ކުރީގެ ސަރުކާރުގައި ހިނގައިދިޔަ، ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުންތަކެއް ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭތީ އެމައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ޚިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތު އޮކްޓޯބަރު 13 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން އަންނަ ކަމަށެވެ. ތަހުގީގު ކުރިއަށް ގެންދަނީ އެކި ގިންތީގެ ފުލުހުން ކަމަށާއި އޭގެ ތެރޭގައި ފުލުހުންގެ އެންމެ އިސް މަގާމުތަކުގެ ބޭފުޅުންވެސް ހިމެނޭ ކަމަށް ފުލުހުން މައުލުމާތު ދެއެވެ.

"ތަހުގީގު ކުރެވޭ ފުލުހުންގެ ތެރޭގައި އެކި ގިންތީގެ ފުލުހުން ހިމެނޭ. މީގެ ތެރޭގައި ފުލުހުންގެ ނޮން ކޮމިޝަންޑް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުން އަދި އެކްޒެކެޓިވް ލެވެލްގެ ފުލުހުން ވެސް ހިމެނޭ،" ފުލުހުން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާކުރަމުންދާއިރު އެމައްސަލައާ ގުޅިގެން އެ ކޮމިޓީއަށް ހާޒިރުވެ، ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މަޖިލިސް މެމްބަރުންވެސް އެ މައްސަލައިގެ ތެރޭގައި ހިމެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފފފފފފ

    ދިވެހިން ބޮލަށް ދުންއަރާނީ ފައިސާގެ ވާހަކަ ދެއްކުމުން ކަމަށްވާތީ، މިހާރު މިފަށަނީ އެހެން ކުޅިއެއް. އަސްލު މައްސަލައަކީ، މޑނ ރިޕޯޓް އެކަން ހަނދާން ނެތޭނެ ހަމައެކަނި ގޮތަކީ މމޕރސ ގެ ވާހަކަ ދެއްކުން ކަމަށް މިސަރުކާރަށް ލަފާދޭ ޖަމާއަތުން ހާމަކޮށްފި.

    22
  2. ޙައިޒަމް

    ފުރަތަމަ ބަލަންޖެހެނީ ތިތާ އުޅޭ ލާދީނީ ގެ މައްސަލަ.