މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް މުޒާހަރާ ކުރުމުގައި އާންމު ރައްޔިތުން ސަމާލްކަން ދޭން ޖެހޭ 10 ކަމެއް އިލްމުވެރިންގެ ގުޅުމުން އާންމުކޮށްފިއެވެ.

އިލްމުވެރިންގެ ޖަމިއްޔާއިން މިކަންކަން އާންމުކުރީ ނެރުނު އިއުލާނެއްގައެވެ. އެ އިއުލާނުގައު ޖުމްލަ 10 ކަމެއް ފާހަގަކޮށްފައިވެ.

އެ އިއުލާނުގައި އެންމެ ފުރަތަމަ ނަންބަރަކަށް ބުނެފައި ވަނީ މުޒާހަރާ ތަކާއި އެއްވުންތައް ބާއްވާއިރު ނަމާދު ވަގުތުތަކަށް ބުރޫ ނާރާފަދަ ގޮތަކަށް ކުރިޔަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި އެއްވުން ތަކާއި މުޒާހަރާތައް ކުރިޔަށް ގެނދިއުމުގައި މަގުތަކުގައި ހިނގައިބިގައި އުޅޭ ފަރާތްތަކަށް ދަތި ނުވާނެހެން ތިބުމާއި، އެއްވެސް ބާވަތެއްގެ މުދަލަކަށް ގެއްލުން ނުދިނުމާއި އަދި އެފަދަ ކަމަކަށް މަގުފަހިވާ ވާހަކައެއް ނުފެތުރުމަށް ވެއެވެ.

މީގެ އިތުރުން މާރަމާރީ ތަކަށް ހިތްވަރުދީ އެއްވެސް އަމަލެއް ނުހިންގުމަށާއި، ކުއްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރުމަށާއި، އެކަމެއް ކުރިއަށް ގެންދިއުމުގައި މިންގަނޑުތައް ބައިވެރިންނަށް އިސްކޮށް ހަރަކަތްތެރިވާ ފަރާތްތަކުން ކިޔައިދިނުމަށްވެސް އެ އިއިއުލާނުގައި އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކުރެއެވެ. އަދި ހިނގާލުން ކުރިއަށް ގެންދާ ވަގުތު އެއްވެސް ފަރާތަކުން އަދަބާ ހިލާފުވޭތޯ ބެލުމަށް އެކަށީގެންވާ ޓީމެއް އެކުލަވައިލުމާއި، މީހަކު އަދަބުތަކުގެ ބޭރުން ކަމެއް ކޮށްފި ނަމަ ނަސޭހަތް ދިނުމާއި އެފަދަ ކަމެއް ތަކުރާރު ކުރާ ހާލަތުގައި އެކަށީގެންވާ ފިޔަވަޅެއް އެފަރާތަކަށް އެޅުމުގެ އިތުރުން މިބާވަތުގެ އެއްވެސް ހަރަކާތެއްގެ ތެރެއަށް ސިޔާސީ ކުލަވަރު ނުވެއްދުމަށް ވަނީ އެ ޖަމިއްޔާއިން އިލްތިމާސްކޮށްފައެވެ.

އިިލްމުވެރިންގެ ޖަމިއްޔާއިން މިކަންކަން ކުރާނެ ގޮތް އާންމުކޮށްފައި ވަނީ ބައެއް ފަރާތްތަކުން އިންތިޒާމް ކޮށްގެން ބާއްވާ މުޒާހަރާ ތަކާއި ހިނގައިލުން ތަކުގައި ބޭނުންކޮށްގެން ނުވާނެ ބައެއް ބަހުރުވަތަކާއި، މާރާމާރީ އަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ގޮވާލުމުގެ ސަބަބުން އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުންވެސް ބައެއް ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި މީހުން މެރުމަށާއި އެންދުމަށް ގޮވާލަމުންދާ ގޮވާލުންތައް ފުލުުހުންވެސް ވަނީ ކުއްވެރިކޮށްފައެވެ. އަދި އެފަދަ ބަސް މަގު ނުގެންގުޅުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބްދުއްލާ

    އެމްޑީއެންއާ ދެކޮޅަށް މުޒާހަރާ ކުރުމުގައި ސަމާލުކަން ދޭންވި ކަންކަން އާންމުކޮށްފި

    58 މިނެޓް ކުރިން ( އޮކްޓޯބަރ 22, 2019 )

    މިއޮތީ ސޯލިބޭ އިސްލާމްދީން ހިމާޔަތް ކުރާގޮތަކީ ؟

    ﷲ ގެ އިރާދަފުޅާއެކީ އިސްލާމީ ވެރިކަމެއް މިތާ ހިނޤާ ދުވަހަކުން ޤައުމީ އިނާމު މުޒާހިރާ

    ކުރި އެނމެނަށް ދޭންގޮވާލަން.

    63
    1
  2. ޢަދުރޭ

    މީ ވަކި ސަރުކާރެއް ދޯ .!! ޓްރާންސްޕޯޓުން ޢަމަލު ކުރަންވީ ގޮތުގެ ގަވާޢިދެއްވެސް ނެރެންވީނު . ދީނުގެ ނަމުގަ ބޭނުންވެގެން އުޅެނީ ޢާއްމުންގެ މައްޗަށް ބާރު ހިންގުމުގެ އޮތޯރިޓީ . ކުރިން ކަހީނުން ގަތީ މި ގަނޑު

    11
    24
    • ގޮގް މެގޮގް

      އަދުރޭ ކަލޭ ދޭބަލަ މަހަށް.

      1
      1
  3. ސޮބަ

    ކަލެެމެން ތިބެ ޓްވިޓް ކުރަން ފިލާ ތިބެގެން

    14
    6
  4. ހަސަން

    ހާދަބަސް އަހާ އިލްމްވެރިން ތަކޭ ދޯ

    13
    3
  5. ޒާ

    މިހާރު ތީ ދެން ކޮންކަމެއް؟ ކަލޭމެން ހުރިހާކަމަކަށް ބޭނެންޖެހޭތަ؟ މުޒާހަރާކުރަންޖެހޭގޮތް ކިޔައިދޭން މީގެ ކުރިން ނުނިކުތީ ކީއްވެ؟ ހީވަނީ ލާދީނީ ބައިގަނޑުގެ ދިފާޢުގައި ބިރުން އުޅޭ ބައެއްހެން. މީ ދެން ބޮޑުވަރު. ދެއަތް އުރައިގެން ގޭގައި ތިބެބަލަ.