ގުޅިފަޅު ބަނދަރު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތަށް ބިޑު ކުރަން ހުޅުވާނުލައި އެމަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޮސްކާލިސް ކުންފުންޏާއެވެ. ގުޅީފަޅު ހިއްކުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ބޮސްކާލިސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އޭރިއާ މެނޭޖަރު ޑޭވިޑް ބޫސްޓެޓެވެ.

އެ އެއްބަސްވުމުގެ ދަށުން 180 ދުވަހުގެ ތެރޭގައި ގުޅީފަޅުން 16 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި، ހަަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލާން ހަމަޖެހިފައިވެއެވެ.

ގުޅީފަޅުގެ ބަނދަރު ހެދުމަށް ބަޔަކާ ހަވާލުކުރި އިރު ސަރުކާރުން މީގެ ކުރިން ބުނެފަިއވަނީ 2022 ގައި އެ ރަށުގެ ބަނދަރު ބޭނުން ކުރެވޭ ވަރު ވާނެ ކަމަށެވެ. އެގޮތުން އެ ރަށުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ކޮންސެލްޓެންސީ ދޭން ސަރުކާރުން ވަނީ 1.6 މިލިއަން ޑޮލަރަށް ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ާއާދަނު

  މިއޮތީ ޒީރޯޓޮލަރެންސްގެ ދަށުން ދިވެހިންނަށް ފުރުސަތު ދީފަ ދައުލަތުގެ ހުރި ބަޖެޓު ގާދޫކޮލުންބޭރު

  50
 2. ނާނު

  ޒީރޯޓޮލެރެންސް ގެ ދަށުން ހިނގާ ކަންކަން

  45
 3. ޢަބްދުއްލާ

  ބިޑުކުރަން ހުޅުވާނުލައި ގުޅީފަޅު ހިއްކަން ހަވާލުކޮށްފި

  1 ގަޑިއިރު ކުރިން ( އޮކްޓޯބަރ 22, 2019 )

  މިއީ ދިެހިންނަށް ދިން އަނިޔާއެއް.

  އަށް މިހާ މިކަން ކުރެވެން އޮއްވާ ބޭރުބަޔަކަށް ދިނުމކީ އަނިޔާއެއް.

  42
 4. ނަސަިދު

  ރަޢީސް ޔާމީންވެސް ހަމަ މިގޮތައް ކަންތައްކޮއްފައި ހުރީ އެހެންވެ 2023 އެމްޑީޕީ އަކައް ދެން ނުލިބޭނެ ސަލަމް

  20
  9
 5. Anonymous

  ޒިީރޯޓޮލެރެން ހަާދަފައްކަލެޭ

  39
 6. ދދދދދދ

  ހުސް ވައްކަން ކުރަނީ. ވަގުންތައް ދެވަނަ ދެކަމެއް ނުކުރޭ ވައްކަން ކުރުން ފިޔަވާ.

  25
  1
 7. އަބޯ

  2008 ގަ އައި ސަރުކާރުން ގުޅީފަޅުދިނީ ބޮސްކާލިސްއަށް ބީޑް ކޮށްގެންތަ ؟ތިލަފުށި ހިއްކަން ރީކޯ އަށް ދިނީ އެންމެ އަގިހެޔޮނުވަތަ އެންމެ ގާބިލް ފަރާތަށް ވެގެންތަ ؟އަދިވެސް ތިލަފުށި އެއޮތީ ނުހިކި

  4
  1
 8. ސަބީ

  ތިތަން އަގުހެޔޮކޮއް ހިއްކަން ރައީސް ޔާމީން މަހާޖައްރާފު ގެނައީ. އެއީ ތިކަހަލަ ބޮޑެތި މަސައްކަތްތަކުގެ ޕުރޮޖެކްޓު ދިވެހި ކުންފުނިތަކައް ދޭންވެގެން. މިމީހުން ބޭނުންވަނީ އެ ޑުރެޖަރުޗެސް ހަލާކުކޮއްލަން. އަމިއްލަ ދީނައް ހެޔޮކޮއަ ނުހިތި ބަޔަކު ގައުމައް ވަފާތެރިއެއް ނުވާނެ.

 9. އަބްދޫ

  ހުޅުމާލެ ދެވަނަ ފިޔަވެހިގެ ބިން އަދި އޮތީ ހުސްކޮ ށް ބޭނުން ނުކުރެވި ކަމުގަިވާއިރު ހުލުމާލޭގަ އީމާރާތް ކުރުމުގެ ބަދަލުގައި ގުޅީފަޅު ހިއްކަން ފެށުމަކީ އަދި މަހާޖައްރާފާ އޮއްވާ 2008 ގަ ބިން ހިއްކި ކުންފުނި ބޭނުން ކޮށްގެން ބިން ހިއްކަން ފެށުމަކީ ކުރިޔަށް ގެންދެވިގެން ވާނެ ކަމެއް ކަމަކަށް ނުދެކެން އޭސީސީ ން މަސައްކަތް ހުއްޓުވަން ޖެހޭނެޚަމަށް ދެކެން

  10