މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓު ކުށްވެރިކުރުމުން އެރިޕޯޓުގެ "އަސްލު" ގެއްލޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމް މިސަރުކާރުން އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރަން ބޭނުން ނުވާކަމަށާއި، އެމްޑީއެން ރިޕޯޓް ކުއްވެރި ނުކޮށް ސަރުކާރުން ފިލަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްދުުދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ވިސްނަން ޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ. އެގޮތުން ދީނީ ގޮތުން ހައްދުފަހަނަ އަޅައިފައިވާ އަދި ސީރިއާ އަށް މީހުން ފޮނުވުމަށް މަސައްކަތް ކުރާ މީހުން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުން އެރިޕޯޓާ ގުޅިގެން ނުރުހުން ފާޅު ކުރަމުން ދާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މި ރިޕޯޓު ކުށްވެރިކޮށް ދެކެވޭ ވާހަކަތަކުގެ ސަަބަބުން މި ރިޕޯޓުގެ އަސްލު ގެއްލިގެން ދާކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓާ ދެކޮޅަށް އެންމެ ގިނައިން އަޑު އުފުލަމުން ދަނީ އެ ރިޕޯޓުގައި ހަރުކަށި ވިސްނުން ގެންގުޅޭ އަދި ސީރިއާ ފަދަ ތަންތަނަށް ހަނގުރާމައަށް މީހުން ފޮނުވާކަމަށް ބަޔާންކޮށްފައި ވާ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ބުނެފައި ވަނީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި މާ ބޮޑު މައްސަލައެއް ނެތް ކަމަށާއި ހަމައެކަނި މައްސަލައެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތީ ރަސޫލާގެ ނަންފުޅު އައުމަށްފަހު ސަލަވާތް ފާތިހާ ނުކިޔައި އޮތް ތަންކޮޅު އެކަނި ކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށް އެމަނިކުފާނު ގަނޫލުފުޅު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެެވެ.

އަދި ކީރިތި ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ އަކީ ސައިންޓިފިކް ގޮތުން ގަބޫލް ނުކުރެވޭ ވާހަކައެއް ކަމަށް އެ ރިޕޯޓުގައި އޮތުމަކީ މައްސަލައެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އިސްރާ މިއުރާޖް ވާހަކައަކީ އެކި ދަންނަ ބޭކަލުންގެ މެދުގައި ދެބަސްވެވޭ ވާހަކައެއް ކަމަށާއި އެހެނަ ކަމުން އެ ރިޕޯޓުގައިވެސް އެވާހަކަ ސައިންޓިފިކް ގޮތުން ގަބޫލް ނުކުރެވޭ ކަމަށް އޮތުމަކީ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު އެމްޑީއެން ކުށްވެރި ނުކޮށް ވާހަކަ ދައްކާކަމަށާއި އެކަން ގިނަ ފަރާތްތަކަކުން ކުއްވެރި ކުރަން ފެށުމުން އެމަނިކުފާނު ވަނީ އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި "ސީރިއާ އަށް މީހުން ފޮނުވަން މަސައްކަތް ކުރާ" ފަރާތްތަކަކީ ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންނެވެ.

އެމްޑީއެން އިން ދަނީ ދީނީ އިލްމުވެރިންގެ އިތުރުން ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމަށް ގޮވާލައި މަސައްކަތް ކުރާ ސަރުކާރު ވުޒާރާ ތަކާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާތް ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި އަދާލަތު ޕާޓީ އަދި އިސްލާމިކް މިނިސްޓްރީ ހިމެނެއެވެ.

އެމްޑީއެން މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގިގު ކުރަމުންނެވެ. އަދި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓް ލިއުމުގައި ބައިވެރިވި އެ ޖަމިއްޔާގެ އިސްފަރާތްތަކުން ފުލުހަށް ހާޒިރުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެެވެ. އެގޮތުން ފައުންޑަރ ޝަހިންދާ އިސްމާއިލް އަދި އައިޝަތު އަޒްރާ ނަސީމް ފުލުހުންނަށް ހާޒިރުވުމަށް މިހާރު ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ދެން އަސްލުގަ ހިފައިގެން އިނދެބަލަ، ކިހާދުވަހަކު ތިތާ އިނދެވޭތޯ ބަލަން. ﷲ ގެ ރަހުމަތުން މިނުބައިނުލަފާ އާދަމުގެ ދަރިޔާގެ ކިބައިން މި ދުނިޔެ ސަލާމަތް ކުރައްވާށި. އާމީން.

    77
    1
  2. ލކޖފހ

    ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން.
    2018 އާ ހަމައަށް ދިވެހިން އަމިއްލައަށް އަނިޔާވެރިގޮވީ ހައްޤުން ކަމަކާ ނުލާ. ﷲ ތަޢާލާ އެބައެއްގެ މައްޗަށް ކޯފާ ފޮނުއްވަނީ އެކިގޮތްގޮތުން. އަނިޔާވެރިކަމުގެ ކުޑަމިންވަރެއް މިވޭތުވެދިޔަ 10 ވަރަކަށް މަސްތެރޭ އަދި މިފެނުނީ. ދައުލަތް އެކީ ހުސްކޮށް ފަގީރުކޮށްލައިފި. ސަރުކާރުގެ ވަޒީފާތަކުން ލަފުގަހިފާފަ ނަގާ އެއްލާއެލަނީ.

    65
  3. ޙހހ

    ޤުރުއާނުން މިންވަރެއްވެސް މާނައާއި އެކު ނަޝީދަށް ނުބަލާ ކިޔަން އެނގޭބާ..!!

    15
  4. ޢާއިޝަތު

    އެރިޕޯޓުގެ އަސްލު ހިފައިގެން ޖަރުމަނަށް ވަޑައިގަންނަވާ އެތާ އެރޮޕޯޓުގައިވާ ގޮތަށް އުޅެންބޭނުންވާ މީހުން އުޅޭނީ އަހަރުމެން އުޅެންވާގޮތް މާތްﷲގެ ފޮތުގައިވަނީ މާ ކުރީއްސުރެ ބަޔާން ކުރެވިފައި

    19
    1
  5. އެދުރު

    މީ ބޮޑު ސައިތޯނެއް ، އިސްލާމްދީނުގެ އަސްލު ތަކަށް ފުރައްސާރަ ކުރާ މީހުންގެ ދިފާއުގެ މީނާ މި ދައްކާ މޮޔަ ވާހަކަ ގަބޫލު ކުރާނީ ބޮލުރޮދި ކެނޑިފަ ތިބޭ މީހުން

    20
  6. ތިބޭފުޅަާގެ އަޚް

    ދިވެހިން ތިބޭފުޅާ އަށްވުރެ ރަސުޫލާ ދެކެ މާ ލޯބިވެއެވެ ތިބޭފުޅުން ތައުބަާވެ އިސްލާހުކުރައްވާތޯ އަޅުގަނޑު ދުޢާ ކުރަމެވެ އަންނިބެ އަާއި އަންނިބެގެ ތިމާގެ ބެެޭފުޅުން ދެކެ އަޅުގަނޑު ނުހަނު ލޯބިވެއެވެ. އެކަމަކު ދަންނަވަންތޯއެވެ ''މަގެ ދީނާ މަގެ ގައުމަަާ ނުކުޅެއްޗޭ '' ރަސޫލާ އަށްޓަކައި ފުރާނަދޭން ވެސް ތައްޔާރު

    12
  7. ހައްލު

    މި ދައްޖާލު މި ޤައުމުން ބޭރުކޮށްގެން ނޫނީ މިޤައުމު ރަގަޅެއް ނުވާނެ . މިހުރިހާ ކަމެއް މި ކުރަނީ މިދައްޖާލުގެ ރޭވުން.

    20
  8. ހައްލު

    ލާދީނީ ހާމާނުގެ ކިބައިން ޤައުމު ސަލާމަތް ކުރަންޖެހޭ. މީނައަށް ވޯޓު ދީގެން މަޖިލިހަށް ވެއްދި މީހުން ވިސްނަންޖެހޭ.

    22
  9. އެއްވެސްގޮތަކަށް

    ތި އަސްލުގަ ބަގުޑިލައިގެން ހިފަހައްޓައިގެން އިނދޭ. އަދުއްވުންގެ ކިބައިން މިޤައުމު ސަލާތްވާނެ
    إنشاءاللّه
    ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ. މިދިވެހިބިން އިސްލާންކަންމަތީ ލަހައްޓާދޭވެ!
    آمين

  10. Anonymous

    އެމްޑީއެންގެ ރިޕޯޓު ކުއްވެރި ކުރުމުން ރިޕޯޓުގެ އަސްލު ގެއްލޭ - ނަޝީދު

    5 ގަޑިއިރު ކުރިން ( އޮކްޓޯބަރ 22, 2019 )

    އެމްޑީއެންގެ ދިފާއުގައި ވާހަކަދައްކާ މީހުން ތިބީ "ހިނދުކޮޅުގައި"ތޯ ބަލަން އެބަ ޖެހޭ - އިޔާޒް

    4 ގަޑިއިރު ކުރިން ( އޮކްޓޯބަރ 22, 2019 )

  11. Anonymous

    ތިހެން މަޖްލިހުގެ ރައީސް އުޅުމުން، ރައީސްގެ ފެންވަރާއި އެކަމުން ކުރާ އަސަރު ފާހަގަވޭ.

  12. ބޯގަޅި ކަކުނި

    ލާދީނީ ހާމާނު ބުނާ އަނދިރި ސަރުކާރުގެ އަސްލު ގެއްލޭގޮތަށް މިކަލޭގެ ވަހަކަ ދެއްކިޔަނުދޭތި
    މިކަލޭގެއާއި ފެންހިންދާއައި، މިދެ ކަލޭގެ އައުވާނުންގެ ކިބައިން އިސްލާމްދީނާއި މިޤައުމު ރައްކާތެރިކުރައްވާށި. އާމީން...

  13. ދިވެހި މުސްލިމް ދަރިއެއް

    އެރިޕޯޓް ކުއްވެރިކުރަނީ އޭގައި ދީނަށް ފުރައްސާރަ ކޮށްފައިވާތީ، ރިޕޯޓް ކުއްވެރިކުރީމަ އަސްލު ގެއްލެނީ ކަލޭ އޭތި ވަގަށް ނަގަނީތަ؟ ދީނަށް ފުރައްސާރަކޮށް ކޮންމެހެން ރިޕޯޓެއް ނެރެންޖެހޭތަ އަހަރުމެނަށް ހެޔޮ ލާދީނީ ކަމުގެ އަސްލު ގެއްލުނަސް، ތިބުނަނީ ވެދާނެ އެރިޕޯޓް ކުއްވެރި ކުރުމުން އެމައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅުތެރޭ ރިޕޯޓް ނައްތާލަން ޖެހުން ކަމަަށް، ބޭނުމީވެސް އެގޮތް، ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން ލާދީނީ އެރިޕޯޓް ކުއްވެރިކުރަން