ރާއްޖޭގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލާގައި ހިޔާނާތް ވި ފައިސާއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެ ސަރުކާރުގެ ތިން މިނިސްޓަރަކަށް މަންފާ ލިބުނު ކަން ހާމަވެއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އިއްޔެ މާލިއްޔަތު ކޮމެޓީގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ނަން ހާމަ ކުރި ތިން މިނިސްޓަރުންނަކީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފާއި, ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޖަމާލް ގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް މެންބަރުން މިހާރުގެ މަޖިލީހުގައިވެސް އެބަތިއްބެވި ކަމަށް ބިޝާމް ވަނީ އެ ކޮމެޓީގައި ވިދާޅުވެފައެވެ.

އެގޮތުން ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންގެ ގޮތުގައި ބިޝާމް ހާމަކޮށްފައިވާ މެންބަރުންނަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.

އޭސީސީ އިން ތައްޔާރު ކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުން ދައްކާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ވަނީ ކުރީގެ ބައެއް މެމްބަރުންނާއި، މިހާރުގެ މިިނިސްޓަރު ފެންވަރުގެ ބޭފުޅުންގެ އެކައުންޓަށް ފައިސާ ޖަމާވެފަ އެވެ.

ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާވިކަން އެ ރިޕޯޓުން ހާމަވި އެވެ. އޭގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން އޭސީސީގެ ރިޕޯޓުގައި ނަން ހިމެނިފައި އޮތީ ވިލުފުށި ދާއިރާގެ އޭރުގެ މެމްބަރު ރިޔާޒް ރަޝީދާއި، ތ. ގުރައިދޫ ދާއިރާގެ އޭރުގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި، ހުޅުހެންވޭރު ދާއިރާގެ އޭރުގެ މެމްބަރު މޫސާ މަނިކުގެ ނަމެވެ. މި ބޭބޭފުޅުންނަށް އެސްއޯއެފްއިން ފައިސާ ޖަމާވިކަމަށް ރިޕޯޓުގައި ވެއެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ފައިސާ ނެންގެވި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ދަތްނެތްކުއްޖާ

  ބައެއް މެމްބަރުން މަޖީދީމަގުން 16 މިލިއަނުން ގޯތި ގޯތި ގަތީ މި ރައްޔިތުންގެ ގެއްލުނު ފައިސާގެ ތެރެއިން ކަމަށް ބުނާ އަޑު އަހަނމު.

  50
 2. ކޮޕީ

  ކޮބާ ތެމާ ޝިޔާމު. އެއީ އަދީބުއަށް ބޮޑުތަނުން އެހީވި މީހެއް. އޭނާ ހޯދާ ހައްޔަރުކުރޭ.

  37
  2
 3. ަަދާލު

  ރައްޔިތުންނަށް ވިސްނެންވެއްޖެ.

  32
  1
 4. ބްރޯ

  ބިސާމް އާށް ގާނޫނު ނަންބަރު 1/68 ޖ 9 ވަނަ މާޢްދާފެނިލެއްވި ހެން ހީނުވޭ އެސްއޯއެފް އެކައުންޓް ން ދެވޭ ގުރިހާ ފައިސާޢަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ކަނޑައެޅީ ކޮންކޯޓަކުން ކަން ބުނެދީފާނަންތަ

  10
  • ކިނބޫ

   އެސްއޯއެފް އެކައުންޓުން ދިން އެއްވެސް ފައިސާއެއް އެމްއެމްޕީއާރްސީ ފައިސާ ކަމަށް އެއްވެސް ކޯޓަކުން ކަނޑައެޅިކަން ބުނެދީފާނަންތަ؟ ރީލޯޑޭ ބްރޯ ނަމުގަ ކޮމެންޓް ލިޔާނެ ކަމެއް ނެތް. ވަގެއް ތީ.

   13
  • އައްދޯއި

   ކަލޭ ވަރަށް މޮޅޭ. އަދި ކިރިޔާ މިއެނގުނީ ކޯޓަކުން ހުކުމެއް ކަނޑައެޅީމަ އޭގެފަހުންކަން ޕީޖީ އެ މައްސަލަ ކޯޓަށް ހުށަހަޅަނީ. ކަކަކަކަ ތަންފުކެއް ބޮޑުވަރެއްނު ތިދެން.

   12
 5. ކެކެކެ

  ރަތްލާޖެހި ބޮޑުވަގު ދިވެހި ދިދައަށް ހުތުރު އަރުވާނެ ކަމެއް ނެތް.

  20
 6. ބެއްޔާ

  މަހުލޫފު ބޮޑު ވަގު

  24
 7. ނޫނޭ

  މަހުލޫފު ހީކުރަނީ ނައިބު ރައިސްގެ ކޮއްކޮ އާއި އިދެގެން އުޅޭތީވެ މީނާ މިއީ ހުދު ފޮތިކޮޅެއް ކަމައް..

  25
 8. ހުސޭނުބޭ

  މަށަށް ޔަޤީންވަނީ އިބްރާހީމް މުޙައްމަދު ޞާލިޙް ކެނބިނެޓް އެކުލަވާލައި ވަޒީފާތައް ހަވާލުކުރިއިރު އެންމެ ބޮޑެތި ވަގުންނާއި އެންމެ ބޮޑަށް ދީނަށް ފުރައްސާރަކުރާ މީހުންނާއި އެންމެ ކަރަޕްޓް ހުސްއަނގަތަޅާ މީހުން ބަލައިގެން ވަޒީފާ ދީފައިކަމަށް! އެހެންޏާފަހެ އެނޫން އެއްޗެއް ތި ސަރުކާރުން ފެންނާކަށްވެސް ނެތް!

  29
 9. ގލޅ

  މަހްލޫފް އަކީ އެންމެގިނަ ފާއިސާ ބޭނުންކުރި މީހާއެވެ
  އަދިވެސް އޭނާ އެހެރީ ވަރުގަދައަށް ދިއްލިފައެވެ ކުށެއްނެއް
  ސާފު އިއްޒައްތެރިއެއްގެ ގޮތުގައެވެ ހީލަތްތެރިން ތިބޭނީ
  މިގޮތަށެވެ ދެކޮޅުން ކާން މިވަރެއް ނެތެވެ.