަ!ކޮށްގެން ތިބި ހުވާގައި އެވާ އެއްޗެއްވެސް އެހެން ބަޔަކު ޖެހޭނީ ތަރުޖަމާ ކޮށްދޭން!

    189
    1
  4. ހަސަންކޮއި

    ދިވެހި ރައްޔަތުން ނުވަތަ މުސްލިމުންތަކެއްގެ މައްޗަށް ޤާނޫނު ހަދަން އިންވަރަށް ވުރެ ތިބޭފުޅާގެ ކަންތައް މާ މައްޗަށް ގޮސްސި..

    ގާނޫނު ހަދަން ޖެހެނީ އިސްލާމީ ޝަރީއަތާއެއްގޮތަށް ކަމަވީހިނދު އެކަން ގަބޫލު ނުކުރާ މީހަކަށް އެފަދަ ޤާނޫނެއް ނެހެދޭނެކަމަށް ޤަބޫލުކުރެވެނީ..!

    އެހެންކަމުން މަޖިލީހުގައި މެމްބަރެއްގެ ހައިސިއްޔަތުން ހުރުމުގެ ޤާބިލުކަން ނެތްކަން ސާބިތުވޭ.. އެހެންވީމަ އިސްތިއުފާ ދީފަ މިގައުމު ފަސާދަކުރަން ނޫޅޭ..!

    183
    1
  5. ވިސްނާ

    ފާފައިގެ ގޮތުން ބަލާއިރު، ސީރިޔާއަށް ހަނގުރާމައަށް މީހުން ފޮނުވުމަށްވުރެ، ޤުރުއާނާއި ސުންނަތް ދޮގުކޮށް ރަސޫލާއަށް ފުރައްސާރަކުރުމުގެ ފާފަ މާ ބޮޑު. އަދި އެކަންކަމަކީ ފަސާދައަށް ހުޅުވޭ ދޮރެއް. ސީރިޔާއަށް ހަނގުރާމައަށް ދިޔަ މީހަކަށް ވުރެ، ކާފަރު ދޮން ފަރަންޖީންއަތުން މިލިއަނުން ޑޮލަރު ނަގައިގެން އިސްލާމްދީނާމެދު ބުހުތާނު ދޮގު ހަދާމިހުންގެ ނުރައްކާ މިގައުމަށް މާ ބޮޑު.

    151
    1
  6. މުޙައްމަދު ރަފީޢު

    ކަލެއަށް އަކީ އަހަރުމެން ކަލޭ ދަންނަން ފެށީއްސުރެވެސް ދީނަށް ފުރައްސާރަކުރާ މީހެއް އެހެންވީމަ ކަލެއަށް ތިޔަ ރިޕޯޓް ކަމުގޮސްދާނެ އެކަމަކު އަހަރުމެންނަކަށް ކަމަކުނުދޭ، ބަލައެއް ނުގަންނާނަން، ލާދީނީ މީހުންނަށް ތިވަރެއް ނޯންނާނެ

    155
    1
  7. ބާތިލް

    މާތް ﷲ އާއި ކިރިތި ރަސޫލާ ސައްލައްލާހު އަލައި ވަސައްލަމް އަށް ބަދު ބަސް ބުނެފައިވާ އެއްވެސް އެއްޗެއްގައި ރަނގަޅު ކަމެއް ނުހުންނާނެ. ބިސްމި ކިޔާފައި ހެޔޮނިޔަތުގައި ހަރާންކަމެއް ކުރިޔަށް ހަރާން ކަމެއްވާނީ ހަމަ ހަރާން ކަމަކަށް. އެއްވެސް ނުރަނގަޅުކަމަކުން ރަނގަޅުކަމެއް ނުނިކުންނާނެ. އޮޅުވާލަން ކޮންމެހެން އުޅޭނެ ކަމެއް ނެތް ނަޝީދު. ކޮންމެހެން އެ ރިޕޯޓާއި އެޖަމިއްޔާ ދިފާއުކޮށް ރައްޔިތުން ކުރިމަތީ ވާހަކަ ދައްކާނެ ކަމެއްނެތް. އަސް ވިޔަވަޅު ވަގުތުން އަޅާ އެ ޖަމިއްޔާ އުވާލާ.

    147
    2
  8. ހުއްޓުވާ

    މީނަ ވެއްޖެ ހުއްޓުވަން. މީނަ އައްވީތީ ބޭނުން ހާ އެއްޗެއް މިރާއްޖޭގަ ނުކިޔޭނެ. މީނާ ހުއްޓުވާ.

    161
    4
  9. ޢަބްދުއްލާ

    އެމްޑީއެން ރިޕޯޓުގައި ރަނގަޅު ކަންކަން އެބަހުރި - ނަޝީދު

    18 މިނެޓް ކުރިން ( އޮކްޓޯބަރ 22, 2019 )

    ތިބުނާ ރިޕޯޓްގައި ރަނގަޅު ކަން ކަން ހުރީ ޣައިރު މުސްލިމުންނަށް ، ކަފަރުންނަށް

    ލާދީނީމީހުނަށް ، މުޝްރިކުނަށް. މިޤައުމަކަށް އިސްލާމުނަކަށް ނޫޫން.

    137
    1
  10. ވަށޯ

    ކަލޭ ތިހިިރީ ހަމަ ހޭގަތަ؟ ތިރިޕޯޓް ގަ ހުރި ރަގަޅު ކަންތަކާ ކަލޭ އެކަނީ އުޅޭ، އަހަރެމެން ގެ ރަސޫލާ އަށް ފުރައްސާރަ ކުރީ ތީވެ ތިރި ބައިގަޑު އުވާލަން ޖެހޭނީ، އެކަން ކުރޭ އެހެން ނޫނީ އަހަރެމެން ގެ އަޑު މަޑެއްއ ނުކުރާނަމު، #ބޭންއެމްޑީއެން

    124
    2
  11. ީިިގުދު

    ޅާދީނީ ކިޔަނީ ކިޔަންވެގެން ކޮންތާކު ގަމާރު ބީތާއެއްތަ މީ މީމަ ދެކެ މީހުން ވަނީ އަމަށަކު ލޯތްބެއްނޫން ކޮންމެއެއްޗެއްކިޔަސް

    119
  12. ރައްޔިތުން

    މިރާއްޖޭގެ ގާނޫނީ ހަޔާތުގައި މިވަރުގެ ގޮތެއް ނެތް މަޖިލިހުގެ ރައީސް އެއް ފެނިފައެއްނެތް ނެތް ބާރު ގަދަކަމުން ހޯދާ ދައްކަން ނުޖެހޭ ވާހަކަ ދައްކާ ބަހުސުގައި ބައިވެރިވެ މިހުރިހާ ކަމެއް އެބަ ކުރޭ މިވާހަކަ ތައް ކަޅު އަކުރުން ލިޔާން ޖެހޭ ނޫސް ވެެރިންވެސް މިވާހަކަ ދިރާސާ ކޮށްގެން ލިޔާން ޖެހޭ ކުރިން ކީ މަސީހުގެ ޚުދު މުހުތާރުކަން މީނާގެ ޚުދު މުހުތާރު ކަން ނޫސް ވެރިންނަަށް ނުފެނޭތޯ ކޮމިޝަން ތަކަށް މީހުން އައްޔަނު ނުކޮށް ދަންމާ އަދި ގާނޫނުގައި ބުނާ މުއްދަތައް ވެސް އެކަން ނުކުރުމުން ލިޔާނެ ނޫހެއް ދައްކާނެ ޓީވީ އެއް ނެތް ޔާމިން ސަރުކާރު އިރު މިހާރު ނޫސް ހީވަނީ އެެހެން ކަމެއް ހެން މިހާރު ކިތަންމެ ބޮޑަށް ގާނޫނާ ހެދިފައިވާ ގަވާއިދާ މަޖިލިސް ޚިލާފު ވިޔަސް ހަމަ ޗުއްޕު

    121
    1
  13. ކަދުރުޝިފާ

    ހުރިހާ ދިވެހިން ދެން އަތްޖަހާ. ބާރަށް ދެން އަތްޖަހާ. ދެއަތުގެ ހިއްސު ކެނޑޭވަރަށް ދެން އަތްޖަހާ. އަދިވެސް މިބައިގަނޑަށް ވޯޓް ދީ. މިވަރުގެ މޮޅު ޑިމޮކްރަސީ ދަންނަ މީހަކު ނެތިގެން އަދިވެސް ވޯޓް ދީ. ހޮވާފަ ބަހައްޓާ. އެކަކު ވެސް ވިސްނާނެ ކަމެއް ނެތް ޤައުމާއި ޤައުމުގެ ކުރިމަގާއި މެދަކު. ވާނެ އެއްޗެއް ވާން ދޫކޮށްލާ. ތިޔަ ލާދީނީ މީހާ އިނދެގެން ޤައުމަށް ބޭނުންހާ އެއްޗެއް އެހަދަނީ. މާޓުކުރި ރައީސް ދުނިޔޭގައި ޓުއަރ އެޅުމުގަ. ނޫނޭ ވާ ވެރިކަމެއް މީ. ދިވެހިން ދެން އަތްޖަހާ. ބާރަށް އަތުން ހަންދާ ވަރަށް އަތްޖަހާ. ދިވެހިން އަމިއްލަ އަށް ބުއި ބޮނޑިއެއް މީ. ޤައުމެއް ވާ ނެތް. މިއީ މިހާރު ތިޔަ ކެނެރީގޭ ލާދީނީ މީހާގެ ތަރިކަ މުދާ ގަނޑެކޭ އެއްވަރު. މިކަމާއި އެއްޗެއް ބުނާނެ ވެރިއަކު، މުއައްސަސާއެއް ނެތް. ބޭނުން ގޮތަކަށް އެހެރަ މޮޑެލަނީ. ފަހުން ނުރޯތި ދިވެހިންނޭ.

    94
    1
  14. ހުސޭނުބޭ

    މިއީ މީނަ ރާވައިގެން ކުރާ ކަމެއް! މިވަރުގެ މީހަކު ބައިވެރިވާ ސަރުކާރެއް ވެރިކަމަށް ގެންނަށް ގުދުބިދެންދެން މަސައްކަތްކުރި ޝައިޚުންނަށް ވަރަށް ސަލާމް!

    100
  15. އަޙްމަދު

    ނަޝީދުއެވެ. ކަލޭގެ ނަޒަރުގައި އެރިޕޯޓްގައި ހުސް ހުރީ ރަނގަޅު ވަހަކަކަމެއް ކަލޭ ބުނުމަކުން އަހަރުމެން ހައިރާނެއް ނުވާނަށް. މިތާ ކަލޭމެން ބޭނުން ގޮތަކަށް އުޅެވިދާނެ. މާދަމާ އެންމެ މަތީ މަޖްލީހުގައި ޖަވާބުދާރީ ވާދުވަހަކު ކަލޭގެ ދުލާއި އެހެނިހެން ގުނަވަންތަށް ހެކިދޭން ފެށުމުން ޝަހިންދާއެ، އިންޑިޔާއޭ، އީޔޫއޭ،އދ އޭކިޔައި ފިލާރައްކާވާނެ ތަނެއްނޯންނާނެ.

    73
  16. Anonymous

    ކަލޯ މީނދަ ބުރާންޗާ! އޭގަ ހުރި ނުބައިވާހަކަތައް ދައްކަން ނުކެރިގެން ތިއުޅެނީ،

    75
    1
  17. Anonymous

    ރަނގަޅަށް ހުރި ތަންތަނަކީ، އެރިޕޯޓް ލިޔުނު ކުދިން ރަނގަޅަށް އިނގިރޭސި ބަހުން އެނގިފަހުރި ބައިތަ؟

    60
    1
  18. Anonymous

    މިއީ އަޅެ އެކިޔާ ބަރމިއުޑާ ޑްރޭންގަލުން ނަގައިގެން ގެނެސްއިން ޝައިޠާނުގެ ދަރިއެއްތަ؟

    67
  19. އިރާދާ

    އިސްލާމުންނަށް ދުވަހަކުވެސް ނަސްރެއް ލިބުމަށް ނޭދޭ ބަޔަކަށް ވާގިވެރިވާ މީހުން ދައްކާނީ ހައްދުފަހަނައިދިޔަ މީހުންނޭ، ސީރިއާއޭ ، އައި އެސް އޭ ، އެކަމަކު އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ލިޔެފައިވާ ރިޕޯޓެއް ގައި ވެސް ހުރި ގޯސް ވާހަކަތަކެއް ނުފެނުނު ، ނުވިސްނުނު ، އަދި ވެސް އެކިޔަނީ ރިޕޯޓު ރަނގަޅޭ މީ ދިވެއްހި ކުރިސްޓިއަނެއް އެޖެންޓެއް..އަދި ހިތި ފެންނާނެ
    . އިންޝާ ﷲ

    63
  20. ކޮންސަރންޑް ސިޓިޒެން

    ތިކަން ނޭނގިގެން ނޫޅެމެ މުޙަންމަދު ނަޝީދު. ކޮންމެ ކަމަކުން ވެސް ނާޖާއިޒު ފައިދާ ނަގަން އުޅޭ މީހުން އުޅޭކަން އެނގޭ. ވީ އަ ނޮޓް ސްޓުޕިޑް. ޢެހެނޭ ކިޔާފަ އެ ރިޕޯޓަކީ ބަލައިގަނެވޭނެ ރިޕޯޓަކަށް ނުވާނެ. ޢަދި އެ ޖަމިއްޔާ އެއް ވެސް ބަލައެއް ނުގަނެވޭނެ. ޓެރެރިސްޓުން ގެ ވާހަކަ ދައްކާ ދީނަށް ފުރައްސާރަ ނުކޮށް. އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީން. ކޮންމެ މީހަކު ކޮންމެ ގޮތަކަށް އުޅުނަސް އެކަން ބަދަލެއް ނުވާނެ. ވީ އާ އަގެއިންސްޓް ޓެރެރިޒަމް. ބަޓް ވި ލަވް އިސްލާމް. # ބޭން އެމް ޑީ އެން

    47
  21. ކާފަ

    ގަރުނުގެ ބޮޑު ޖާހިލުމީ. އެމޑިއެން އެކަންި އުވާލައިގެން ނުނިމޭނެ، މީގެ މުގުލުގަ ހުރީ މިސޮރުކަން ހަނދާން ކުރާތި އެންމެންވެސް.

    50
  22. މިގޭ

    އިސްލާމް ދީނަށް ލޯބިކުރާ މީހަކަށް އެރިޕޯޓު ރަގަޅެއް ނުވާނެ ދުވަހަކުވެސް...

    ދެންވެސް ބާރު ލާފަ ބުނޭ މަމެން އެމްޑީޕީ މީ ދީނީ ބައިގަނޑޭ...

    ދޫ އޮތީމަ ބުނެވިދަާނެ.. އެކަމަކު އަސްލު މިފެންނަނީ.. އެރިޕޯޓު ރަގަޅުވުމާއި، ރާބޮވެންވުމާއ، އޮލްޓަނޭޓިވް ހޯދުމާއި، ހައްދުޖަހަން ނުޖެހޭކަމަށް ބުނުމާއި މިހިރަ ކަންކަންމުން އެގެނީ.. ދީނަށް ލޯބިކުރާމިންވަރު..

    ދެން ތިވަރުން ފުދޭ ވަރަށް ދީނީ މީހެއްތީ ނުވަތ ބައިގަނޑެއް ތީ

    38
  23. ސައިމާ

    ރިޕޯޓުން މިމަނިކުފާނަށް ރަނގަޅު ކަންކަން ފެނުނުއިރު އެރިޕޯޓުން ގޯސް އެއްވެސް ކަމެއް ނުފެނުނުކަން އެއީ ކިހާ ހިތާމަހުރި ކަމެއްތޯ! ހިތްތަކުގެ ރައީސްގެ ހިތަށް މިވަނީ ކިހިނެއްވެފައިތޯ؟

    40
  24. ބެއްޔާ

    އިސްލާމީ ގައުމެއްގެ ރައްޔިތުންގެ މަޖްލިސްގޭގެ ބޮޑު ގޮނޑީގައި އިންނަށްޖެހޭ މީހެއްނޫންތީ. އެވަރުގެ ފެންވަރެއްނެތް. ޔާﷲ އަޅަމެން މި ނުބައިވެގެންވާ މީހަގެ ކިބައިން ސަލާމަތްކުރައްވާންދޭ. މީނާގެ ނުބައިކަމުގެ ކޯފާ އަޅަމެންނަށް ނުފޮނުއްވާންދޭ. ﷲދެއްވި ނިއުމަތްތަކުގެ ބޭނުންކޮށް އެކަލާނގެއަށް ކުފުރުވަނީ ކޮންފަދައަކުންތޯ.

    41
  25. ޖިންނި

    ދައްޖާލު ވެސް ރަނގަޅު އެއް ވާހަކަ ބުނި ތަމީމުއްދާރީ ކައިރީ “ އެމީހުނަށް ރަނގަޅުވާނީ ނަބީ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އަށް ތަބަޢަ ވީއްޔާއޭ “ އެކަމަކު ދައްޖާލަކީ އެންމެ ބޮޑު ފިތުނަ ކަލާންގެ ކަމަށް ދައުވާކުރާނެ ޙައިވާނެއް ދެން ލާދީނީ އަންނި ދައްޖާލަށްވެސް ސަނާކިޔާނަންތަ އެހެން ނޫނަސް ތީ ހަމަ ކުޑަ ދައްޖާލެއް

    40
  26. ހުސެން

    އޭ މޮޔަމީހާ އެ ރިޕީޓުގައި އެންމެ ފިލިއެއްވެސް ރަނަގަޅެއް ނުން.ކަލެޔާ ހެދީ ކިހާބޮޑު މުސީބާތެއް.ތިޔަ ލާދީނީ މީހުންނާ ހަރުކަށި މީހުންނަކީ އެއީ ކަލޭ އަތުގެ އޮތް ފާއިސާފޮއްޗެއްގެ ދެބައި ،ޓޮސް ތިކުޅެނީ،ކަލޭ ތިޔައީ ތިޔަ ރިޕޯޓު ހެދުވިމީހަކީ،ދިވެހިންނޫޅޭ އޮޅިގެން.ކަލޭ ޕާޓިގެ މީހުންވެސް ދަނޭ،އެކަމަކު ސިހުރެއް ޖެހިފަ ތިބީމާ އަދި ކަލެއާ ދެކޮޅަށް ނުނިކުމެ އެތިބީ،ސިހުރު ފިލާމާ މުޅި އެމްޑީޕީ ވެސް ތިޔަ އެމްޑީއެން އާ ދެކޮޅަށް ނިކުންނާނެ

    35
  27. ޒއީމް

    ލަދެއް ޙަޔާތެއް ވެސް ނެތެއްނު

    47
  28. އެހެންކަމުން

    ނަޝީދު އަށް އީމާން ކަމެއް ހުރި ދިވެހި އެއްވެސް މުސްލިމެއްގެ ހިތުގައި ހިތާއި ހިތުގެ ލޯތްބެއް މިއަދު އޮތުމަކީ ވަރަށް ބޮޑު ކުށެވެ. އޭނާގެ ހިތުގައި އިސްލާ މް ދީނާއީ މާތް ނަބިއްޔާ ގެ މައްޗަށް ވާ އިހްތިރާމާއި ގަދަރެއް ނެތެވެ. ނަޝީދު އަކި އެއްދުވަހުން އަނެއްދުވަހަށް ދިވެހިރާއްޖޭގެ ރައްޔިތުން ގެ ދީން ފިޔަވައި އެހެނިހެން ދީންތަކަށް ދިވެހިން ގެ ޅަޖީލު ފައްކާކުރުމުގެ އެންމެ ހާއި އަމަލީ މަސައްކަތްތައް ކުރާ ދިވެހި އެޖެންޓެވެ. މިއީ ހަމައަށް ފެންނަން ހުރި ކަމެކެވެ. . ބޭނުމަކީ ނަޝީދު ނެތަސް އެފަދަ އެހެން ބައެއް އުފެއްދުމެށެވެ. މި ނިވަން ޑިމޮކްރަސީ ނަޝީދަށް ހިތުން ހިތަށް ނަފުރަތު ކުރަމެވެ

    19
  29. ނޯނޯ

    އެމްޑީޕީ ކުދިން ކޮބާ..؟މި ސަރުކާރު ގެނައި މީހުން ކޮބާ؟ވަރަށް އުފާވެރި ކޮށް ދޯ ތި އުޅެނީ..މީނަ އާ ހެދީ ބޮޑު ބަލާއެއް..މީނަ ހައްޔަރު ކުރޭ!!!

    52
  30. މަމެން

    ކަނުވެސް ގޮލައެކޭ

    40
  31. ކުއްވެރިޔާ

    މީނާ އަކައް ނުފެނޭ އޭގައި އިސްލާދީނައް ފުރައްސާރަކޮއް ރަސޫލާ އަށް ބަދުބަސް ބުނެފައިވާ ތަނެއް! މަށަކީ މީނާ އަށް ހުރިހާ ފަހަރެއްގައި ވޯޓް ދިން މީހެއް މީގެ ފަހުން މަވާ ސަލާން...މިހާރު ޝައްކާ ގާތައް ޔަގީން މިކަމުގެ އަޑީގައި ހުރީ މީނާކަން

    20
  32. ކަޑަ

    އޯކޭ އަންނި ނަޝީދޫ. ތިބޭފުޅާ އަނެއްކާވެސް އިސްތިއުފާދޭން ރެޑީވޭ އިނގޭތޯ. އޭގެފަހުން ދުނިޔޭގެ ކާފިރުން ކާރިޔަށްދުވޭ ބަޤާވާތްކުރީއޭ ކިޔާފަ.

    21
  33. ހުރިހިތާމައެއްގެބޮޑުކަމާއޭ

    ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީންތަކަށް ޖާގަދީ ފައްޅިއަޅަން ތާއީދުކޮށް އެމީހަކު އުޅެން ބޭނުންވާގޮތަކަށް އުޅެން ތާއީދުކުރާ ހަމަ އެއްވެސްމީހަކަށް އެރިޕޯރޓުން މައްސަލައެއް ފާހަނގައެއްނުކުރެވޭނެއެވެ. ތިބޭފުޅާއަކީވެސް އެފަދަ މީހެއްކަމަށްވަންޏާ ތިބޭފުޅާއަށްވެސް އޭގެއިން މައްސަލައެއް ފެންނާނެގޮތެއް ނުއޮންނާނެއެވެ.

    17
  34. ރާފު

    ﷲ އާ ރަސޫލާއާ ބާލެއްވި ފޮތަށް ހަޖޫޖަހައި ފުރައްސާރަ ކުރި ބަޔަކަށް ދެއްކޭނެ ރަގަޅު ވާހަކައެއް އޮވޭތަ؟ އުފެދުމަގަ ވެސް ބާތިލް! ތި ބަޔަކަށް އަދި ދިފާއުގަ އަޑުއުފުލާ އެންމެނަށް އެއް ހަމަޔަކުން ފިޔަވަޅު އަޅަންޖެހޭ.

    16
  35. ބަނީ

    ޢޭ މިހިރަ މޮޔަ މީހާ، ދިވެހިން ނެށް ނުދޭ ސީރިއާ އަކަށް ހަނގުރާމަ ކުރާކަށް، އަދި ހަށްދު ފަހަނަ އަޅާފަ ތިބި ހަރުކަަށި މީހުންނެށް ވެސް ނޫޅެ މި ފަސްގަނޑުގަ. ޜީތި، ރިވެތި ދިރިއުޅުން އުޅޭ މުސްލިމުން މި ގައުމުގަ އުޅުނީ.

    44
  36. ރަދީފް

    އެއްކަލަ ލާދީނީ މީހާ ދޯ

    33
  37. އިސްލާމް

    މީނާ މިއުޅޭ ގޮތުން ހީވަނީ ޤައުމުގައި ހަމަނުޖެހުން އުފައްދަން އުޅޭހެން.

    19
  38. ބުރޯ

    މިގައުމަށް ރަނގަޅަށް ކަމެއްމެދުވެރިވާން އޮތީ ތިޔަ ނަސީދު މިގައުމު ދޫކޮށް ދިއުމުން ތިޔަފަދަ ލާދީނީ ފިކުރުގެ މީހުން މިގައުމުގާ ތިބެގެން ގައުމަށް މަންފައެއް ނެތް ތިޔަރިޕޯޓްގާ ލާދީނީ ވާހަކަތައް ލިއުނީ ވެސް އެކަންދަމަހައްޓަންމަސައްކަތް ކުރަނީ ވެސް ނަސީދު . ވީމާ ގައުމު ދޫކޮށް ދިއުންނޫން ގޮތެއް ނަސީދަކަށް ނެތް.

    21
  39. ހޯހޯ

    ކޮންވިސްނަންޖެހޭ ކަންކަމެއް މީކަލޭގެ ރޭވުން އިސްތިއުފާ ދީފަ ގެ އަށްދޭ

    19
  40. މަ

    މިނުބައިކަލޭގެ ހައްޔަރުކޮއްފަބަހައްޓާ. އަނގަ ހައްދު ޖަހާ.

    22
  41. އެއްވެސް ގޮތަކަށް

    އެއީ %100 ދީނާ ޚިލާފު ރިޕޯޓެއް. ވީމާ، އެރިޕޯޓުގައި ރަނގަޅު އެއްކަމެއްވެސް ނެތް. ލާދީނީ މީހުންނަށް އެރިޕޯރޓް ފެންނާނީ ވަރަށްވެސް ރަނގަޅަށް.
    ހިނދުކޮޅުގައި ތިބޭ މީހުންނަށްވެސް އެރިޕޯޓު ރަނގަޅުވާނެ

    25
  42. އަހުމަދު

    މީނަ މީ މިޤައުމުގަ ފަސާދަ އުފައްދަން ހުޅަނގުން ފޮނުވާފަ ހުރި އޭޖެންޓެއް މީނަ އަވަހަށް ބޭރުކުރޭ

    24
  43. ދިވެހިން

    އެ ރިޕޯޓާއި ގުޅިގެން އެންމެ ރަގަޅު ކަމެއްގެ ގޮތުގައި ފާހަގަވީ ދީނަށް ފުރައްސާރަކުރާ ބައިގަނޑު ރައްޔިތުންނަށް އެނގި ފާޅުވެ އެމީހުންގެ ހަގީގީ މަގުސަދު އެނގުން.

  44. ހަމީލް

    ނަޝީދު ޝާތާނައް ފެންނަނީ އޭގެން ހުސް ހެއުވާހަކަ ނޫންތޯ. އަހަރެމެން މިތިބެނީ ޝައިތާނާއައް މަޖިލީސްގެ ހަވާލުކޮއްގެން. މިކަމުގެ ޒިންމާ ރައްޔިތުންވެސް އުފުލަންޖެހޭ.

  45. ބުރޯ

    2016 ގަ ނެރުނު ބައިގަ ލާދީނީ ވާހަކަތަކެއްނެތް 2019 ފެބްރުއަރީގަ ލާދީނީ ވާހަކަތަށް އެ ރިޕޯޓް ގަލިއުނީ ނަސީދު އިސްވެހުރެ ތައްޔާރު ކޮށްފަ ދީގެން ކަމަށް ނަސީދުގެ ވާހަކަތކުން ދޭހަވޭ. ކުރީގެ އަހަރަކާގުޅުވާފަ 2019 ފެބްރުއަރީގަ ނެރެ ނަސީދު ކުރީސަރުކާރު ބޮލުގައަޅުވަން ވާހަކަދެއްކެވިޔަސް އެމްޑީއެން އުފެއްދުމުގެ މޭސްތެރިއަކީ ނަސީދު ކަމަށާ އެ ރިޕޯޓް ނަގަހައްޓަން މަސައްކަތްކުރަނީ ނަސީދު ކަމަށް ނުވާނެގޮތެއްނެތް.

  46. ާްްއަހަރެން

    ދިވެހި މުސްލިމް އުއްމަތައް ޖެހިފަ ހުރި ބޮޑު ވަބާއެއް ކަލޭތީ

  47. ާއަނދިރި

    މިގައުމުގެ ބޮޑުފަރަންޖީ (ޗޮނިދޮންރާޖާ)

  48. އައިސީ

    މަކަރުވެރިންނާއި ޙީލަތްތެރިން ހާމަކުރަށްވާށީ. ނިކަމެތިކުރަށްވާށި. ބާރިކަނޑުއްވާށީ!

    10
    1
  49. ކަރާފުޅު

    ބުއްޅަބެއަށް ގޯހެއްނުވާނެ ދީނާދެކޮޅުކޮޅުވެއްޖެއްޔަ ބުއްޅަބެ އަކީ މިގައުމްށް އެހެންދީންތަށް ގެންނަން ހަމަޖެހިފައިވާ އެޖެންޓް ، ބުއްޅަބެގެ ހަފްތާ އެޖެންޑާ ބޫމް ބޫމް ވާނީ ދިވެހިންނަށް ކިޔައިދިފައި.

  50. އިބްރާ

    މީނާ މިއީ އިބިލީހެކެވެ. އޭނާގެ ވާހަކަ އެއްވެސް މުއުމިނަކު ޤަބޫލެއް ނުކުރާނެ

  51. Anonymous

    މިނޫނަސް ދުވަހެއްއެބައޮތް ހަދާންކުރާތި މިއަދު ކޮންމެވާހަކައެއް ދެއްކިދާނެ އަދި ލިޔެވިދާނެ

  52. 2023ޔާން

    2023ޔާން

    3
    1
  53. މުޖޫ

    ރައީސް އިބޫއަށް ޕްރެޝަރ ބޮޑުކުރުން ނޫން ކަމެއްނެތް. ހުރިހާވެސް ގޯހަކީ މަނިކުފާނު ރައީސް އިބޫގެ ސަރުކާރު ބަލިކަށިކުރުމަށް އަޑިން ކުޅުންވާ ނުބައިބައި.