ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެހާދިސާގައި އަނިޔާވެފައިވަނީ ދެ މީހަކަށެވެ. އަދި އެ އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ހައިވޭގެ ހަތަރު ލޭނު ސަރަހައްދުން ކަހާލައިގެން ދިޔަ މަންޒަރު ބަލަން ފަހަތުން އައި ސައިކަލެއް މަޑުކޮށްލުމުން، އޭގެ ފަހަތުން އައި ސައިކަލެއް މަޑުކޮށްގެން ހުރި ސައިކަލުގައި ޖެހިގެން ކަމަށެވެ.

މިއަދު މެންދުނު 12:06 ގައި ހިނގައިދިޔަ މިހާދިސާގައި ކަހާލައިގެން ވެއްޓުނު ސައިކަލުގައި އިން މީހާއާއި އެކްސިޑެންޓުވި ސައިކަލުގައި އިން މީހާއަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިހާދިސާގައި އެކްސިޑެންޓުވި ސައިކަލުތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އެކްސިޑެންޓުގައި ޖެހުނު ތިން ސައިކަލުގައިވެސް ދުއްވަން ތިބީ ލައިސަންސް އޮތް ބައެއް ކަމަށްވެސް ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ފުލުހުންގެ ތަހުގީގު ނިމުނީމަ އެނިމުނީ އެވެ. ހުކުމް އަބްނާނީ ސަރުކާރާ ދެކޮޅައް އެއްޗެކޭ ބުނާ ދުވަހުންނެވެ. ޕާކް ކޮށްފަ އެވެ .

    1
    1
  2. 19 ނަވާރަ

    ބްރިޖް ނަގަން ފެނޭ

    1
    1