މިއަދު ހެނދުނު އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށާއި އެމީހާގެ އާއިލާއަށްވެސް މިހާރު ގުޅިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

އެއީ ކާކުކަން ދަނެގަނެވިފައިވީ ނަމަވެސް އަދި އެމީހާގެ މީހާގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ މީހަކު ނިޔާވެފައި އޮއްވާ ފެނިގެން އޭޑީކޭއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އެމީހާ އޮތީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ އާޓިފިޝަލް ބީޗުގައި މޫދަށް އެރުމަށް ދިޔަ މީހެކެވެ. މޫދުން އަރައިގެން އުޅެނިކޮށް އެމީހާގެ ޚަބަރު ހުސްވެގެން ވެއްޓުނީ ކަމަށްވެއެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންނާއި އާންމުންގެ އެހީތެރިކަމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތި މީހާގެ އާއިލާ މީހުން ތި މީހާ ގެއްލިގެން ނޫޅުންތީ މައްސަލައެއް

    11
    9
  2. އަޙައްމަދުބެއްޔާ

    މިމީހާއަކީ އަނބިމީހާއާއި އެއްކޮށް އުޅެމުންދިޔަމީހެކެވެ އަނބިމީހާއަކީ އޭނާ އުޅޭތަނެއް ބަލާލާވެސް މީހެއްނޫނެވެ އެއްގޮތަކަށްވެސް އަޅާނުލައެވެ