އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާއި ގުޅިގެން އަމީނިއްޔާ ސްކޫލްގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ވަގުތު ފޮޓޯ: އިބްރާޙިމް ޝާބިލް

ރަމަޟާން މަހު އެންމެ ގިނަވެގެން ކިޔަވާދެވޭނީ ހަތަރު ގަޑިިއިރުކަމަށް ކަނޑައަޅައި ސާރކިޔުލާއެއް ނެރެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ސާރކިޔުލާގައި ބުނެފައިވާގޮތުގައި، ހެނދުނު ދަންފަޅި ނޫނީ އެއް ދަންފަޅިއަކަށް ކިޔަވާނަމަ ކިޔަވައިދޭން ފެށޭނީ 8:40 އާ 9:00 ޖަހާއިރުއެވެ. އަދި މެންދުރު ފަހު ދަންފަޅި ނަމަ ހެނދުނު 11:30 އިން މެންދުރު 13:00 ދެމެދުގެ ވަގުތެއް މެންދުރު ނަމާދަށް ވަގުތު ދެވޭނެހެން ސްކޫލުން މެންދުރު ފަހު ދަންފަޅި ފެށޭނެހެން ހަމަޖެއްސިދާނެކަަމަށްވެސް އެ ސާރކިޔުލާގައި ވެއެވެ.

އަދި ކިޔަވާދިނުމުގެ ވަގުތު ހަމަޖައްސާނީ މެންދުރު ފަހު 15:00 ކުރިންކަމަށްވެސް އެ ސާރކިޔުލާގައި ވެއެވެ.

ދަންފަޅީގެ ދިގުމިންތަކަށް ބަލާއިރު LKG އިން UKG އަށް ކިޔަވާދެވޭނެ އެންމެ ދިގުމަނަކީ އެއްގަޑި އިރާއި 30 މިނިޓެވެ. އަދި 1 އިން 7 އަށް ކިޔަވާދެވޭނެ އެންމެ ދިގުމިނަކީ ދެ ގަޑިއިރާގައި 30 މިނިޓެވެ. އަދި 8 އިން 10 އަށް ކިޔަވާދެވޭނީ ތިން ގަޑިއިރުކަމަށް ކަނޑައަޅާފައިވާއިރު، 11 އަދި 12 އަށް ހަތަރު ގަޑިއިރު ހަމަޖެއްސިދާނެކަމަށް އެ ސާރކިޔުލާގައި ވެއެވެ.

"އެއް ދަންފަޅިއަކަށް ކިޔަވާދިނުމަށް ހަމަޖެހިފައިވާ ސްކޫލްތަކުގައި ޖުމްލަ 4 ގަޑިއިރަށްވުރެ އިތުރު ނުވާނެ ގޮތަށް، ދަރިވަރުންގެ އުމުރަށް ބަލައިގެން، މަތީގައި ބަޔާންކުރެވިފައިވާ އަދަދަށްވުރެ ކިޔަވަދޭ ވަގުތު ސްކޫލަށް އިތުރު ކުރެވިދާނެއެވެ". އެ ސާރކިޔުލާގައި ވެއެވެ.

އެ ސާރކިޔުލާގައި ވާގޮތުގައި، ރަމަޟާން މަހުގައި ކޮންމެ ޕީރިއަޑެއްގެ ދިގުމިނަކީ 30 މިނިޓާއި 45 މިނިޓާ ދެމެދުގެ ވަގުތެކެވެ. އެ ޕީރިއަޑެއް ދެމިގެންދާނެ މުއްދަތު ސާރކިޔުލާގައިވާގޮތުގެ މަތިން ސްކޫލުން ހަމަޖެއްސިދާނެއެވެ.

އަދި މިހާރު ސާރކިޔުލާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ޓައިމްޓޭބަލްތައް ހެދުމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަމަޟާން މަހު ސްކޫލްތައް ބަންދު ކުރަން ފެންނަނީ ނޫނީ ހަމަ އެކަނި ޤުރުއާން ކިޔަވާދޭގޮތައް ހަދަންވީ

  2. ސްކޫލް ކުއްޖާ

    ޔެސް ޔެސް ޔެސް ޔެސް ޔެސް ޔެސް ޔެސް

  3. ބަންދުކުރަން ޕެޓިޝަނެއް ހުށަހަޅާ

  4. ރަމްލޯން މަހުވެސް ހަމަ އެހެން މަސްތައް ފަދައިން ދެބަނޑަށް ކައިގެން ކިޔަވަން ފެނޭ. ބޭކާރު ގޮތުގަ އުމުރު ހުސްކޮށްލުމުގެ މާނައެއް ނެތް