މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ލާދީނީ ރިޕޯޓު ލިއުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުކުރަން އިއުލާންކުރި، އަޒްރާ ނަސީމް އޭނާގެ ތީސީސް ރިޕޯޓެއްގައި ކީރިތި ޤުރުއާނާއި ﷲގެ ރަސޫލާ صلى الله عليه وسلمގެ ކަރާމަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ހިމަނާފައިވާކަން ހާމަވެއްޖެއެވެ.
އަޒުރާ ނަސީމް މިހާރު މަސައްކަތް ކުރަމުން އަންނަނީ އަޔަރލޭންޑްގެ ޑަބްލިން ސިޓީ ޔުނިވަރސިޓީގެ ޓެރަރިޒަމް އެކްސްޕާރޓެއްގެ ވަޒީފާގައެވެ. ހަމަ އެޔުނިވަރސިޓީން ޕީއެޗްޑީ ހާސިލް ކޮށްފައިވާ އަޒުރާ އަކީ، މީގެ ކުރީން އާއްމުކޮށް އެނގިފައި ނެތަސް، އިސްލާމް ދީނަށާއި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް މުހާތަބުކޮށް ނޭދެވޭ ބަހުރުވައިން މާކުރިންވެސް ލިޔެފައިވާ މީހެކެވެ.
އޭނާ އެ ޔުނިވާސިޓީގެ ޕީއެޗްޑީ ހާސިލް ކުރުމަށް ޓެރަރިޒަމާ ގުޅޭ ގޮތުން ހެދި ތީސީސްގައިވެސް ދީނާ ޚިލާފު ވާހަކަތައް ލިޔެފައިވެއެވެ. އެ ތީސީސްގައި އޭނާ ލިޔެފައިވަނީ، ކީރިތި ޤުރުއާނަކީ ވަރަށް ވަރުގަދަ ދޮގޮތަކެއް ހިމެނޭ ފޮތެއް ކަމަށާއި "މުހައްމަދު (ކީރިތި ރަސޫލާ صلى الله عليه وسلم) އަށް ތަބާ ވުމަކީ ޝައިތާނާއަށް ތަބާވުން ފަދަ ކަމެއް" ކަމަށެވެ.
އެ ތީސީސް ރިޕޯޓުގެ 58 ވަނަ ސަޕްޙާގައި އޭނާ ލިޔެފައިވަނީ މިހެންނެވެ.
"މުޙައްމަދުގެ ޤުރުއާނަކީ ކްރިސްޓިއަނުންގެ ޙަޤީޤަތް މުޅިންހެން ދޮގުކޮށްލާ ވަރުގަދަ ދޮގޮތަކެއް ހިމެނޭ އެއްޗެއް." މިހެންނެވެ. އޭނާ މިހެން ބުނެފައިވަނީ މާޓިން ލޫތާ ނަމަކަށް ކިޔާ މީހަކު ލިޔެފައިވާ "ވޯކްސް އޮފް މާޓިން ލޫތަރ ވޮލިއުމް 5" ފޮތާ ހަވާލާދީއެވެ. ހަމަ އެފޮތާ ހަވާލާދީ އޭނާ ބުނެފައިވަނީ "މުޙައްމަދުގެ (ކީރިތި ރަސޫލާ صلى الله عليه وسلم) އުއްމަތަކީ ބަދަލުހިފުމުގެ ރޫޙު އޮންނަ ފަސާދަވެރިކަމުގެ އުއްމަތެއް" ކަމަށެވެ.
މި ފާހަގަކުރެވުނު ކަންކަމުގެ އިތުރުންވެސް އޭނާގެ ތީސީސްގައި އެފަދަ އެތައް ވާހަކައެއް އެބަހުއްޓެވެ.
މިފަދަ ބަސްތަކުން ދީނާއި ރަސޫލާ މުޙައްމަދު صلى الله عليه وسلمގެ މާތް ޒާތުފުޅާއި ކީރިތި ޤުރުއާނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސްތަކުން އެ ތީސީސްގައި ހިމަނާފައިވާއިރު އެމްޑީއެން މައްސަލާގައި ހޯދާ އަޒްރާ އަކީ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓު ލިއުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި އެއް ޝަޚުސެވެ.
މިކަލޭގަޢަށް ހަލާކުހުރި
ރަންގަޅު ވާހަކަ އެއް
އެމް ޑީ ން ރިޕޯޓު ލިންކު ދީބަ
ގޫގަލް ސާރްޗް ކޮށްލީމަ ފެންނާނެ
މި އިންސާނާއަށް މާތްﷲ ހެޔޮގޮތް މެދުވެރިކުރައްވާ ދޭވެ. ﷲ ވަނީ ގިނަގިނައިން ތައުބާވުމަށް އަންގަވާފައެވެ.
ކަލޭ ލަދެއްނުގަނޭތަ ކަލެޔައް ތިނަން ކިޔާތީ.
މީނަގެ ސެޓިފިކޭޓް ބަލައި ނުގަތުމަށް ސަރުކާރުގައި ދަންނަވަން.
ޢިސްލާމް ދީނަށް ތިޔަކަހަލަ ޝައިތާނުން އިހާނެތި ބަސްތަށް ރައްދު ކުރާއިރު އަހަރެމެން މިތިބެނީ އަތްޖަހާލަ! ކޮންމެވެސް މިނިސްޓްރީއަކަށް ޑރ ކިޔާފަ ވަޒީރު ކަމަށް އިސްކުރީމައެއޮތީވެފައި،
ތީ ދިވެއްސެއްނޫން އެހެންވީއިރު. ދިވެހި ރައްޔިތުކަން ތީނައަށް ހައްގެއްނޫން. ބޭރުގަ ކިޔެވިކިޔެވީނުން ގޮސް ބޭރުވީ ދޯ.
މީނަގެ ދަރިވަރެއް ނޫޝިންއަކީ
شَيْطَانނަކީ ކޮބާކަން މިހިރަ ދަނީ ފެންނަމުން الله އިރާދަކުރެއްވިޔާ މިމީހުން މޫނުވަތަށް ލަހެއް ނުވެ ވެއްޓޭނެ ކިތެއްމެބޮޑުރަހުމަތެއް ލިބުނަސް އާފިލުވެފަ ތިބި ބައެކަށް ނުވިސްނޭނެ
ކިޔެވި ކިޔެވީނުން ކާފަރުވުން.
ހުރި ހިތާމައެއްގެ ބޮޑުކަމާއެ. މި ގައުމުގެ ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް ވެގެން މިދަނީ މުނާފިގުންގެ ސިފަހުރި މީހަކަށެވެ
ކޮންމެ މީހެއް ނޫން. އަބަދުވެސް މޑޕގެ ފަރާތުން އަންނަނީ މުނާފިގުން. އެވަރުން ވެސް ދިވެހިންނަށް އެއްޗެއް ދަސްވާ ކަމަކަށް ނުވ3
ތިޔަ ތީސިސް އޮތީ ކޮންތާކު.
ތީސީސް އެ އޮތީނުން ހަބަރު ގައި.
ތިކަންކުރި މީހުނައްވުރެ ބޮޑައް ތިމައްސަލާގަ އެމްޑީއެންއައް ވުރެވެސްބޮޑައް ކުރީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްޑީޕީގެ ރައީސްގެ އަޑުމިއިވެނީ އެއްކޮޅައްވިއަސް ދެކޮޅައްވިއަސް ފުލުހުން ހޯދަނީއެހެންބައެއް އަޑުއައްނަނީ ރައްޔިތުން ތަމްސީލުކުރާ މުއައްސަސާއެއްގެ ވެރިއެއްގެއަޑު ކޮންގުޅުމެއް އޮތީ މިކަމުގެ.
ދިވެހި އައިޑެންޓިޓީ ނިގުޅައިގަނޭ މިތަނަށް އައީމަ ހައްޔަރުކުރޭ
އޭނައަށް ދޭންވީ ކޮން އަދަބެއްތަ؟
މުޖޫ ނައީ މް އިސްލާ މް ދީނާއި އެއްކޮޅަށް އެއްޗެއް ބުނެފިއްޔާ އެހުރި ގައުމަކުން އޭނާ ބޭރުކުރާނެ އަދި އެމީހުންގެ މަދަދެއް ނުލިބޭނެ.
ހަ މަ އެގޮތަށް މީނަވެސް އެކްސްޕާޓަކަށްވީ ދީނާއި ދެކޮޅުވު މުން. ދިވެހިން ލުއި ފަސޭހަގޮތަށް ބޭރު ގައު މުތަކުގައި އުޅެން ދަސްކުރީ.
އެނބުރި އަންނައިރު ތިބޭނީ ވެލަޒިނީވެފަ.
ޓެރަރިރަމް އެކްސްޕާޓެކޭ....... ތި ދައިތަ ތިއީ ފިތުނަ ފަސާދަ އެކްސްޕާޓެއް! ބަލާ ޖަހާ ވައްތަރު!
ލިޔުމުގެ ފަހަތުން 2 ވަނަ ޕެރެގްރާފުގައި ތީސީސްގެ ލިންކު އެބައިން.
ޑައުންލޯޑް ކޮށްފިން. ކިޔައިވެސްފިން. ވަރަށް މޮޅު ލިޔުން..
މޮޅުވި ސަބަބު
ތި ޝައިތޯނާގެ ނަން ބަދަލު ނުކޮށް އެ އުޅެނީ ކީއްވެ ބާއޭ ހިތަށް އަރާ އަޒްރާ ގެ ބަދަލުގަ ކްރިސްޓީނާ ކިޔަން ވީނު ??
އުނިކަން ލިބޭ ބައި ނުކިޔާތި އެކަކުވެސް. އެބައި އޭނާއަށް ދައްކާފައި އިސްލާހު ކޮށްލަން ބުނޭ.
ޔޫޓިއުބުގާ އެހުރީ 2008 ގެފަހުން ބޭފުޅަކުދެއްކި ވާހަކަތައްވެސް މިހާތަނަށް ފިޔަވަޅެއްނަޅާ އަޒްރާ ލިއުނު ފޮތުގަ ހުރިވާހަކތަކަ މިރިޕޯޓްގަ ހުރި ބައެއްވާހަކަތަކަ ދިމާވޭ 2019 ފެބްރުއަރީ އާ އެގެ ކުރިންވެސް އަޒްރާ އުޅުނީ އިގިރޭސި ވިލާތުގައިބާ ؟ރާއްޖޭގަ ހިގާ ޖަމްއިއްޔާގެ ވެބްސައިޑް ގަ އަޒްރާ ލައްވާ ލިއުނީ ކާކުތަ ؟އެމީހާ ހުރީ ކޮންތާކު ؟ޔޫޓިއުބުގާ ހުރި ވާހަކަތަކުގެ ވެރިމީހާ ރާއްޖެ އައިފަހުންނޫންތަ މިރިޕޯޓްގާ އެހެރަ ވާހަކަތައް ލިއުނީ . ހާދަ ހީވޭ އެހެން މީހެއްހެ ބޮލަށް ކަނޑަލާފަ އެއްފަރާތްވެލުމަށް މީހަކު މަސައްކަތް ކުރާހެން.
އަޅޭ މިވަރުގެ ނުބައި ބަޔަކުގެ ހިމާޔަތުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް އަޅުގަންޑު ހީނުކުރަން. ދެނެއް އެމްޑީޕީ މެންބަރެއް ގޮތުގަ އަޅުގަނޑަކަށް ނުކެރޭނެ ހުންނާކަށް. ލައްކަ ދުވަހު ކެތްކޮށްފިން.
الْحَمْدُ للَّهِ ޗަކޮޔަށް ހަމަވިސްނުނީތީ، ޔާﷲ ނިދިފަ އަދި މިޝައިތޯނީ ބައިގަނޑުގެ އަވާގަޖެހިފަތިބި ދިވެހިންނަށް ހެޔޮވިސްނުންދެއްވާ ހައްގާއި ބާތިލް ވަކިވާބަޔެއްކަމުގައި ލައްވާށި. އާމީން. އާމީން. އާމީން ޔާ رَبِّ الْعَـلَمِينَ
މީ ޝުޖޫންއާ ވަރަށް ގާތް މީހެއް.
ފެންނުވަރާ ގުރޫޕުގެ ކުއްޖެއް.
ދިވެހި ރާއްޖޭގެ ސަރުކާރަށް ގޮވާލަން މީނާގެ ޕީއެޗްޑީ ސެޓްފިކެޓް ރާއްޖެއިން ބަލައިނުގަތުމަށް. އަދި މީނާ މިކަމަށް ތައުބާވެ އޭނާގެ ތީސިސް އަކީ ހަޤީގަތާ ޚިލާފަށް ލިޔެފައިވާ އެއްޗެއްކަން ދުނިޔޭގެ އެންމެ ގިނަމީހުން ބަލާ މީޑިޔާއެއްގައި ހާމަނުކުރާ ހާ ހިނދަކު މީނާ އަކީ މުސްލިމެއް ކަމުގައި ނުބެލުމަށާއި މީނާގެ މައްޗަށް މުރުތައްދު ހުކުމް ތަންފީޒު ކުރުމަށް ސަރުކާރަށާއި އިސްލާމިކް މިނިސްޓރީޔަށް ގޮވާލަން.
ތިޔަ އަޒްރާ އަކީ ތީދެން ކާކު، އޭނާ ލިޔެފައި އެއޮތީ ޝައިޠާނީ ތީސީސެއް. އެކަމުގެ ސަބަބުން އޭނާ އެވަނީ ކާފިރު ވެފައި، އޭނާ ގެނެސް ނަޞީޙަތްދިނުމަށް ގޮވާލަން
ޢިސްލާމް ދީން ގަބޫލު ނުކުރާ މީހުން މުސްލިމް ޤައުމެއްގަތިބެ އެވަރުގެ ދަށުދަރަޖައިގެ އަމަލުތައް ކުރަންޔާ އަދަބު ދޭންޖެހޭނެ..
ތިޔައީ ލާދީނޯ ސައިތޯނެއް ޔާ ﷲ އަނިޔާވެރި ވޭންދެނިވި ގޮތަކައް ތިޔަ ސައިތޯނާ ހިއްޕަވާންދޭވެ.
ތި ރިޕޯޓް ކިޔާފަތަ އެންމެން ކޮމެންޓް ކުރަނީ
ބޭރުކަރައިގަ ކިޔެވައިން މިތަނަށް އައިސް ނުހުންނާނެ މުނާފިގަކު (މާނައީ މުސްލިމެއް ގޮތަށް ދެއްކިގެން ހުރި ދީން ގަބޫލުނުކުރާ މީހުން،) ނުވަތަ އެތީސްޓަކު ނޫން އެކަކުވެސް. އަޒްރާއެވެ. ކަލެއާހުރެ އަޖާބެއް ނުވަމެވެ. އެހެނީ ދުނިޔޭގަ ތިބުން އޮތީ ރައްބު ގަބޫލުކުރާ މީހުނާ ނުކުރާ މީހުނެވެ. ކަލޭގެ ގަލަމަކުން ދުލަކުންވެސް މުސްލިމެއްގެ އަގީދާއަށް އުނިކަމެއް ނުލިބޭނެ. ގިޔާމަތާހަމައަށް އުފުލިގެންވާނެ ނަމަކީ މުހައްމަދުއް ރަސޫލުއްﷲ ސއވ. ޢަދި އުފުލިގެންނެ ފޮތަކީ ކީރިތި ގުރުއާން. ކަލެއާ މަށާދެމީހުން ލިޔެހަދާ ރިސާޗް ޕޭޕަރަކީ މީހަކު ނުމެކިޔާ ޑަސްބިނަށް ލާނެތަކެއްޗެވެ. ކިއަސް ކިއާނީ އެ ހަދަން ބުނިމީހާ އެކަނެޏެވެ. ކަޑަނުވާށެވެ.
ތިވާނީ ތީނަޔަށް ތީސިސް ލިޔަން ނޭގިގެން ކުރިސްޓިއަނަކު ލައްވާ ލިޔުނު އެއްޖެކަމަށް!
ފެންނުވަރާ ތިބޭމީހުންގެ ހުންނަނީ އެއްފިކުރެއް!
މިދެން ކާކު އެކަމާ ބެހިގެން އުޅެން. ކޮން ފެންވަރެއް ހުރެގެން އުޅޭ މީހެއް. އަޚުލާޤެއް ނެތްތާ ސިކުނޑިއެއްވެސް ނެތް މީހެއް.އޭނާ އެ ގެއްލި ހަލާކިވަނީ އަމިއްލައަށް. ކާފަރުން ދެރިޔާ ބައި ދިނީމަހެއްލިގެން.