ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި މެދު ހިނގީ ހަމަނުޖެހުމެއް ނޫން ކަމަށާއި، ގާސިމްގެ އަތުން ޝަރީފްގެ އިސްތަށިފުޅުގައި ޖެހުނީ ސަމާސާއެއްގެ ތެރެއިން ކަމަށް ޖޭޕީ އިން ހާމަކޮށްފިއެވެ.

ޖޭޕީ އިން ވަނީ ގާސިމް އާއި ޝަރީފް އާއި މެދު ހަމަނުޖެހުމެއް ހިނގައިފައިވާ ވާހަކަ ދޮގުކޮށްފައެވެ. އެ ޕާޓީގެ މީޑިއާ ގްރޫޕްގައި ޖޭޕީޣެ ސްޕޯކްސް ޕާސަން ވިދާޅުވީ ހަމަނުޖެހުމެއް ހިނގައި ގާސިމް ޝަރީފް އަށް އަނިޔާއެއް ދީފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ގާސިމާއި މެދު ނަފްރަތު އުފެއްދުމަށް މަޖިލީހުގެ ތަޅުމުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަ ތަކެއް ކަމަށެވެ. އަދި މަޖިލީހަކީ ފިލްމުކުޅެން ދާ ތަނެއް ނޫން ކަަމަށް އޭނާ ބުނެފައިވާކަމަށް އެޕާޓީގެ ސްޕޯކްސް ޕާސަން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ ގާސިމް އިބްރާހިމް އަކީ ސަމާސާ މިޒާޖެއްގެ ބޭފުޅެއް ކަމަށާއި މީގެ ކުރިންވެސް ރައީސް ނަޝީދުފަދަ ބޭފުޅުންނާ އެކުވެސް ސަމާސާ ކޮށްފައިވާކަމަށެވެ. އެހެން ކަމުން ސިޔާސީ ބޭފުޅުން ކުރައްވާ އެފަދަ ކަންކަމުގެ ނާޖާއިޒް ފައިދާ ނަގަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެކަން ހިނގުމާއެކު ބައެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކަން ހިނގަން މެދުވެރިވީ ގާސިމް އާއި ދިމާލަށް ޝަރީޕް "ސޭޓު" އަށް ގޮވުމުންނެވެ. އަދި އެކަމާ ހިނތްހަމަ ނުޖެހި އަތް ހޫރާލުމުން ގާސިމްގެ އަތުން ޝަރީފްގެ އިސްތަށިފުޅުގައި ޖެހި އޭނާ ހޭކެނޑުނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 19 ނަވާރަ

    ތިޔަ ޝަރީފަކީ ހިތައްއެރި އެއްޗެއް ދުލުން ބޭރުކުރަމުންދާ މީހެކެވެ. ޝަހިއްދާއަށް ދޫނުކުރާ ޖާހިލެކެވެ.

    12
  2. ލޮނުމިރުސް ޓޯޓޯ

    ޙުރިހާ ކުދިން ހެލްމެޓް އަޅައިގެން ތިބޭ ދަގަޑު ޖ ލައިގެން އިސްތަށިފުޅު ހިގައިދާނެ އިގިލިކުރިން ޖެހިފަވެސް???

    12
  3. ނަފީސާ

    ޝަރީފުގެ އިސްތަށިފުޅު؟ ހޭކެނޑުން؟ ކޮންކަހަލަ ވާހަކައެއް؟

    13
    1