ކ. ގުޅިފަޅުގެ ބިން އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން ހިއްކާ ނަމަ އެމަސައްކަތަށް ދާ ޚަރަދު ބޮޑުތަކުން ކުޑަވާނެ ކަމަށާއި އެކަން ކުރުމަށް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ކުރީގެ ހައުސިން މިނިސްޓަރ އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ގުޅިފަޅުގެ ބިން ހިއްކުމަށް އެއްވެސް ބީލަމަކާއި ނުލައި ނެދަލޭންޑްސް ގެ ބޮސްކާލިސް ވެސްޓްމިންޓާ ކޮންޓްރެކްޓިން ކުންފުންޏާ ހަވާލުކުރުމާ ގުޅިގެންނެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމަޝްރޫ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ 53 މިލިއަން އެމެރިކާ ޑޮލަރަށެވެ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރި ނަމަ މިއަށްވުރެ އަގުހެޔޮ ކޮށް ކުރެވިދާނެ ކަމަށެވެ.

އެގޮތުން މިނިސްޓަރ މުއިއްޒު ކުރެއްވީ ޓްވީޓުގައި ވިދާޅުވީ އެމްޓީސީސީގެ މަހާޖައްރާފް ބޭނުން ކޮށްްގެން ގިނަވެގެން 37 މިލިއަން ޑޮލަރަށް ބިން ހިއްކައި ނިންމާލެވިދާނެ ކަމަށާއި އަދި ބޭރުތޮއްޓަށް ހޭދަވާނީ ޖުމްލަ 7 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ކަމުން މި މުޅި މަޝްރޫ ޖުމްލަ 44 މިލިއަން ރުފިޔާއިން ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޓީސީސީއަށް މި މަޝްރޫއު ހަވާލުކުރި ނަމަ މަހާޖައްރާފު ބޭނުންކޮށްގެން އެންމެ ގިނަ ވެގެން 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމޭނެ. އަދި 7 މިލިއަން ޑޮލަރަށް ތޮށިލާ ނިމޭނެ. އެންމެ ގިނަވެގެން 44 މިލިއަން ޑޮލަރުން މި މަޝްރޫއު ނިމޭނެ. އަދި ފައިސާ ލިބޭނީ ދިވެހި ރައްޔިތުންގެ ކުންފުންޏަކަށް،" މުއިއްޒު ވިދާޅުވިއެވެ.

މިމަޝްރޫގެ އެއްބަސްވުމުގައި އެކުންފުޏާއެކު ޕްލޭނިން މިނިސްތްރީ އިން ސޮއި ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަޝްރޫގެ ދަށުން ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި 4 ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައެވެ.

ޕްލޭނިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވައިދުގެ ދަށުން ބިޑަށް ހުޅުވާލައިގެނެއް ނޫނެވެ. އެހެން އެކަން ކޮށްފައިވަނީ އެފަދަ ބޮޑު މަޝްރޫ އަކަށް ހޭދަވާނެ ޖުމްލަ ފައިސާއަށް ވިސްނާފައި ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަބޯ

  ބޮސްކާލިސް އިން ހިއްކީމަދޯ ކުރިން ބޮސް ކާލިސް އަށް ދަރާ އޮތްދަރނިން ބައެއް ޖީބު ތަކަށް ވެއްދޭނީ . ބޮސްކާލިސް އަކީ ނަސިދުއާގުޅިފައޮތް ކުންފުންޏެއް ބާ ؟

  17
 2. ވައްކަން ހުއްޓުވާ !!!!

  ވައްކަން ހުއްޓުވަން ދިވެހި ރައްޔިތުން ވަނީ އެތައް ގުރުބާނީއެއްވެފައެވެ. އަދި ދަނީ އެތައް ގުރުބާނީއެއް ވަމުންނެވެ. ތިމަންނާމެން ވައްކަން ހުޓުވާދޭނަމޭ އިންސާފް ހޯދައިދޭނަމޭ ބުނަމުން ވަޢުދުވެގެން ރައްޔިތުން ވަނީ އެބަޔަކަށް ދިވެހި ދަޢުލަތުގެ ލަގަން ހަވާލުކޮށްފައެވެ. އެކަމަކު އެމީހުން، އެމީހުންގެ ކުރިން ވައްކަންކުރި މީހުނަށްވުރެ މޮޅަށް އެދަނީ ވައްކަންކުރަމުންނެވެ. ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ އަގުހެޔޮކުރަން ކުރީގެ ޔާމީންގެ ސަރުކާރުންވަނީ ސަރުކާރު ހިއްސާވާ ކުންފުންޏަށް މުޅި އޭޝިޔާގެ ނެތްވަރުގެ ބިންހިއްކާ ބޯޓެއް ގަނެގެން ގެނެސްފައެވެ. މިއި ދިވެހި ކުންފުންޏެކެވެ. ވީމާ ދިވެހި ކުންފުންޏަށް މި މަޝްރޫޢުތައް ހަވާކުރީމާ ގައުމުން ބޭރަށްދާ ފައިސާ މަދުކުރެވޭނެއެވެ. އަދި ގައުމުގެ އިގްތިސާދުވެސް ކުރިއަރާނެއެވެ. އެކަމަކު ހެޔޮބަދަލަކަށް އެދި ރައްޔިތުން ވޯޓްލައިގެން ނުވަތަ ރައްޔިތުންލީ ވޯޓް އޮޅުވައިލައިގެން އައި ސަރުކާރުން އެދަނީ ގައުމު ފުޑާލަމުންނެވެ. އިގްތިސާދު ފުނޑާލަނީއެވެ. ގައުމުގެ ލާރިތައް ނުޙައްގުން ބޭރުގެ ކުންފުނިތަކަށް ރިޝްވަތަށް ދެނީއެވެ. އިސްލާމް ދީނާއި ޚިލާފް ވާހަކަތައް ފަތުރަނީއެވެ. އެކަން ހުއްޓުވަން މަސައްކަތްކުރާ މީހުން ހިފާ ހައްޔަރުކުރަނީއެވެ. ދިވެހިންނޭ ހޭލާށެ ގައުމެއް ނެތެ !

  18
  1
 3. ނިކަމެތި އަޅާ

  ބޮސްކާލިސް އަކީ ކެނެރީގެ ނަސީދު ގެ ބޭބެއާ ގުޅުން އޮންނަ ކުން ފުންޏެއްނޫންބާ ؟

  19
 4. އަވަ

  ތިޔަ މަޝްރޫ އެމްޓީސީސީއާ ހަވާލުކުރިނަމަ ނިސްބަތުން ޚަރަދު ކުޑަވުމުގެ އިތުރުން މަޝްރޫއަށް ހޭދަވާ ފައިސާ ވަންނީ ދިވެހި ޤައުމަށް. މިހާރު ކަންކޮށްފައޮ އޮތްގޮތުން ސަރުކާރުގެ މަސްއޫލުވެރިންގެ ނަޒާހަތްތެރިކަން ގެއްލިއްޖެ. އަދި މުޅި މަޝްރޫއަށް ހޭދަވާ ފައިސާގެ 100 އިންސައްތަ ރާއްޖެއިން ބޭރުވާނެ. މީތޯ ހައްގުވާ މިންވަރަކީ؟ މީތޯ ރައްޔިތުންގެ ސަރުކާރުން ކަންކުރަންވާ ގޮތަކީ. ބޯހަލާކު

  19
 5. މލ

  ވަރަށް ބޮޑު ކޮރަޕްޝަންގެ އަމަލެއް! ހުއްޓާލާ!

 6. ދިރާސާ

  ޒާތީވެނުލައްވާ އަގުހެޔޮކޮށްކަންތައްކުރަން އުޅުއްވާ އެކަމުގެރަގަޅުނަތީޖާ ފެންނާނީ ރަށްޔިތުންނަށާ،
  ސަރުކާރަށް އަގުހެޔޮކޮށްކުރެވެންހުރިކަމެއް އަގުބޮޑުކޮށްކުރުމުން ދައްކަންޖެހިލައްވާފައިސާއަކީ އަގު

  3
  1
 7. އަލި

  އެންޓި ކަރަޕްޝަން ގެ މެންބަރުންނަށް އަންހެނުން ތަކެއް ލީ މިކަހަލަ ޖަރީމާ ހިންގަން އަމިއްލަ އިސްނެގުމުގެ މަތިން މިކަން މިހާރުން މިހާރަށް އެ ކޮމިޝަނުން މިކަން ބަލަން ޖެހޭ ގައިމު ވެރިޔަކަށް ހުރީ ޓްރާންސް ޕޭރަންސީ މޯލްޑިވްސް ގައި އުޅުނު ކަނބަލެއް އޭރު ދުވާލު ދެ ދަޅައަށް އެމީހުން ގޮވަމުން ދިޔަ ކަރަޕްޝަނޭ ބަލަ ބިޑް ކުރުމަކާއި ނުލާ ދަރުމަވަންތަ ދިނޭ ގޮވި އެގޮތަށް މިކަން ވެސް ބަލަން ވީ ނޫންތޯ އެކަމު ދަރުމަވަންތަ ގެ މައްސަލަ އެކޮމިޝަނުން ބަލާ ނިންމީ މާ މަސައްކަތް ކުރާން ފެށީ... މިފަހަރު ގުޅިފަޅު ގެ ކަންތައް ބަލަން ކެރޭނެ ބާ... މިހާރުން މިހާރަށް މިކަން ބަލާ ދިނުމަށް އެދެން

 8. އަލި

  ދިވެހިންގެ ޖީބު ތައް ފުރާލަަ ދޭނަމޭ ބުނި އެކަމު ބޭރުމީހުންގެ ޖީބު މިފުރައިދެނީ ހަމަ އެގޮތަށް ފުޓްބޯޅަ ދަނޑުތައް ފުރާލަ ދޭނެމޭ ބުނި އެކަމު ފުރާލަ ދިނީ ބިދޭސީން ދަންޑަށް ވައްދައިގެން އެވެސް ފުޓްބޯޅަ ބަލާކަށް ނޫން ހެ ހެ

 9. ނިމުނީ

  މިހަމަވީ! ކަލޭމެން ހޭލާބަޔަކު ހޭލާ، ނިދާފަ ނަޝީދު ކިޔާހާއެއްޗެއް ގަބޫލުކުރާބަޔަކު ގަބޫލުކޮށްލާގެންހުރޭ، އެކަލޭގެ އާއި އެކަލޭގެގެ އައުވާނުން އިންޝާﷲ މިގައުމުން ހޫރުވާލަންވީ ވަގުތު ޖެހިއްޖެ. ވަގޭ ވަގޭ ގޮވާފަ ރޯމާދުވާލު އަހަރެމެންގެ ލޮލުގަ އަނދުން އަޅުވާފަ ހަމަ ކޮޅާލަނީ. އިސްތިއުފާ ނޫނީ ކުރިންވީގޮތަށްވުރެން ހިތިކޮށް މިފަހަރު ބާލާނީ. !

  • ގަމާރު މީހުން

   ބުރޯ ވާނުވާނޭނގި ހޭބަލި ނުވޭ

 10. ރައްޔިތުން

  ލާރިތަކެއް ރާއްޖޭން ބޭރަށްވެސް ނުދާނެދޯ މަހާޖައްރާފް ލައްވާ ކުރިނަމަ

 11. ހަމްދާން

  ދުނިޔޭގެ ރެކޯޑް މިސަރުކާރުން ހަދައިފި. އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ކޮރަޕްޝަން ހިންގާ ، ދައުލަތުން އެންމެ ގިނަ ފައިސާ ކައި. ރައްޔިތުންނަށް އެއްވެސް ކަމެއްކޮށްނުދީ 10 މަސް ހޭދަކުރި ކަމުގެ ރެކޯޑް އޮންނާނެ .

  6
  2