ރާއްޖެއަށް ފިޔާ ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓެއް ކަނޑުމަތިން އަޑިއަށް ހިނގައްޖެއެވެ.

އެސްޓީއޯއިންވެސް މިކަން ކަށަވަރުކޮށްދެއެވެ.

އެސްޓީއޯގެ އޮފިޝަލަކު "ވަގުތުވަ އަށް ވިދާޅުވީ، އަޑިއަށް ދިޔައީ އެސްޓީއޯގެ ބޯޓެއް ނޫން ކަމަށާއި މި ބޯޓަކީ ކޮން ގައުމަކު ބޯޓެއްކަން އަދި ނޭނގޭ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި,އަޑިއަށް ދިޔަ މި ބޯޓަކީ މުދާ އުފުލާ ބޯޓެއް ކަމަށާއި, އެ ބޯޓުގައި ހުރީ އެސްޓީއޯގެ 1500 އެއްހާ ބަސްތާ ފިޔާ އެވެ.

އަދި އެ ބޯޓަކީ ހަމައެކަނި ފިޔާ ހިފައިގެން އައި ބޯޓެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިހެން ވިޔަސް ފިޔާ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ" އޮފިޝަލް ވިދާޅުވި އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު މައްޗަށް އުފުލިފައިވާ ދުވަސްވަރެކެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު 80 ރުފިޔާއަށްވެސް އުފުލުނެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދުމަށް އެސްޓީއޯއިން ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އިންޑިޔާއިން ރާއްޖެ އަށް ފިޔާ ލިބެން ފެށުމާ އެކު މިހަފްތާއިން ފެށިގެން ފިޔާގެ އަގު ވަނީ އާންމު ކޮށް ލިބެން ހުންނަ އަގުތަކަށް ބަދަލުވެފައެވެ. އެގޮތުން ބާޒާރުމަތީގައި ފިޔާ ކިލޯއެއް މިހާރު ލިބެން ހުރި 20 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގުއި ޗޮންހެއި

  ހޮވަން ދާންވީތާ

  19
  1
 2. އަހުމަދު

  ހިތާމައިގެ މައްޗަށް ހިތާމަ ދެން ޖެހެނީ ފިޔާ ނުކައި އުޅެން .... ރޭގާ އަލިފާނުގެ ހާދިސާއެއް މިއަދު ބޯޓް އަޑިޔަށް ދިއުން ކޮންމެ ދުވަހަކު މިފަދަކަމެއް އެބަ ހިނގާ ވިސްނާ .... ދީނަށް ފުރައްސާރަކުރުން ހުއްޓާލާ

  38
  2
 3. ބުރޯ

  އިންސޫރަންސް ކުރިންތަ ؟

  20
 4. މަ

  ހާދަ ދެރަައޭ!

  18
  2
 5. ޑިރަސާވެރިޔާ

  އިލާހީ ކޯފާ އަންނާނީ އެކި ގޮތްގޮތަށް.. ސަރުކާރަށް ބާރުބޮޑުވާ ގޮތަށް ކަންކަން މެދުވެރި ވަމުންތިޔަ ދަނީ މާތް ރަސްކަލާނގެޔަށް ގޮންޖައްސަވައި، ވާހަކަތަކާއި އަމަލުތައް ބަހައްޓަވަމުން ގެންދާތީ ކަމަށްވުން އެކަށީގެންވޭ.

  38
 6. ބުލް

  1500 ފިޔާ ބަސްތާ އޭ؟؟ އެޔޮއް ބޮޑު ކުންފުނިން 1500 ބަސްތާތަ ބުރެއްގަ ގެންނަނީ... ހާދަ ހީނުވެޔޭ

  24
 7. ޖައު

  މިވެރިކަމެއްގައި ނުވޭއެއްވެސްކަމެއް ރަގަޅަކައް އަބަދުވެސް ކޮންމެވެސް ބަޔަކައް ކަންތައްތަކެއް ދިމާވެގެން މިދަނީ

  29
  1
 8. އިބްރާހިމް

  ޒީރޯ ޓަލަރެންސް.

  21
  1
 9. މާމިގިލީ މީހާ

  ހުސް މަކަރު. ފޭކް ތީ. މީހުން މޮޔަ ހައްދާން ވެގެން ދައްކާ ފޭކް ވާހަކައެއް ތީ.