ޕްލޭނިންގް މިނިސްޓްރީގެ އެދުމުގެ މަތިން ދެ ރަށެއްގެ މަގު ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގދ. ގައްދޫ އާއި ތ. ތިމަރަފުށިގެ މަގު ހެދުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ރުފިޔާ ނުވަތަ ޑޮލަރުވެސް ހުށަހެޅިދާނެ ކަމަށެވެ.

ގދ. ގައްދޫގެ މަގު ހެދުމުގެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި ހަތް ލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށެވެ. ނުވަތަ އެއާ އެއްވަރަށް ޑޮލަރު ހުށަހަޅަންޖެހޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ތ. ތިމަރަފުށި މަގުހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ތިން ލައްކަ ރުފިޔާ ނުވަތަ އެއާ އެއްވަރަށް ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށްވެސް އެ އިުލާނުގައި ބުނެފައިވެ އެވެ.

ބިޑް ހުޅުވުން މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައިވާއިރު ކުރިއަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން އުސޫލުގެ ދަށުން ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކޮންމެ ބިޑެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑެބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖހެ އެވެ. ރެޖިސްޓްރޭޝަން ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އިއުލާޏުގައި ބުނެފައިވެ އެވެ.

ގައްދޫ މަގުހެދުމުގެ މަސައްކަތަށް 13 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާއިރު ތިމަރަފުށީ މަގުހެދުމަށްވެސް މިއަހަރުގެ ބަޖެޓުން 13 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޭބެ

    ހީވޭ ކަމެއްހެން! ދެން ހެދޭނީވެސް އަދި ބޮޑަށް ކުރިއަށްދާނީވެސް ގދ.ގައްދޫ މަގުތަކާ އެރަށުގެ ކަންތައްތައް! މިހާރުގެ ފިނޭންސް މިނިސްޓަރަކީ ގައްދޫ މީހެއް! އެހެންވީމަ އޭނާ އެކަންކުރާނެ!! ކުރީ ސަރުކާރުން ފެނުނީ ތިނަދޫގެ ފިނޭންސް މިނިސްޓަރެއް! އޭނާވަނީ ތިނަދޫގައި ވަރަށް ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސް ތިނަދޫ ވަރަށް ބޮޑަށް ތަރައްގީކޮށްފަ! އެއްރަށަކަށް އެންމެ ގިނައިން ހޭދަކުރި އެއްރަށް ތިނަދޫއަކީ! މިއީ މިމީހުންގެ ނުފޫޒު! އަދި ބަޔަސްވުން! އައްޑޫ މީހުން އަދި އެންމެ ބޮޑު އާބާދީގެ ބޭނުންކުރަނީ ކޮންމެ ފަހަރަކު ވޯޓު ހޯދަންވީމަ! ތަރައްގީއެއް އައްޑޫއަކަށް ނުގެނަސްދޭ އެއްވެސް ސަރުކާރަކުން އައްޑޫއަކަށް އެންމެ ރަގަނޅަށް! ވަކިން ޚާއްސަކޮށް އެމްޑީޕީ ސަރުކާރާ މައުމޫނުގެ ޚުދުމުޚުތާރު 30 އަހަރުގައި! އައްޑޫގެ މަގުތައް ނެތް ރަގަނޅު ފެންވަރަކަށް ހެދިފަ! އައްޑޫ ލިންކް ރޯޑުވެސް އެއީ ހަމަ ނަމަކަށް އަޅާފައި އޮތް ފެންވަރު ދެރަ ފެން ހިންދާ ނިޒާމެއްނެތް ފޫގޮސްފަ އޮތް ތާރަގަނަޑެއް! އައްޑޫ މީހުން ތިބޭ ގުނބޯ ހެދިފަ! އަދިވެސް ދެންވެސް އަތްޖަހާފަ ވޯޓު ދޭން ހޭވައްޓާލަފަ ތިބޭތި! އެންމެ ފީކަޅާ ނިސްބަތުން ތަރައްގީ އެންމެ ކުޑަ އަތޮޅު އައްޑުއަތޮޅަކީ މިހާރު! އަތްޖަހާފަ ވޯޓު ދީދީ އައްޑޫ މީހުން ތިބޭތި! ވަރަށް ސަލާމް!

  2. އަޒާ

    ހޯދާނެކަމެއްނެތް، ހަވާލުކޮށްލާ.. ބޮސްކާލެސް އޮންނާނެއްނު..؟؟

  3. ޒާ

    ބޮސްކާލިސްއާ ހަވާލުކުރޭ. ކޯއްޗެއް ބަލަން.

  4. ޖާބިރު

    ގެއްލިގެން ނޫނީ ފިލައިގެން އުޅޭ ޕާޓީގެ ބޮޑުންގެ ބައެއްތޯ. ހޯދާކަށް ނުޖެހޭ ނޫންތޯ. ޕާޓީގެ ހަރުގެއަށް ދާނެ ޔަޤީނުންވެސް. މި ސަރުކާރުން އެހެން ނޫނަސް ކަންތައްކުރާ އުސޫލުން ކުރީސަރުކާރަށް ބާރަށް ވަގަށް ގޮވާ ފެލެމުން ގާތްމީހަކަށް އެތަށްގުނައެއް އަގުބޮޑުކޮށް ދީބަލަ. ގުޅީ ފަޅުހިއްކުންވެސް އެހެން ޕްރޮޖެކްޓްތައްވެސް ދެނީ މިގޮތަކަށްނު. ދެން ހޯދާކަށް ނުޖެހޭނެދޯ. ދެރައީ ގަޅި ރައްޔިތުން ހޭބަލިވެގެން މިބައިމީހުން ފަހަތުން ދުވާތީ ހޭރޭވަރަކަށް.