ގުޅިފަޅުގެ ބިން ހިއްކުމަށް ރައީސް އިބްރާހިމް މުހައްމަދު ށ ސަލިހުގެ ސަރުކާރުން ކޮރަޕްޓްވެ ރިޝްވަތުހިފައިފައި ވާކަަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫ ހަވާލްކޮށްފައިވާ ބޮސްކާލިސް ވެސްޓްމިންޓާ ކުންފުނިން ސަރުކާރަށް ރިޝްވަތު ދީފައިވާކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ތޮށިލައި ހިއްކާފައި ވަނީ 52 މިލިއަން ޑޮލަރަށް ކަަމަށާއި އެހެން ނަމަވެސް ގުޅީފަޅުގެ ދެވަނަ ފިޔަހިން 160 ހެކްޓަރުގެ ބިން ތޮށި ލައިގެން ހިއްކުމަށް 53 މިލިއަން ޑޮަލަރަށް ކަމުން މިއީ ކޮރަޕްޝަނުގެ އަމަލެއްކަން ހާމަވާކަމަށް ވިދާޅުވެފައެވެ. އަދި ހުޅުމާލޭގެ ފަޅަށްވުރެ ގުޅީފަޅުގެ ފަޅު ތިލަވާނެ ކަމަށްވެސް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ ގުޅީފަޅުގެ ބިން ހިއްކުމުގެ ކުޅަދާނަކަށް ދިވެހިންގެ އަމިއްލަ ކުންފުނި އެމްޓީސީސީ އަށްވެސް ލިބިގެން ވާކަމަށާއި އެހެން ނަމަވެސް އެކުންފުންޏާ ހަވާލު ނުކޮށް އެހެން ބޭރުގެ ކުންފުންޏަކަށް މި މަސައްކަތް ކުރުމަށް ދިނުމަކީ ވަރަށް ބޭއިންސާފުން ސަރުކާރުން ހިންގާފައިވާ އަމަލެއް ކަމުށް އޭނާ ވިދާޅުވީ އެވެ.

އަދި އެ މަޝްރޫ އަށް ވެވިފައިވާ އެއްބަސްވުމަކީ ކޮރަޕްޓް ވެފައިވާ ބޭއިންސާފު އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވަނީ އެމައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ޔޫރޯޕިއަން ކޮމިޝަނަށް ގޮވާލައިފައެވެ.

މުސްތަފާ ވިދާޅުވީ މި މަޝްރޫ ހިންގުމަށް ހަވާލުކޮށްފައިވާ ބޮސްކާލިސް ކުންފުންޏަކީ މަލްޓި-ބިލިއަން ޑޮލަރ ކޮރަޕްޓް ކުންފުންޏެއް ކަމަށާއި އެ މައްސަލަ މިހާރުން މިހާރަށް ބަލައި އެކަން ހުއްޓުވެން ޖެހޭ ކަމަށެވެ.

އަދި ފޮރިން މިނިސްޓްރީ އިންވެސް މިކަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ މަސައްކަތަކީ އެމްޓީސީސީ އިން މާ ކުޑަ އަގެއްގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމްޓީސީސީގެ މަހާޖައްރާފް ބޭނުން ކޮށްްގެން ގިނަވެގެން 37 މިލިއަން ޑޮލަރަށް ބިން ހިއްކައި ނިންމާލެވިދާނެ ކަމަށާއި އަދި ބޭރުތޮއްޓަށް ހޭދަވާނީ ޖުމްލަ 7 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ކަމުން މި މުޅި މަޝްރޫ ޖުމްލަ 44 މިލިއަން ރުފިޔާއިން ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒު އިތުރައް ވިދާޅުވެފައި ވަނީ އެމްޓީސީސީ އިން މި މަޝްރޫ ކުރިއަށް ގެންދާނަމަ ފައިސާ ލިބޭނީ ދިވެހި ރައްޔިތުންގެ ކުންފުންޏަކަށް ކަމަށެވެ.

މިމަޝްރޫގެ އެއްބަސްވުމުގައި އެކުންފުޏާއެކު ޕްލޭނިން މިނިސްޓްރީ އިން ސޮއި ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަޝްރޫގެ ދަށުން ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި 4 ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައެވެ.

ޕްލޭނިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫޢު ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވައިދުގެ ދަށުން ބިޑަށް ހުޅުވާލައިގެނެއް ނޫނެވެ. އެހެން ނަމަވެސް އެކަން ކޮށްފައިވަނީ އެފަދަ ބޮޑު މަޝްރޫޢު އަކަށް ހޭދަވާނެ ޖުމްލަ ފައިސާއަށް ވިސްނާފައި ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަލޯ

    އިމްރާނޫ ކޮންމެ ބަޔަކު ކުރިޔަސް ވައްކަން ވާނީ ހަމަ ވަށްކަމައް

    10
  2. ާއަހުމަދު

    ޒީރޯ ކޮލަރިން ސަރުކާރެއްމީ ދޮވެސާފުކޮއްލާނެ

  3. އަބޯ

    ޕްލޭނިންމިނިސްޓްރީން ތަފްސީލް ހާމަކުރަންޖެހޭނެ . ފައިސާ ދޭންޖެހޭގޮތުގެ ޕްލޭން ޑޮކިއުމެންޓާއި މަސައްކަތް ނިންމންޖެހޭ 180 ދުވަހުގެތެރޭ އެއްވެސް ޕޭމެންޓެއްދައްކަންޖެހޭތޯއާއި ބޮސްކާލިސް އިން ބިންހިއްކާ ނިމޭތާ ކިތައްއަހަރު ފަހުންތޯ ފައިސާދައްކަން ފަށަންޖެހެނީ އަދި ފައިސާ ދައްކާ ހަލާސް ކުރަންޖެހެނީ ކިތައް އަހރުދުވަހުގެ މުއްދަތުގަ ތޯ އެގެންޖެހޭ. ބިޑް ކުރުމަކާ ނުލާ ދިނުމަށް ރައީސަށް ހުއްދަ އޮންނަނީ ވަކި ސަބަބު ތަކަކާހެދި އެއީ ބޮޑެތި މަސްރޫއުތަކުގަ ކޮންޓްރެކްޓަރުގެ އަމިއްލަ ފައިސާގަ މަސައްކަތް ނިންމުމުން ފައިސާދައްކަން ދިގު މުއްދަތެއް ހެޔޮ އަގެއްގަ ލިބޭނަމަ.ޕްލޭނިންމިނިސްޓްރީން މިކަން ހާމަނުކުރާންމަ އެންޓީކަރެޕްސަނުން މަސައްކަތް ހުއްޓުވަންވާނެ.

  4. ފުނަދޫ

    000000000000000 ޓޮލެރެންސް ސަރުކާރުން ހިންގާޖަރީމާތަކުގެސަބަބުން މޑޕ މީހުން ބޯވަތައް މިހާރުހިނގަންފަށައިފި ބުރިޖު އެޅިލެއް އަގުބޮޑުވެގެން އުޅުނުމީހުން ކުޑއަގުގަ މަސްރޫތައް ދޭންފަށައިފި ގޮވަނީގުދޯގުދޯ ޔާމިނު 1 ގުދު ސޯލިހު 7ގުދު ގޮވަނީގުދޯ ގުދޯ

    20
  5. މާލެ

    00 ޓޮލެރެންސް ސަރުކާރު ފިސާރި ތެދުވެރިވާނެ

    16
  6. 19 ނަވާރަ

    0/100 ހަމަދޭނީ

    10
  7. އެންދެރި

    މުސްތަފާ އެބުނީ ރަނގަޅު ވާހަކަ އެކެވެ.

    10
  8. Anonymous

    ދަރުމަވަތަންތަ ހޮސްޕިޓަލް އެޅޭނެކަމަށް ބުނި އަދަދަކީ 40 މިލިއަން. ދެން ކޮނެގެން ފަސްނަގައިގެން ގެންގޮސް ތަނަކަށް އަޅަން މިހާބޮޑު ހަރަދެއް މިކުރަނީ ކީއްވެބާ؟ ކީއްވެތަ މިފައިސާއިން މާލެއާއި ވިލިނގިލި ބުރިޖްނުހެދީ. ރައްޔިތުންނަށްވުރެ މުހިންމުވަނީ ރޫހާނީ ލީޑަރުގެ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުންތަ؟

  9. ގގގގ

    ބަދަލުގެގޮތުގައި ދޭނެފައިސާ ނެތީމަ، ބަދަލުން ޖީބަށްވަންނަ ބައި މިހާރު މަދުވެލީމަ، ބޮޑެތި ޕްރޮޖެޓުތައް ދިނީމަ އަނެއްކާ ޖީބަށް ވަންނަބައި އިތުރުވަމުންދާނެނުދޯ؟ ގައުމުގެ ހަޒާނާ ހުސްކޮށްލާ ގައުމު އެކީ ދަރުވާލައިގެންވެސް ޖެހޭނެ ޖީބުފުރަން.

  10. މިއަދު

    "އެ މަޝްރޫޢު ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާލިއްޔަތު ގަވައިދުގެ ދަށުން ބިޑަށް ހުޅުވާލައިގެނެއް ނޫނެވެ. އެހެން ނަމަވެސް އެކަން ކޮށްފައިވަނީ އެފަދަ ބޮޑު މަޝްރޫޢު އަކަށް ހޭދަވާނެ ޖުމްލަ ފައިސާއަށް ވިސްނާފައި ކަމަށް އެ މިނިސްޓްރީ އިން ހާމަކުރެއެވެ."
    "ހުޅުމާލޭ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ތޮށިލައި ހިއްކާފައި ވަނީ 52 މިލިއަން ޑޮލަރަށް ކަަމަށާއި އެހެން ނަމަވެސް ގުޅީފަޅުގެ ދެވަނަ ފިޔަހިން 160 ހެކްޓަރުގެ ބިން ތޮށި ލައިގެން ހިއްކުމަށް 53 މިލިއަން ޑޮަލަރަށް"
    މިހިރީ ޚަރަދު ކުޑަކުރަން ބެލިފައިވާ މިންވަރުނޫންތޯ؟
    ހުޅުމާލެ ދެވަނަ ފިޔަވަހި 1 މިލިއަން އެއްވަރު 4.6 ހެކުޓަރ
    ގުޅީފަޅު 1 މިލިއަން އެއްވަރު 3 ހެކުޓަރ
    ކޮރަޕްޓް މިލިއަނަކުން 1.6 ހެކުޓަރ
    މުޅިޕްރަޖެކުޓުން 84.8 ހެކުޓަރ
    ފައިސާއިން ބަލާނަމަ 28.28 މިލިއަން
    އެއްޕަރަޖެކުޓަކަށް އޯކޭދޯ

  11. ހޯރަ ބޭ

    އެމް،ޓީ،ސީ،ސީ، މަހާ ޖަރާފާއެވަރުގެ މަސައްކަތެއްކުރުމުގެ ގާބިލްކަންނެތުމުން ހަވާލްކުރަނީ ޖަރާފާ އެތަންހިއްކުމަން ވަރަންދިގު މުއްދަތެއްނަގާނެ ވީމާ އެކަން އެކުރަނީ ސަރުކާރުން ރަގަޅަން ބޮސްކާލިސް ޑުރެޖަރ ރައްޖެކައިރިން ހުރަސްކުރަނީ ސިންގަޕޫރު މަސައްކަތެއްކޮންނިމާފައި އެހެންވެ އެކަންސަރުކާރުންކުރަނީ އެއީ އެންމެރަގަޅުގޮތް