ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އާންމުގެ ތެރެއިން ކަނޑައަޅާ މެމްބަރަކު ހޮވުމަށް ހުޅުވާލި ފުރުޞަތުގައި 6 ބޭފުޅަކު ކުރިމަތިލައިފިއެވެ.

މިނަންތައް ހުށަހެޅުމުން މިއަދުގެ މަޖިލީހުން ވަނީ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ކުރިމަތި ލެއްވި ބޭފުޅުންނަކީ:

  1. ޒުބައިރު އަހުމަދު މަނިކް
  2. އަލީ މުހައްމަދު މަނިކް
  3. އަހުމަދު މިޒްމާތު
  4. އަހުމަދު ސާވީ
  5. މިރުފަތު ފާއިޒް
  6. ހުސައިން އަމްރު

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރުފިޔަވާ ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅާ މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޖޭއެސްސީގައި 9 މެމްބަރުން ތިއްބަވާއިރު މިހާރު ހުސްކޮށް އޮތީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުގެ މަޤާމް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙައްމަދުބެއްޔާ

    ހަމަގައިމުވެސް ޒުބައިރު އަޙުމަދުމަނިކު ތިޔަކަމަށް ހޮވޭނެއެވެ ޔަގީނެވެ