ދިވެހިރާއްޖެ އިން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް ލަނޑުދެމުން ދިޔަ ނޭޕާލް މީހަކު އިންޑިއާ އިން ހައްޔަރުކޮށްފިއެވެ.

އިންޑިއާ ސެންޓްރަޕް ކްރައިމް ބްރާންޗުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ރާއްޖެއަށް މީހުން ފޮނުވުމަށް އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގަމުން ދިޔަ ނޭޕާލް މީހަކު ހައްޔަރުކޮށްފައި ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ވަނީ ނޭޕާލްގެ ނުވަ ޒުވާނެއްގެ އަތުން ފައިސާ ނަގާފައެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ އަކީ ރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީގެން ކޮންމެ މީހެއްގެ އަތުން ތިންލައްކަ ރުޕީސް ނަގަމުން ދިޔަ މީހެއް. އޭނާ ވަނީ އިންސާނީ ވަގު ވިޔަފާރި ކުރާ ނެޓްވޯކަކާއި ގުޅިފައި ކަމަށް ބެލެވޭ." ފުލުހުންގެ ތަރުޖަމާނަކު ބުންޏެވެ.

ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ފިރިހެނެކެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އޭނާގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ދާދިފަހުން އޭނާ އަށް ފައިސާ ދިނުމަށް ފަހު އޭނާ ދިން ޑޮކިއުމެންޓްތަކެއް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ރާއްޖޭގެ އިމިގްރޭޝަނުން ހިފެހެއްޓުމަށް ފަހު އަނބުރާ ގައުމަށް ފޮނުވާލުމުންނެވެ.

ގައުމަށް ދިޔަ ނޭޕާލް މީހުން އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ބެލިބެލުމުން އެނގުނީ އޭނާ މިހާރު ހުރީ އިންޑިއާގައި ކަމެވެ. އެހެންކަމުން އިންޑިއާގެ ފުލުހުންނާއި ގުޅިގެން އޭނާ ހައްޔަރު ކުރީއެވެ.

ރާއްޖެ އިން ވަޒީފާ ދޭނެ ކަމަށް ބުނެ އަވައްޓެރި ގައުމުތަކުގެ މީހުންގެ އަތުން ފައިސާ ނެގުމަކީ އާއްމު ކަމެކެވެ. ނަމަވެސް އެމީހުން ރާއްޖެ އައުމުން ކުރިން ބުނެފައިވާ ވަޒީފާ ނުލިބުމާއި، މުސާރަ ނުލިބުމުގެ މައްސަލަތައް ވަރަށް އާއްމުކޮށް ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބީބުއްލާ

    މިގޮތައްވަގައްއެތެރެކުރާ ކޮންމެމީހަކުއަތުން -/100000ރ އެއްލައްކަރުފިޔާ މިގައުމުގައިތިބި އިންސާނީ ވަގު ވިޔަފާރިކުރާމީހުންނަށް ވެސްލިބޭނެ މިކަންތައްއެއްވެސްސަރުކާރަކަށް ނުހުއްޓުވޭތީ މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއްއޮންނާނެކަންޔަގީނެވެ. ރިސޯޓެއްހަދަންފަށާއިރަށް 3000 ބަންގާޅިން މިމީހުންފަރާތުން އިންސާނީ ވަގުވިޔަފާރިކުރާމީހުންނަށް ލިބޭނަކަމަށް އަންދާޒާކުރާ ފައިސާގެޖުމްލައަކީ 300000000= 100000*3000(ތިންސަތޭކަމިލިއަންރުފިޔާއެވެ.) މިގައުމުގެ އާބާދީއަށްވުރެން ބަންގާޅިންގިނަވެޖެ ދިވެއްސަކަށްވަޒީފާއެއްނުލިބޭ

  2. އަދާލަތު

    ކޮބައިތޯ؟ދިވެހިރާއްޖެއިން ގުޅިފައިވާ ފަރާތް. މިހާރު ކޮންމެ ބަންގާޅީއަކީވެސް އޭޖެންޓެއް. ރެއެއް ދުވާލެއްނުބަލާ ގޭދޮށުމީހުންތައް މާލެ އަރުވަމުން އެ ގެންދަނީ. ފަހަތުގައި ދިވެއްސެއް.

  3. ހުސް ޙިޔާނާތުގެ ވަގުން!

    މާމޮޅު ގޮތެއްތީ އެންމެން އިނަސަޓްވީ މިހާރު!