މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަކީ 2016 ވަނަ އަހަރު އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓެއް ކަމަށާއި އޭރުގެ ސަރުކާރަށް ރިޕޯޓުގެ މައްސަލައެއް ހުރިކަން ފާހަގަ ނުވީ ވައްކަން ކުރުމުގައި އުޅުމުން ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ހަސަން ޝިޔާމް މިމޭރުމުން ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ. ފުޑް ސެކިއުރިޓީ ސެކުއަރ ކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރަމުން ޝިޔާމް ވިދާޅުވީ އެމްޑީއެން ރިޕޯޓާއި މެދު ފިޔަވަޅު އެޅުމަށް ރައްޔިތުން ސަރުކާރަށް ގޮވާލަމުން ގެންދާއިރު ރައީސް އާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފިލުމަށް ކަމަށެވެ. އެކަމަށް ރައްދު ދެއްވައި ހަސަން ޝިޔާމް ވިދާޅުވީ އެމްޑީއެން ރިޕޯޓަކީ 2016 ވަނަ އަހަރު ނިކުތް ރިޕޯޓެއް ކަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އޭރުގެ ސަރުކާރަށް ސާފުކޮށް އެނގޭނެ ކަމަށާއި އެހެން ނަމަވެސް އޭރު ސަރުކާރުން މަސައްކަތް ކުރަމުން ދިޔައީ ވައްކަން ކުރުމަށް ކަމަށެވެ.

"އެމްޑީއެންގެ ރިޕޯޓަކީ 2016 ވަނަ އަހަރު ނިކުތް ރިޕޯޓެއް ކަން ރައީސް އަބްދުﷲ ޔާމީނަށާއި، އޭރުގެ މަޖިލީހަށާއި، ވަޒިރުންނަށް އެނގިވަޑައިގަންނަވާނެ. އެހެން ނަމަވެސް އޭރު ހިތުލައިގެން ތިބީ ވައްކަން ކުރުމަށާއި މިކަންކަން ކުުމަށް ކަމުގައިވާތީ އޭރުގަައި އެވިދާޅުވާ އިސްލާމް ދީނެއް ދީނުގެ ސިޔާސަތުތަކެއް އެބޭފުޅުންނަކަށް ނުވިސްނުނު" ހަސަން ޝިޔާމް ވިދާޅުވިއެވެ.

އެހެން ކަމުން އޭރު އިސްލާމް ދީނެއް އަދި ސިޔާސަތުތަކެއް ސަރުކާރަކަށް ނުވިސްނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު އެރިޕޯޓު ފެންމަތިކޮށްގެން އުޅެނީ މިސަރުކާރުން އެރިޕޯޓުގައި ސީރިއާ އަށް މީހުން ފޮނުވުމާއި އެހެން ކަންކަން ހުރިކަން ބަލަމުންދާތީ އަސްލު އޮޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ތާހިރުވާހަކަ ދައްކައެއްނު. ބަލަ ތިދޮގުފަތި ނުހަދާ ހަނުހުރެބަލަ، އޭރަށްވެސް ނުބައިކަމުގެ ފޮތަށް ބަރެއް ނުވާނެނު.

    49
  2. ބިންގޯ

    ކަލޯ. ހަރުދަނާ ވާހަކައެއް ދައްކަން ނޭގުނީމާ އަބަދުވެސް ކުރީސަރުކާރޭ ކިޔައިގެން ކޮންމެސް އަނގައެއް ތަޅާލީ ދޯ.

    46
    1
  3. Anonymous

    ދެން މިއޮތް މާތް ސަރުކާރުން އެރިޕޯޓް މިއަހަރު ނެރުންތާ 1 މަސްވެގެންދާއިރުވެސް ފިޔަވަޅުނާޅާ ތިތިބެނީ ދައުލަތުގެ ހަޒާނާ ލޫޓްވާލާ އަދިވެސް ނުނިމޭތީތަ؟

    51
  4. މުޙައްމަދު ރަފީޢު

    މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުުރައްސާރަކޮށް ނެރެފައިވާ ރިޕޯޓަކީ ތިބުނާ ތާރީޚުގައި ނެރުނު ރިޕޯޓެއްކަމުގައި ވިނަމަ ޔާމީން ގެ ސަރުކާރުގެ އަގު ވައްޓާލަންވެސް މިދިޔަ ރިޔާސީ އިންތިޚާބު ކެންޕޭންތެރޭ، އެވާހަކަ ކަލޭމެން ނުދައްކާނެ އެއްގޮތެއްވެސް ނޯންނާނެ، ކީއްވެބާ އޭރުނުދެއްކީ، ދޮގު ހެދިޔަސް ރައްޔިތުންނަށް އެގޭ

    59
  5. ހުސޭނުބޭ

    ކަލޯމެންނަށް ރާއްޖެ ހިތަކަށް ލިބުނުއިރުވެސް ތިބުނާ ވައްކަމެއް ނުދެއްކުނު! މިާރުވެސް މިއުޅެނީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިރުވާލައިގެން! ނުވިތާކަށް ރިޒާވްގައި ހުރި ޑޮލަރުކޮޅުވެސް ކައްވާލައިގެން! ކަލޯ ކަލޯއަށް އެއިން ބައެއް ލިބުތަ؟

    47
  6. Anonymous

    މިސަރުކާރުގެ ނާގާބިލްކަން އަންގައިދޭ އެންމެ ބޮޑު ހެކި ކަމެއްނުކޮށް އަދި ކުރަންވެސް ނޭނގި "ކުރީ ސަރުކާރު" ޕޭޓެންޓެޑް ޓްރޭޓް މާކް ބޭނުން ކުރުން.

    42
    2
  7. ފފފފ

    މިސަރުކާރަށް އެރިޕޯޓްނެރުން މީހުން ހައްޔަރުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ނުގެންދެވިގެން އެއުޅެނީ، މަގުމަތިން ފޭރުނު މިފްކޯގެ 2 މިލިއަން ރުފިޔާއާއި، އެސްޓީއޯއާއި އެމްޓީސީން ވަގަށްނެގި ފައިސާއާއި، ދީބާޖާއާއި، ބިގާ، ނޫމަޑިއަށް ދިން ނޫނީ ފޭރުނު ފައިސާތައް ބައިއަޅައި އަދިނުނިމިގެން އުޅޭތީތަ؟

    35
  8. ތެލަނގަ

    ބިލިއަނުން ފޭރެމުންދާ ބަޔަކު އެހެން ބަޔަކަށް ވަގަށް ގޮވަން ލަދުގަންނަންވާނެ ދޯ؟ އެކަމަކު އިންސާނުންގެ ސިފައެއް ލަދުގަތުމަކީވެސް. އިންސާނުންގެ ޖަމާއަތުން ބޭރުވެފައިތިބި ބަޔަކު ދަންނަކަންތަކެއްނޫން އެއީ.

    31
  9. Anonymous

    މި އެމްޑީޕީއަކަށް ނިސްބަތެއްނުވާނެ ރަނގަޅު ޚުލްގެއްގެ ވެރިއަކު. ނަފުސު މަރުވެފައިވާ، ދުނިޔޭގެ އެދުމުން ފުރި ﷲ ގެ މަތިން ހަނދާންނެތިފަ ތިބޭ ދޮގުވެރި ދައްޖާލުންތަކެއްފަދަ ބައެއް މިމީހުންނަކީ.

    19
  10. މިގޭ

    ކަލޯމެންނަށް ރާއްޖެ ހިތަކަށް ލިބުނުއިރުވެސް ތިބުނާ ވައްކަމެއް ނުދެއްކުނު! މިާރުވެސް މިއުޅެނީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިރުވާލައިގެން! ނުވިތާކަށް ރިޒާވްގައި ހުރި ޑޮލަރުކޮޅުވެސް ކައްވާލައިގެން! ކަލޯ ކަލޯއަށް އެއިން ބައެއް ލިބުތަ؟ އައު ވައްތަރަކަށް ވައްކަން ކޮށްގެ ތިޔަތިބީ އަދި އިރާދަކުރެއްވިއްޔާ ބަލާނަން. ވައްކަން.

    11
  11. Anonymous

    މި ސަރުކާރު އައީވެސް ވައްކަންކޮށްގެން! އައިސްވެސް ކުރަނީ ވައްކަން! އެމްއެމްޕީއާރުސީ ގެ ޚިޔާނަތުން

    13
  12. ނިޢަމް

    މި ސަރުކާރު އައީވެސް ވައްކަންކޮށްގެން. އައިސްވެސް ކުރަނީ ވައްކަން. އެމްއެމްޕީއާރުސީ ގެ ޚިޔާނަތުން 33 މިލިޔަން ރުފިޔާ ވަގު ޞާލިޙަށް ވަނީ ދީފަ! މި ސަރުކާރުގެ 135 މީހަކަށްވަނީ އެ ފައިސާ ލިބިފަ! މި މައްސަލަތައް އަދި ބެލޭދުވަސް އަންނާނެ! 2018 ވަނަ އަހަރަށް ކަނޑައެޅި 32 ބިލިޔަން ރުފިޔާ ތިތިބީ ކައިގެން! ގުދޯގުދޯ ގޮވައިގެން ކަންކަން ފޮރުވަން ނޫޅޭ!

    13
  13. ހަމަހަމަ

    ޢެހެންވިއްޔާ ކުރީ ސަރުކާރަށްވެސް ފިޔަވަޅުއަޅާ. ޢަދި މޑނ އަށް ވެސް ފިޔަވަޅުއަޅާ.

    ބަހަނާ ނުދައްކާ !

    13
  14. ކެޔޮޅު

    ކަލޭކަހަލަ ނާޤާބިލް މީހަކު މަޖިސްއައް ގެ ނެވު ނީ އަހަރެމެނައް މިހާތަނައް ހެދުނު އެންމެބޮޑުގޯސް!

    14
    • Anonymous

      ވައްކަމުން ގެނައި މަޖްލިހެއް. އެހެންވެ އެމީހުން އެހާފަރިތައީ އެހެން މީހުނަސް ވަގަށް ގޮވަން.

      11
      1
  15. ބެއްޔާ

    2016ގައި އެރިޕޯޓް ނެރުއިރު އެއިރު އެވާހަކަ ނުދައްކާ ކަލޭ ހުރީ ކަލޭގެ އީމާންކަން ވަންހަނާކޮށްގެންތަ. މިހާރު އެވާހަކަ ދައްކާމީހުންނާ ދެކޮޅުވަނީ އީމާންކަންގަދަވެފަ ވައްކަން ނުކުރާތީތަ. އެރިޕޯޓާ ދެކޮޅަށް އަތް ހިއްލާލަން ނުކެރުނު މީހުން ދެންކޮންހާ ވާހަކައެއް ދައްކާކަށް. ލާދީނީވިޔަސްތީ ބޮޑުވަރު.

    12
  16. ޙަަލި

    ކުރީ ސަރުކާރު ކިޔުން ކަމަކީ. ފޭރޭވާހަކަ ވައްކަންކުރާ ވާހަކަ އެކަމަކު އަހަރެއްވީއިރުވެސް ސާބިތެއް ނުކުރެވުނު ދޯ.. ތިޔަ ރިޕޯޓަކާހެދިމިހާރު ލާދީނީ ބައިގަނޑު އެތިބެނީ ކަރުފެނުގަ ދެއްކޭ ވާހަކައެއްވެސް ނޭގޭ..

    14
  17. މުޙްސިން

    ކޮންމެ އިރެއްގަ ނެރުނު ރިޕޯރޓެއްކަމަުގަ ވިޔަސް އެ ރިޕޯޜޓަކީ ކީރިތި ރަސޫލު ޞޢވ އަށާ އިސްލާމް ދީނަށް ފުރައްސާރަކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝަރީކު ކޮށް އެމްޑީޕީގެ ތާއީދާއެކު އެމްޑީއެން އިން ނެރެފައިވާ ރިޕޯޓެއްކަމަށް ނޫނީ ނުވާނެ. އެކަން ދިވެހި އެންމެހާ ރައްޔިތުން ޤަބޫލުކުރާ ޙާލު ރައްޔިތުންގެ ނިދާއަކީ އެރިޕޯޓް ނެރި މީހުންނާއިމެދު އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅޫ އަޅާ އެ އިސްލާމް ދީނާއި ދެކޮޅޫ ޖަމްޢިއްޔާ އުވާލުމަށް. ހާސަރު ނުގޮވާ އެކަން ވީހާވެސް އަވަހަށް ކުރަންވީ. ނޫނީ ރައްޔިތުން އިހްތިޖާޖަށް ނިކުމެ ﷲ ގެ ދީން ޙީމާޔަތްކޮށް ކީރިތި ރަސޫލާގެ މަތިވެރިކަމަށްޓަކައި މަސައްކަތް ފަށޤޓާނެ.

  18. ގޮގް މެގޮގް

    އެއްކަލަ ކަނޑުކޮސް ގިޓާ.ކަލެ ދޭބަލަ މަހަށް.