މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބަދު އިންނަވަނީ ނަމާދު ކުރައްވަން ކަމަށާއި ތެދުވެވޭއިރު ގޮވާލައްވަނީ ޝަހިންދާ ވަރެއް ނެތް ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރުު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

ތޯރިގު ވިދާޅުވީ ސަރުކާރުންވެސް އުޅެނީ ޝަހިންދާ "ގައިން ނުނެއްޓިގެން" ކަމަށެވެ. އެހެން ކަމުން ސަރުކާރުން ދައްކާ ވާހަކަތައް ރައްޔިތުން ޤަބޫލު ކުރާނީ ކިހިނަކުންތޯ ތޯރިގު ވަނީ ސުވާލު އުފައްދަވާފަ އެވެ.

ތޯރިގު ވިދާޅުވީ ދިވެހި ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ހިބައިން ދިނުމުން ކުޑަ އުޖޫރަ ކަނޑައެޅުމަށް ގާނޫނުތައް ފާސްކުރުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ ހުސް ޤަރާރު ކަމަށެވެ. އަދި މީގެއިން ކޮންމެ ޤަރާރަކަށް ތިން ހަތަރު ގަޑި އިރު ހޭދަވާއިރު މިއީ ކީއްކުރާ އެއްޗެއްތޯ މެމްބަރު ވަނީ ސުވާލު އުފައްދާފަ އެވެ.

އެޖެންޑާ 19 ވަރަށް ތަފާތު ކަމަށާއި މި ތަފާތު ކަމުގެ ސަބަބުން ރައްޔިތުންނަށް ފެނިގެންދަނީ މި ސަރުކާރު "ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ގައިން ނެއްޓޭއިރަށް އެމްޑީއެން ގައިގައި އަޅައިގެންފައިވާ" މަންޒަރު ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އެޖެންޑާ 19 ވަރަށް ވަރަށް ތަފާތުތަން މިފެންނަނީ، ނޮވެމްބަރު 3 ގެ ބޮޑު ބާގީ، ހ. ހާޖަރާގެ ލުތުފީ ފޮރުވައިގެން، ރައްޔިތުންގެ ލާރިން ރަނގަޅަށް ކާންދީ ލަންކާގެ ފޮރުވައިގެން ދޮޅު މަސްދުވަހު ގެންގުޅެފަ ރައްޔިތުން މަގުމައްޗަށް ނިކުންނަން ހެދީމަ އޭނަ ރާއްޖެ ގެނައިތަން. އޭގެއިން ސަލާމްތަ ވެވުނު އިރު މި އޮތީ އެމްޑީއެން އެއްގެ އަޅައިގަނެފަ. އެހެންވީމަ ކިހާ ތަފާތު." ތޯރިގު ވާހަކަ ދައްކަވަމުން ދިޔަ ވަގުތު އެހެން މެމަބރަކު އެޖެންޑާ 19 ތަފާތު ކަމަށް ވިދާޅުވުން އެ މެމްބަރަށް ރައްދު ދެއްވާ ތޯރިގު ވިދާޅުވި އެވެ.

މެމްބަރު ތޯރިގު ވިދާޅުވީ އެމްޑީޕީގެ 65 މެމްބަރުން ތިބި އިރު އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޤާނޫނުތައް ހެދޭނެ ކަމަށާއި އޭގެ ބަދަލުގައި ޤަރާރުތައް ހުށަހަޅައި އެ ދިރާސާކޮށް ނިމޭއިރު ފަސް އަހަރުގެ ދައުރު ހަމަވެދާނެ ކަމަށެވެ.

ތޯރިގު ވިދާޅުވީ ފަސް އަހަރު ނިމެންދެން މި ވެރިކަން އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސަބަބެއް ކަމަށް ވިދާޅުވީ "އެމްޑީއެން ގައިގާ އަޅައިގަނެ މި ސަރުކާރުުން އޭގެއިން ނުނެއްޓިގެން" އުޅޭތީ ކަމަށެވެ.

ގަރާރުތަކުގެ ބަދަލުގައި ޤާނޫނެއް ހުށަހަޅައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަންކަން ނިންމުން މާ ރަނގަޅު ކަމަށްވެސް ތޯރިގު ވަނީ ވިދާޅުވެފަ އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ބުއްޅަބޭ

    ރަނަގަޅުވާހަކައެއް!

    156
    2
  2. ދދދދދދ

    ގަދަ. ވަރަށް ތެދު ވާހަކައެއް ޓޮމް ތިބުނީ.

    164
    3
  3. އަލިބެ

    ސާބަހޭ ޓޮމް ކުރޫޒް

    163
    4
  4. ޙީލަތް

    ޓޮމްބުންޏަސް ތެދެއްވާނީ ތެދަކަށް

    142
    1
  5. ބޯގަން

    މަޖިލިހުން މިހާވަރުގަދަ ޝަޚްސިއްޔަތެއް އަދިފެނިފައި ނުވޭ.
    ގާނޫނީ މާހިރުންނާއި ވަރަށް ތައުލީ މީ ވެފައި ތިއްބަވާ ބޭފުޅުން މަޖިލިހުގައި ތާކުންތާކު ޖެހޭ ވާހަކައެއް ދައްކާ ތަނެއް ނުފެނޭ.

    135
    4
  6. ސޮލާހު

    ވަރައްތަފާތު ރަގަޅު މެމްބަރެއް އިސްލާމް ދީނައް ވަރައްލޯބިކުރާ މެމްބަރެއް ،،މޯދީގެ ދަތުރުން ވެސް އެކަން ފާހަގަ ވި..

    130
    4
  7. ޒީ

    އެސޮރަށް ކިޔާދީބަލަ މިސްކިތުން ފައިބާނެގޮތެއް!

    95
    1
  8. ސައިއްޓޭ

    ޓޮމްއައް ބުނެލަންއޮތީ އިސްލާމްދީނާ ދެކޮޅު މީހުނައް ތިހާ ފާޅުކަންބޮޑު ގޮތެއްގަ ރައްދު ދެއްވަމުން ގެންދަވާތީ މަނިކްފާންއައް މީގެކުރިން އަޅުގަނޑުމެން ކުރަމުން އައި ތާއީދު މިވަނީ މާބޮޑުތަނުންވެސް އިތުރުވެފައޭ އަޅުގަނޑުގެ ދުއާ އަކީ މަނިކްފާން އައް އިތުރު ކެރުންތެރިކަން މިންވަރު ކުރައްވާ މަނިކްފާން އައް ސާބިތުކަން މިންވަރުކުރެއްވުން އަދި ތިކުރައްވާ ދީނީ މަސައްކަތުގަ ނަސްރާއި ކާމިޔާބް މިންވަރު ކުރެއް ވުން

    182
    1
  9. ބޯގަޅި ކަކުނި

    ތޯރިގޫ، އެކަލޭގެ އުޅެނީ އަނދިރި ސަރުކާރަށް މަރުޙަބާ ކިޔާނެ ގޮތެއް ނޭނގިގެން ދެ ފަހަރަކު އެކައްޗެއް ނުކިޔޭ، އަނދިރި ސަރުކާރުގެ ރައީސް ކެނެރީގޭ ނަސީދު. ނާއިބުރެއީސް ފެންހިންދާ

    27
    1
  10. ޙާލުގެ ދުލުން

    ސާބަހޭ މެމްބަރ ޠާރިޤަށް.

    35
  11. Anonymous

    ޠޯރިގު ހާދަވަރަކަށް ސަހިންދާ ސަހިންދާ ތިކިޔަނީ ހީވަނީ ޠޯރިގު އަޅާގަނެގެން އުޅޭހެން އެނުބައި ރިޕޯޓްލިޔުނު އަންހެނާޔާ

    1
    48
  12. ޖަހާންގީރު

    ސާބަހޭ ތީ ފައްކާ ދިވެހި ބަދަވީއެއް

    37
  13. އުގޭލު

    ޓޮމް ތިބުނީ ސަތޭކައިގެ ވާހަކަ. ރައްޔިތުންގެ އަޑު އިއްވައިދިިިނީތީ ވަރަށް އުފާވެއްޖެ

    38
  14. އަލީ އަހްމަދު

    މިހާރު މާފުށީގަ ލުތުފީއަށް ކަންދެނީ ކާކުގެ ލާރިއަކުންބާ؟ކަލޯމެންނަށް މަޖިލީސް ހެޓަކަށް ލިބިފައިހުރިއިރު ރައްޔިތުންނަށް ފައިދާކުރާވަރު ޤާނޫނެއް ހެދުނުބާ.މިވެރިކަން ފަސް އަހަރު އަދި އެއަށްވުރެންވެސް ދިގުދައްމާލެވިދާނެ.މަޖިލީހުގައި ފަސް ގޮނޑި ހަމަކޮށްގެން އަނގަ ތަޅާ.ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްފަ ހުރި މީހެއްތީ.1 ފެބްރުއަރީގެ އަމުރުން ނުނެއްޓިގެން ފުނަދޫގަ ތާސްކުޅެން ތިބީ ކޮންބައެއްބާ؟

    2
    41
    • އަލީ ހުންސާ އަހުމަދު

      ހަޖަމް ނުވަންޔާ ކަލޯވެސް ލާދީނީ ބޯޑެއް ހިފާގެން ނުކުމެ އަހަރެމެންނާ ކުރިމަތިލާ. ޖާހިލު މީހުންގެ ދިފާއުގަ ނުފެންނަކަމަށް ހަދާގެން، ކަލޯއަށް ކޮންފައިދާއެއްވާތީވެތޯ؟ ލާރިގަނޑެއްގަ ޖެހެވުނީތޯ؟ ނޫނީ ހަމަ ގައްޑާވެލާހިތްވަނީތޯ؟ މާކޫލް މީހަކަށް ވާންތޯބޭނުންވަނީ؟ ނަޝީދާ ކަލޭ ހިތާވެފަތަތިހުންނަނީ؟ ބަލަ އެއީވެސްހަމަ އާދައިގެ ތިއްކަކުން ހަމަ ތިބާހެން އުފެދިގެން އައިސްހުރި ސޮރެކޭ، ކަލޯއަށް ކަލޯތީ އެއްވެސް ކޮންފިޑެންސްއެއް ނެތް މީހެއްކަމަށްދެކެ، އެހެން އާދައިގެ އިންސާނެއްގެ ފަހަތުން ދުވުންހުއްޓާލާފަ ތިބާވެސްތީހަމަ ﷲތަޢާލާގެ އަޅެއްކަމާއި ކަލޯވެސްތީ ކޮންމެފަދަކަމެއްވެސް ކުރެވިދާނެ ގާބިލްމީހެއްކަންދަނެ، ބޮޑުވެބަލަ. ކޮންމެހެން ނަޝީދުގެ ގުރޫޕްގަ ނޫޅުނަސް އެއީ ކަޑަވާންޖެހޭކަމެއް ނޫނޭ؟ އެއީ ކާކުތަ؟ ދޮގުހަދަމުން ދުވާ އިސްކޮޅެއްނެތް ރޮނޑެއްނު އެއީ. މާ ބޮޑަށް މާލޭ ބޭފުޅަކަށް ވާހިތްވަނީތޯ؟ އެއީ ހަގީގަތުގަ މާލޭ ވަކަރުގޭ ކުދިންނޭ. ގަބޫލުކޮށްބަލަ، ހަމަ ސުމެއް އެއީ، އެމީހުންގެ އާއިލާވެސް އެއީ އަބަދު ގައުމުގަ ހަމަޖެހުން ނަގާލާ ބޭރު ޔަހޫދީންކާރިން ވާގިއަށްއެދޭ ކުޑަކުޑަ ކަލްޓެއްކަން ގަބޫލްކޮށްބަލަ.
      ދެރަކަމެއްމީ! މިހާގަޅިދިވެހިން ގިނަވުމުން... ބޯހަލާކު

  15. މުޙައްމަދު ނަސީރު / ގއ.މާމެންދޫ

    ފަހަތުން އެ ފެންނަނީ ގއ.ދާންދޫ ދާއިރާގެ މެންބަރެވެ. ކަލޯއެވެ. ދެން ވޯޓު ހޯދަން ނައަންނާށެވެ. ލަދު ހަޔާތް ކޮބާހެއްޔެވެ.

    27
  16. ހަނުހުންނަ މީހާ

    ލުތުފީ އުޅޭތަން އެނގޭއިރު ޔާމީނު ސަރުކާރުން އޭނަ ނުގެނައީ ދެން އޮތީ އެމް ޑީ އެންގެ ރިޕޯޓް އެވެސް ފުރަތަމަ ނެރުނީ ޔާމީނުގެ ވެރިކަމުގައި.

    3
    42
  17. ކަނބުލޮ

    ހަމައެކަނި ދަނޑުމަތީގައެއް ނޫން ޓޮމްއަކީ މަޖިލީހުގައިވެސް ސްޓާރެއް.

    34
    1
  18. ކިތާބުލް އަޚުލާގު

    ގާނޫނު ހަދާ މަތިގޭގެ އިން ހެދޭ ގާނޫނަކު އެއްވެސް އޮއްޓަރެއް ނެތް ، މި ވެރީން ގެ ޗަރުކޭހާ ހުރެ މިގައުމުގެ ޅަދަރީން ހަނާވަނީ ، މަތިގޭގެ ފަޓިއްތަ ތަކުރު ޝަހިންދިއްޔަ ދައުލަތާއި ދޯޅުވާވަރުން މި އިސްލަމީ ދައުލަތުގެ ޖީލެއް މިހިރަގެން ހަލާކުވަނީ ، އަދިވެސް އެބުނާ އެމް ޑީ އެން ނެއް މި ފަޓިއްތަ ތަކުރު ކުއްވެރި އެއްނުކުރޭ ، ފަރުޝް 5 ނަމާދު ކުރާ ، މި ދީނުގެ އަސާސް ތަށް ރ ފޮލޯ ކުރާ މީހުން ނަކީ ޓެރެރިސްޓުން ކަމަށް ލޭބަލް ކުރަނީ ، އަދިވެސް މި ދިވެހީން ނަށް މިވަރެއް ނެތް ، މިމީހުނަށް މިތިބީ އަޅެފަހެ ކީއްވެފަ؟

    12
  19. އިންސާނާ

    މިރާއްޖޭގަ ގާނޫނުހަދާ މަޖިލީސް އުފެދުނުފަހުން ތޯރިގުގެ ތިޔަވާހަކަ ނޫނީ ރަނގަޅުވާހަކައެއް ތިތާނގަ ބަޔަކުނުދައްކައޭ ބުނުނުން ގޯހަކައްވެދާނެކަމަކައް މަނުދެކެން ސާބަސް ތޯރިގު

  20. ޓޮމް

    ދޮގެއްވާނޫ.......

    10
  21. ާަަަްްައެޖެންޓް19

    ޓޮމް ތިޔަދައްކަވާ ވާހަކަފުޅު މިހާރު އަހަރުމެންނަށް އެބަ ފަހުމްވޭ...ޕާޓީއިންނާ ޕާޓީގެ ލީޑަރޝިޕުން އަހަރުމެންގެ މަތިން ހަނދާން ނައްތާލައިފި...އެމްޑީޕީގެ ލީޑަޝިޕުން މިހާރު އުޅެނީ އިސްލާމުންނާ ދެކޮޅު ކާފަރުންނަށް ވެރިކަން ކޮށްދޭންކަން ކަށަވަރު ވެއްޖެ! ﷲ، މިނުބައި ހީލަތްތެރި ރޭވުންތަކުން ދިވެހި މުސްލިމުންނަށް ނަސްރު ދެއްވާ، އެބައިމީހުން ފަލީހަތް ކުރައްވާދޭވެ.!

  22. ފ.ސ

    ސާބަސް??