ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވެސް ފާހަގަކޮށްލެވޭ ޖޯޑުތަކެއް އެބަތިއްބެވެ. އޭގެ ތެރެއިން މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ (އައިޝާ) އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހިމް އަށެވެ.

ގާސިމް އައި ނަހުލާގެ ޒަވާޖީ ހަޔާތަށް 6 ބެއިން މިހާތަނަށް ލިބިފައިވެއެވެ. ގާސިމްގެ ދެކަނބަލުންގެ ބައެއް ވާހަކަތަކުންނާއި އަދި ބައެއް ހަރަކާތްތަކުން ފެނިފައިވާ ގޮތުގައި އެދެކަނބަލުންނަކީ އެކަކު އަނެކަކަށް ގަދަރުކޮށް ލޯބިކުރާ ދެކަނބަލުންނެވެ.

މިނިސްޓަރ ނަހުލާ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ޕްރެޒެންޓަރ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ގާސިމް އެކަމަނާ އާއި އެންމެ ގިނައިން މުހާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާއައިސަ"ގެ ނަމުން ކަމަށެވެ.

މީގެ އިތުރުންވެސް ނަހުލާ ވަނީ މިހާތަނަށް ހިއްސާކޮށްފައި ނުވާ ގިނަ މައުލޫމާތުތަކެއް އެ ޕްރޮގްރާމްގައި ހިއްސާކޮށްފައެވެ. އެތުން ނަހުލާ ވަނީ ގާސިމް އާއި އަލަށް ދިމާވި ގޮތް ހިއްސާކޮށްފައެވެ. ނަހުލާ ވިދާޅުވީ ގާސިމްއާ އަލަށް ދިމާވީ ވިލާ ކުންފުނީގެ ކުރީގެ ހެޑް އޮފީހުން އެކަމަނާގެ ދޮންބައްޕަ އާއި އެކު ވަޑައިގަތް ފަހަރަކު ކަަމަށެވެ. އަދި އެންމެ ފުރަތަމަ ކައިވެނި ކުރުމަށް އެދިވަޑައިގަތީވެސް ގާސިމް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ބިޒީކޮށް ދުވަސްތައް ހޭދަކުރެއްވި ނަމަވެސް އާއިލާ އަށް އެކަމަނާ ވަގުތު ދެއްވައެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ ކުދިންނާ އެކު ވަގުތު ހޭދަކޮށް އެކުގައި ފޮޓޯ ނަންގަވައި ހަދާކަމަށެވެ. އަދި އާއިލާގެ ހާއްސަ ދުވަސްތައް ފާހަގަކުރާކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    ތިއީ ރާއްޖޭގެ ސީރީނު ފަރުޙާދު.

    24
    2
  2. މަރީ

    ލޮލް

    15
    1
  3. ދޮންކާސިމްޓޯޓޯ

    މަރުވިއްޔާ ޝަރަފުގާ މަރުވާނަށް މިލަވަވެސް ކިޔަންވާނެ ގާސިމްބޭ އޭރުން ލޯބި އިތުރު ވާނީ ވަރަށް ގުޅޭ ތިދެދޫނި ނިދީގަ މިލަވަވެސް ކިޔަންވާނެ މިހިރިއްޔެހާލަކީއުޅޭ

    22
  4. ޢަބްދުއްލާ

    "ގާސިމް ނަހުލާއާ އެންމެ ގިނައިން މުޚާތަބު ކުރައްވާ ދެނަމަކީ "ދޫނި" އަދި "ކަނބާ އައިސަ

    39 މިނެޓް ކުރިން ( އޮކްޓޯބަރ 22, 2019 )

    ޤަސިމު ބުނި އެއީ ގަހެކޭވެސް . ތިވާއެއްޗެއް ނޭގެއެއްނު.

    15
    1
    • އަހްމަދު

      ބައެއް ފަހަރު ކިޔާ ފަލިޖަހާއައިސާ ވެސް،

      14
      1
  5. ޝިޔާއު

    ގާސިމް: ދޫނީ.. ދޫނީ
    ނަހުލާ: ބުރުމާ.. ބުރުމާ..

    30
    5
    • ޒީ

      ?????

      13
  6. މަގޭ ލޯބި އައިޝާ

    ނަމަނަމަ އައިޝާ ލޯބިންވެސް "ސޭޓޭ" ނުބުނާތި! މަޖުލިސް މެމްބަރަކަށް ހެދިގޮތަށް ސަމާސައަކަށް ހަދާފަ ހޫރާލާއަތުންޖެހި ހޭނެތިދާނެ!

    21
    2
  7. ޓްރޭސް

    އަހަރެންގެ އަންހެނުން އަހަރެންނަށް އަދިމާ ހައިރާ ންވާ ޒާތްޒާތުގެ ނަންނަމުން މުޚާތަބު ކޮށްއުޅޭ. ވަކިން ޚާއްޞަ ވަގުތު ތަކުގައި. އެކަމަކު މޮޔައެއް ނޫނީ އެކަހަލަ ވާހަކަ ޢާއްމު ކުރާނެތަ؟

    34
  8. ލޮލް

    ކަނބާ އައިޝާ ދެރައީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ނޯޓިސް ދީ ވަޒީފާގެ ބިރު ދައްކާތީ. އެހެން ނޫން ނަމަ ވަރަށް ކަމުދޭ

    9
    11
  9. މާމިގިލީ މީހާ

    ބޯގޮވި ބުރުމާ. ބާގީ ބުރުމާ. މޮޔަ ބުރުމާ. ދެއަތައް އެބުރޭ މޮޔަ ބުރުމާ. އިރާދަކުރެއްވިޔާ ދުވަހަކުވެސް މި ވެރިކަމެއް ނުލިބޭނެ..

    21
    6
  10. ނަރުގިސް

    ނަހުލާ ގާސިމައް އެންމެގިނައިން މުޚާތަބު ކުރަނީ.. ބުރުމާގަނޑާ ތޯ..؟

    21
    2
  11. ހަސަން

    މިނޫނަސްމަހުޖަނުންއެބަތިބި ތީދެންތަންކޮޅެއްބޮޑުވަރު
    ލަދެއްހަޔާތެއްނެތް

    20
    4
  12. ރިފާ

    ވާހަކަ ބަދަލުކުރަން މަސައްކަތް ނުކުރޭ. އެ މްޑީއެން ރިޕޯޓު ވާހަކަ މުހިން މީ

    25
    1
  13. ނަހުލާ

    އޯ ބުރުމާ....

    16
  14. Anonymous

    ސޭޓުއަންހެނުންގެ ފިރިމީހާ އުޅޭވައްތަރެއް ހާތް އަމައްޔާތް ޖަހާފާނަމޭ ބުންޏަސް ޖަހާކައް ނުނޭ އެހެންމިބުނީކީ ސޭޓޫ

    18
  15. ޢިކުރާމު

    ސޭޓުއަންހެނުންގެ ފިރިމީހާ އުޅޭވައްތަރެއް ހާތް އަމައްޔާތް ޖަހާފާނަމޭ ބުންޏަސް ޖަހާކައް ނުނޭ އެހެންމިބުނީކީ ސޭޓޫ

    14
  16. ޢިކުރާމު

    ސޭޓުއަންހެނުންގެ ފިޜިމީހާ އުޅޭގޮތެއް ސޭޓޫ ސޭޓު ހީކުޜީތަ

    13
  17. ބަރުގޮނު

    ޤާސިމަށް ދޫންޏަކަށް ވާނަމަ "ދޫނީ" މާކަނަޔަކަށް ވާނަމަ "ކަނާ" ކިއުއްވުމަކީ އެހެންމީހުން އެކަން ބޮޑު މައުލޫދަކަށް ހަދާގެން އުޅެންވީ މަސްއަލައެއްނޫން. ޤާސިމް ހަމަ މުޚާތަބު ކުރައްވާނެ ގޮތަކަށް ކުރައްވާނެ.
    އައިސާ އެގޮޑިޔާ ހިސާބަށް ފޯރީވެސް ކަބާގެން... ފަލިޖަހާގެން . ހަމަ ސާބަސް ނޫން އެއްޗެއްނެތް.

    10
    1
  18. ހަމް

    އެހާލޯބިން އުޅުއްވިއިރު ގާސިމް ކައިރިން ވަރިވާން ކޯޓަށް ދިޔައީ ކީއްވެތޯ؟

    20
    1
  19. ފފފފ

    އެނބުރޭ ވަހުތާނު؟ ނަހޫއަށް ހީވާނީ ކާފަބެ "ދޫނި" ގޮވާހެން.

    15
  20. ނައީމަ

    ކީއްވެބާ ލޯބިން ލައުރާ ނުކިޔަނީ..

    10
  21. ގާސިމް

    ބެސްޓް ކަޕުލް

    3
    9
  22. އައްޓަމަސް

    ވަރަށްވަގު ދޫންޏެއްތީ؟!