ނިރުބަވެރިކަމުގެ ތުހުމުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލާގައި ހައްޔަރުކޮށްފައިވާ 27 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރަރިސްޓު ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިޔާގައި ޕޯސްޓުކޮށް އާންމުކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ އާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި ޓެރަރިޒަމްގެ ބިލުގައި ބުނެފައިވާ ގޮތުން ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލުތައްކަމަށް ބުނެފައިވެއެވެ.

މިގޮތުން ހިންގޭ ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލެއްކަމުގައި ބެލެވެނީ އެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛ ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛ ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛ މުދަލަށް ބޮޑެތި ގެއްލުން ދިނުން ފަދަ ކަންކަން ކަމަށް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބުރާނތި

  ކޮބާތައިންސާފު ހައްޔަރުކުރަނވީ ލާދީނީ

  28
  1
 2. އިބްރާހިމް

  ނިރުބަވެރި ހަމަލާއެއް 20/10/2019 ވަނަ ދުވަހު މ. އިއްޒަތްދީނު މަގުގައި ފައިސާ ދަބަހެއް ހިފަެގެން ދިޔަ ބަޔަކަށް 2 ސައިކަލުން އައިބަޔަކު ވަނީ ދީފައިވެއެވެ. މި ޓެރެރިސްޓު ހަމަލާއާއިގުޅިގެން މީހަކު ހައްޔަރުކުރިކަން އެނގިފައިނުވޭ.

  30
  1
 3. އެންދެރި

  އިސްލާމް ދީނުގެ ދިފާއުގަ ހުރިހާ މީހުން ވެސް މަސައްކަތް ކުރަން ޖެހެއެވެ.

  19
 4. މުޙައްމަދު ރަފީޢު

  މިއީތަ އެކިޔާ އަންދާޤާނޫނު ފިލްމަކީ!!!

  16
  1
 5. ސަލީމް

  ﷲ އާއި އެކަލާނގެ ނަބިއްޔާއަށް ފުރައްސާރަކުރާ ބަޔަކާދެކޮޅަށް ނުރުހުން ފާޅުކުރާތީ އެކަން ކުރިޔަނުދިނުމަށް ބިރުދެއްކުމަށްވުރެ ބޮޑު ޓެރަރިސްޓަކު ހުންނާނެބާ؟

  23