ހދ. ކުޅުދުއްފުށީ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ހިންގި އަމަލެއްކަމަށް ބެލެވޭކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި، އެ ހާދިސާއަކީ ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއްކަމަށް ބެލެވޭ ކަމަށާއި އެ އެމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޭގެ އަލިފާނުގެ ސަބަބުން އެ ގެއާ ޖެހިގެން ހުރި ގެއަށްވެސް އަލިފާނުގެ އަސަރު ކޮށް ގެއްލުންވެފައި ވެއެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި ރޯވުމުން ފުލުހުން އެ ސަރަހައްދަށް ދިޔަަ އިރު ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނިގެ ސީލިންގާއި ރަށު ޕިކަޕެއްގައި ރޯވެ އަނދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުގައި، އެ ހާދިސާއަކީ ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ހިނގި ހާދިސާއެއްކަމަށް ބެލެވޭ ކަމަށެވެ.